މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ފަތިސް ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގެ އެއްވަނަ އަލްޔަސް އަނަސް ހޯދައިފި
ފަލަ ސުރުޚީ

ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގެ އެއްވަނަ އަލްޔަސް އަނަސް ހޯދައިފި

ހދ. ވައިކަރަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި، ޤުރުއާން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައި، މުބާރާތުގެ ފަޚުރުވެރި 1 ވަނަ ، އެ ރަށު ކަޝްމީރުވާދީ އަލްޔަސް އަނަސް ޙުސައިން ހޯދައިފިއެވެ.މި މުބާރާތުގެ 1 ވަނަ މަޤާމަށް ކައުންސިލުން ހުށަހަޅާފައިވާ ޓްރޮފީއާއި ހަނދާނީ ލިޔުން، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އަލްޔަސް ޙުސައިންއަށް ޙަވާލުކޮށްދެއްވީ މި މުބާރާތުގެ ޝަރަފްވެރި މެހެމާން އަލްއުސްތާޛް އަޙްމަދު އަރީޖެވެ.މުޅި މުބާރާތުން ދެވަނަ ދެ ދަރިވަރަކު ވަނީ ޙާޞިލުކޮށްފައެވެ. އެއީ އަމްރު ބިން އިބްރާހީމާއި ޢަބްދުލް މާލިކް ޢަބްދުލް މުޙްސިނެވެ. އަދި މުބާރާތުގެ ތިންވަނަ ސާރާ މުޙައްމަދު ސާދާތު ހޯދާފައިވާއިރު، މި ހުރިހާ ދަރިވަރުންނަށް ވެސް ކައުންސިލުން ކަނޑައަޅާފައިވާ ޓްރޮފީއާއި ހަނދާނީ ލިޔުން ވަނީ ޙަވާލުކޮށްފައެވެ.ވައިކަރަދޫގައި ކީރިތި ޤުރުއާން ތަޖްވީދުގެ ހަމަތަކުން އުނގެނުމާއި އުނގަންނައިދިނުމުގައާއި، ތަރްލީލުކޮށް ކިޔެވުމުގެ ޤާބިލްކަން ދެއްކުމުގައި ވާދަވެރި މާޙައުލެއް އުފެއްދުމަށާއި ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމުގެ އިތުރުން ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ވައިކަރަދޫން ފެންވަރު ރަނގަޅު ދަރިވަރުންތަކެއް ބައިވެރިކުރުމުގެ މަޤްޞަދުގައި ބޭއްވި މި މުބާރާތުގައި ޖުމްލަ 44 ބައިވެރިން ބައިވެރިވެފައިވެއެވެ.މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ 4 ސެޝަނަަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2026 ނޮވެމްބަރ 14 ވަނަ ދުވަހުގެ ރެއެވެ. މި ރަސްމިއްޔާތުގައި އެކިއެކި އުމުރުފުރާތަކުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ވެސް ޓްރޮފީއާއި ހަނދާނީ ލިޔުން ވަނީ ޙަވާލުކޮށްފައެވެ.

ހއ. އަތޮޅު

ބާރަށު ކައުންސިލްގެ "ޔުނިޓީ ކަޕް'' 5 ވަނަ މުބާރާތް ފަށައިފި

ހއ. އަތޮޅު

ހއ. ބާރަށު ކައުންސިލުން އިންތިޒާމުކޮށްގެން ދެ ޖިންސަށް އަމާޒުކޮށް ކުރިއަށްގެންދާ 'ޔުނިޓީ ކަޕް 5 ވަނަ ފުޓްސަލް މުބާރާތް' ފަށައިފިއެވެ.

4 ގަޑިއިރު ކުރިން ވިދާޅުވޭ ←
ވައިކަރަދޫ

ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގެ އެއްވަނަ އަލްޔަސް އަނަސް ހޯދައިފި

ވައިކަރަދޫ

ހދ. ވައިކަރަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ޤުރުއާން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައި، މުބާރާތުގެ ފަޚުރުވެރި އެއްވަނަ ކަޝްމީރުވާދީ އަލްޔަސް އަނަސް ޙުސައިން ހޯދައިފިއެވެ.

10 ގަޑިއިރު ކުރިން ވިދާޅުވޭ ←
ށ. އަތޮޅު

ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅަން ފުނަދޫގައި "މޯލްޑިވްސް ސްވިމް ފޮރ ޑައެބީޓީސް" ބާއްވައިފި

ށ. އަތޮޅު

ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "މޯލްޑިވްސް ސްވިމް ފޮރ ޑައެބީޓީސް" ގެ ނަމުގައި ށ. ފުނަދޫގައި ކަސްރަތާއި ހޭލުންތެރިކުރުމުގެ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

13 ގަޑިއިރު ކުރިން ވިދާޅުވޭ ←
ހޯރަފުށި

ކުޑަ ފީއަކާއެކު ފެންވަރު ރަނގަޅު ތަޢުލީމު ދޭން، ހޯރަފުށީ ކޭމްބްރިޖް ސްކޫލް ހިންގަން އާ އެއްބަސްވުމެއް

ހޯރަފުށި

ހއ. ހޯރަފުށީގައި ހުންނަ ކޭމްބްރިޖް އިންޓަރނޭޝަނަލް ސްކޫލް ހިންގުން 15 އަހަރު ދުވަހުގެ މުއްދަތަށް ލިސްޓްރިއޯން ވެންޗަރސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

13 ގަޑިއިރު ކުރިން ވިދާޅުވޭ ←
ހއ. އަތޮޅު

ހަކުރުބަލީގެ ދުވަސް ފާހަގަކުރަން ފިއްލަދޫގައި ފެތުމާއި ސްކްރީނިންގ ހަރަކާތެއް

ހއ. އަތޮޅު

ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 'މޯލްޑިވްސް ސްވިމް ފޯ ޑައިބެޓިސް' ގެ ނަމުގައި ހއ. ފިއްލަދޫގައި ހާއްސަ ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

1 ދުވަސް ކުރިން ވިދާޅުވޭ ←
ހދ. އަތޮޅު

10 މިނެޓުގެ ތަމްރީނަކުން ވައިކަރަދޫން ފެނުނީ އާދަޔާޚިލާފު މޮޅު ހުނަރުތަކެއް

ހދ. އަތޮޅު

ހދ. ވައިކަރަދޫގައި ކުރިއަށްދިޔަ ރާއްޖޭގެ އެންމެ ބޮޑު ފްލައިބޯޑިން އިވެންޓް ކަމަށްވާ 'އުދުހިލާ 2026' ގެ ތެރެއިން ބޭއްވި ވާދަވެރި މުބާރާތުގެ އެއްވަނަ ނަބްހާން ހޯދައި، ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

1 ދުވަސް ކުރިން ވިދާޅުވޭ ←
ހއ. އަތޮޅު

ވަށަފަރުގައި ތަރައްގީކުރި ޒަމާނީ ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި

ހއ. އަތޮޅު

ހއ. ވަށަފަރުގައި ސަރުކާރުން ޒަމާނީ ފެންވަރަށް ތަރައްގީކުރި ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އަދި ކެލާ ދާއިރާގެ މަޖިލިސް މެންބަރު ބައިވެރިވެވަޑައިގެންނެވިއެވެ.

1 ދުވަސް ކުރިން ވިދާޅުވޭ ←
ހދ. އަތޮޅު

ހަކުރުބައްޔަށް ހޭލުންތެރިކުރަން ކުޅުދުއްފުށީގައި ބޭއްވި ފެތުމުގެ ހަރަކާތަށް ބޮޑު ތަރުހީބެއް

ހދ. އަތޮޅު

ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ "މޯލްޑިވްސް ސްވިމް ފޯ ޑައިބެޓީސް" ހަރަކާތުގައި ކުޅުދުއްފުށިން 500 އަށްވުރެ ގިނަ މީހުން ބައިވެރިވެ، ބޮޑު ތަރުހީބެއް ދީފިއެވެ.

1 ދުވަސް ކުރިން ވިދާޅުވޭ ←
ވައިކަރަދޫ

"އުދުހިލާ 2026" ކާމިޔާބު އިވެންޓަކަށް ހަދައިދިން އެންމެހައި ފަރާތްތަކަށް ވައިރޮދީގެ ޝުކުރު

ވައިކަރަދޫ

ވައިރޮދި ޖަމްޢިއްޔާއިން ހދ. ވައިކަރަދޫގައި ބޭއްވި ފޯރިގަދަ "އުދުހިލާ 2026" އިވެންޓް ކާމިޔާބުކަމާއެކު ނިންމާލައި، އެހީތެރިވި ހުރިހާ ފަރާތްތަކަށް އެ ޖަމްޢިއްޔާއިން ޝުކުރު އަދާކޮށްފިއެވެ.

1 ދުވަސް ކުރިން ވިދާޅުވޭ ←
ށ. އަތޮޅު

މާއުނގޫދޫ ބަށި މުބާރާތުގެ ފޯރިން ސޯޝަލް މީޑިއާ ކައްކުވާލައިފި

ށ. އަތޮޅު

ށ. މާއުނގޫދޫގައި ފެށިގެން ކުރިއަށްދާ ބަށި މުބާރާތުގެ ވާދަވެރިކަން ބޮޑުވެ، ޓީމުތަކުން އާންމުކުރަމުންދާ ވީޑިއޯތަކުން ސޯޝަލް މީޑިއާގެ ސަމާލުކަން މުބާރާތަށް ހުއްޓިއްޖެއެވެ.

2 ދުވަސް ކުރިން ވިދާޅުވޭ ←
ނޫމަރާ

ކޭލި ބަލިކޮށް ނޫމަރާ ފުޓްސަލް މުބާރާތުގެ ތަށި ކަތިރިއަންސް އުފުލާލައިފި

ނޫމަރާ

ށ. ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްސަލް މުބާރާތުގެ ފައިނަލްގައި ކޭލި ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ކަތިރިއަންސް އިން ހޯދައިފިއެވެ.

4 ދުވަސް ކުރިން ވިދާޅުވޭ ←
ށ. އަތޮޅު

ކުރީގެ ލޯބިވެރިޔާއަށް ގަނެދިން އައިފޯން އަނބުރާ ނުލިބި, އިތުރަށް 5,000ރ. ދޭން ޖެހިއްޖެ

ށ. އަތޮޅު

ކުރީގެ ލޯބިވެރިޔާ އަތުން އައިފޯން 16 ޕްރޯ މެކްސް އަނބުރާ ހޯދަން ފިރިހެނަކު ކުރި ދައުވާ ނާކާމިޔާބުވެ، އަނެއް ފަރާތުގެ ވަކީލު ފީގެ ގޮތުގައި 5،000 ރުފިޔާ ދައްކަން ކޯޓުން ހުކުމްކޮށްފިއެވެ.

4 ދުވަސް ކުރިން ވިދާޅުވޭ ←
ކުޅުދުއްފުށި

އެލްޖީއޭގެ ބޯޑު އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށާއި ޕީއެންސީގެ ލީޑާޝިޕަށް ރައީސްގެ ތައުރީފު

ކުޅުދުއްފުށި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި ދެ އިންތިޚާބު ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

2 ހަފްތާ ކުރިން ވިދާޅުވޭ ←
ކުޅުދުއްފުށި

އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރި ދެ ގޮނޑިވެސް ވެރިކަންކުރާ ޕީއެންސީއަށް

ކުޅުދުއްފުށި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ދެ އިންތިޚާބު ވެސް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ. މިއަދު ކުރިއަށްދިޔަ ވޯޓުލުމުގައި އެ ޕާޓީން ކާމިޔާބުކޮށްފައިވަނީ ރަށު ކައުންސިލަރުންގެ ތެރެއިންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އައްޔަންކުރާ ދެ މެންބަރުންގެ މަޤާމެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ރަށު ކައުންސިލުތަކުގެ ރައީސުންގެ ތެރެއިން އެ

2 ހަފްތާ ކުރިން ވިދާޅުވޭ ←
ހޮޅުދޫ

ޑިންގީއަކާއި އިންޖީނެއް ވިއްކާނެ ކަމަށް ބުނެ ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފި

ހޮޅުދޫ

މުދާ ވިއްކާނެ ކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫ، ހީނާގެ، ޢަލީ ޢައްފާން (32އ) އާއި، އެ ރަށު ޕްލާޒާ، މުޙައްމަދު ޙަމީދު (34އ) ގެ އިތުރުން ނ. ވެލިދޫ، ވީނަސް، ޙައްސާނު ޢަލީ (34އ) އެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ […]

2 ހަފްތާ ކުރިން ވިދާޅުވޭ ←
ށ. އަތޮޅު

ފުނަދޫ އަލިފާނުގެ ހާދިސާ: ފުނަދޫ ރައްޔިތުންނާއި މުއައްސަސާތަކުގެ އެއްބާރުލުމަށް ރައީސް މުޢިއްޒުގެ ތައުރީފު

ށ. އަތޮޅު

ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ރަށުގެ ރައްޔިތުންނާއި ކަމާބެހޭ މުއައްސަސާތަކުން ދެއްވި އަވަސް އެއްބާރުލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ. މި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. އަދި މިފަދަ...

3 ހަފްތާ ކުރިން ވިދާޅުވޭ ←
Ad
texh page
ބާރަށު ކައުންސިލްގެ "ޔުނިޓީ ކަޕް'' 5 ވަނަ މުބާރާތް ފަށައިފި

ބާރަށު ކައުންސިލްގެ "ޔުނިޓީ ކަޕް'' 5 ވަނަ މުބާރާތް ފަށައިފި

ހއ. ބާރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ޔުނިޓީ ކަޕް 5 ވަނަ ފުޓްސަލް މުބާރާތް 2026" މިއަދު ހަވީރު ފަށައިފިއެވެ.މުބާރާތް ފެށުމުގެ ގޮތުން މިއަދު  ތިން މެޗެއް ކުރިޔަށް ގޮސްފައިވެއެވެ. އެ ގޮތުން މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ކެޕިޓަލް ޖޫނިއާސް އާއި ކެޕިޓަލް އެސްސީއެވެ. އަދި ދެ ވަނަ މެޗުގައި އެލަޔަންސް ސްޕޯޓްސް އާއި ކެޕިޓަލް  ބޯއީސް ބައްދަލުކޮށްފައިވާއިރު ދުވަހުގެ އެންމެ ފަހު މެޗަކަށް ކުޅެފައިވަނީ ވިއޯރާ ޔޫތު އާއި އެލަޔަންސް ޔުނައިޓެޑެވެ. ބާރަށު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި މިއީ ދެ ޖިންސަށް ވަކިން ޚާއްސަކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެއްކަމަށާއި، މި މުބާރާތުގައި ފިރިހެން 10 ޓީމު އަދި އަންހެން 3 ޓީމު ބައިވެރިވެފައިވެއެވެ.މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި ހިނގާ ނޮވެމްބަރ މަހުގެ 26ވަނަ ދުވަހެވެ.  މުބާރާތުގެ ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ހަމަޖެހިފައިވާއިރު އަންހެން ޑިވިޜަންގެ ޗެމްޕިއަންޓީމަށް ކަނޑައަޅާފައިވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީއެވެ.

4 ގަޑިއިރު ކުރިން
ބޭރުގެ އިންވެސްޓްމަންޓްތަކުން ގައުމުގެ މިނިވަންކަމަކަށް އަސަރެއް ނުކުރޭ: ނަޝީދު

ބޭރުގެ އިންވެސްޓްމަންޓްތަކުން ގައުމުގެ މިނިވަންކަމަކަށް އަސަރެއް ނުކުރޭ: ނަޝީދު

4 ގަޑިއިރު ކުރިން
ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް، ބަޙްރައިންގައިވާ އެމެރިކާ ބޭހަށް އީރާނުން ހަމަލާދީފި

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް، ބަޙްރައިންގައިވާ އެމެރިކާ ބޭހަށް އީރާނުން ހަމަލާދީފި

4 ގަޑިއިރު ކުރިން
ތިރީސް އަހަރުވީ އިންތިޒާރަށް ނިމުމެއް: ހުޅުމާލޭގައި ދެ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފަށައިފި

ތިރީސް އަހަރުވީ އިންތިޒާރަށް ނިމުމެއް: ހުޅުމާލޭގައި ދެ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފަށައިފި

6 ގަޑިއިރު ކުރިން
ރާއްޖޭގެ ޒުވާނުންނަށް ކިޔެވުމުގެ ފުރުޞަތުތައް އިތުރުކުރަން އެސްއޭޔޫގެ ރައީސާއެކު ރައީސް މުޢިއްޒު މަޝްވަރާކުރައްވައިފި

ރާއްޖޭގެ ޒުވާނުންނަށް ކިޔެވުމުގެ ފުރުޞަތުތައް އިތުރުކުރަން އެސްއޭޔޫގެ ރައީސާއެކު ރައީސް މުޢިއްޒު މަޝްވަރާކުރައްވައިފި

7 ގަޑިއިރު ކުރިން
ރަށްރަށުގެ ޔުޓިލިޓީ ޚިދުމަތްތައް ތަރައްގީކުރަން ސްޓެލްކޯ އިން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަނީ

ރަށްރަށުގެ ޔުޓިލިޓީ ޚިދުމަތްތައް ތަރައްގީކުރަން ސްޓެލްކޯ އިން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަނީ

7 ގަޑިއިރު ކުރިން
ރޮނާލްޑޯގެ ޝަރަފުގައި ޕޯޗުގަލްގެ 7 ނަންބަރު ޖާޒީއަށް ތާރީޚީ ބަދަލެއް

ރޮނާލްޑޯގެ ޝަރަފުގައި ޕޯޗުގަލްގެ 7 ނަންބަރު ޖާޒީއަށް ތާރީޚީ ބަދަލެއް

8 ގަޑިއިރު ކުރިން
އެމެރިކާއަށް އީރާނުގެ އިންޒާރެއް: ''ހަނގުރާމަ ފަށާނީ ތިޔަބައިމީހުން، އެކަމަކު ނިންމާނީ އަހަރެމެން''

އެމެރިކާއަށް އީރާނުގެ އިންޒާރެއް: ''ހަނގުރާމަ ފަށާނީ ތިޔަބައިމީހުން، އެކަމަކު ނިންމާނީ އަހަރެމެން''

9 ގަޑިއިރު ކުރިން
ޤިބްލަ ޙައްޖު އެންޑް ޢުމްރާ
Ad
އިރުމަތީ ޤުދުސްގެ ވެރިރަށާއެކު މިނިވަން ފަލަސްޠީނެއް ޤާއިމުކުރުމަށް ރާއްޖެއިން އަނެއްކާވެސް ގޮވާލައިފި

އިރުމަތީ ޤުދުސްގެ ވެރިރަށާއެކު މިނިވަން ފަލަސްޠީނެއް ޤާއިމުކުރުމަށް ރާއްޖެއިން އަނެއްކާވެސް ގޮވާލައިފި

9 ގަޑިއިރު ކުރިން
ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގެ އެއްވަނަ އަލްޔަސް އަނަސް ހޯދައިފި

ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގެ އެއްވަނަ އަލްޔަސް އަނަސް ހޯދައިފި

10 ގަޑިއިރު ކުރިން
ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދިއްދޫން މާލޭ މީހަކު ހައްޔަރުކޮށްފި

ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދިއްދޫން މާލޭ މީހަކު ހައްޔަރުކޮށްފި

11 ގަޑިއިރު ކުރިން
ހުދު ސަމާލު ރީނދުލަށް ބަދަލުކޮށްފި، ބޯކޮށް ވާރޭވެހި ގުގުރާނެ

ހުދު ސަމާލު ރީނދުލަށް ބަދަލުކޮށްފި، ބޯކޮށް ވާރޭވެހި ގުގުރާނެ

11 ގަޑިއިރު ކުރިން
ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅަން ފުނަދޫގައި "މޯލްޑިވްސް ސްވިމް ފޮރ ޑައެބީޓީސް" ބާއްވައިފި

ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅަން ފުނަދޫގައި "މޯލްޑިވްސް ސްވިމް ފޮރ ޑައެބީޓީސް" ބާއްވައިފި

13 ގަޑިއިރު ކުރިން
ކުޑަ ފީއަކާއެކު ފެންވަރު ރަނގަޅު ތަޢުލީމު ދޭން، ހޯރަފުށީ ކޭމްބްރިޖް ސްކޫލް ހިންގަން އާ އެއްބަސްވުމެއް

ކުޑަ ފީއަކާއެކު ފެންވަރު ރަނގަޅު ތަޢުލީމު ދޭން، ހޯރަފުށީ ކޭމްބްރިޖް ސްކޫލް ހިންގަން އާ އެއްބަސްވުމެއް

13 ގަޑިއިރު ކުރިން
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (39 ވަނަ ބައި)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (39 ވަނަ ބައި)

13 ގަޑިއިރު ކުރިން
އިޒްރޭލުގެ އުދުވާނާ ދެކޮޅަށް ކޮސޯވޯގެ ސަޕޯޓަރުން އިޒްރޭލު ޓީމު ލަދުގަންނަވާލައިފި

އިޒްރޭލުގެ އުދުވާނާ ދެކޮޅަށް ކޮސޯވޯގެ ސަޕޯޓަރުން އިޒްރޭލު ޓީމު ލަދުގަންނަވާލައިފި

19 ގަޑިއިރު ކުރިން
އީރާނުގެ ދެކުނު އައްސޭރި ފަށުން ބާރުގަދަ ގޮވުންތަކެއްގެ އަޑު

އީރާނުގެ ދެކުނު އައްސޭރި ފަށުން ބާރުގަދަ ގޮވުންތަކެއްގެ އަޑު

20 ގަޑިއިރު ކުރިން
ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ށ.އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ހުދު ސަމާލު

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ށ.އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ހުދު ސަމާލު

20 ގަޑިއިރު ކުރިން
ރޮނާލްޑޯ ވަކިވި ފަހުން ކުޅުނު ފުރަތަމަ މެޗުން ޕޯޗުގަލްއަށް އަމިއްލަ ގައުމުގައި ލަދުވެތި ބައްޔެއް

ރޮނާލްޑޯ ވަކިވި ފަހުން ކުޅުނު ފުރަތަމަ މެޗުން ޕޯޗުގަލްއަށް އަމިއްލަ ގައުމުގައި ލަދުވެތި ބައްޔެއް

20 ގަޑިއިރު ކުރިން
ސަލާމަތީ އިންޒާރާ އެކު ބަހްރައިންގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގައިފި

ސަލާމަތީ އިންޒާރާ އެކު ބަހްރައިންގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގައިފި

20 ގަޑިއިރު ކުރިން
އެންމެ ފަހުގެ ލިޔުންތައް ←

ރަށްރަށުގެ ޔުޓިލިޓީ ޚިދުމަތްތައް ތަރައްގީކުރަން ސްޓެލްކޯ އިން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަނީ

ރާއްޖޭގެ ރަށްރަށުގެ ޔުޓިލިޓީ ޚިދުމަތްތައް ތަރައްޤީކޮށް، ޚާއްޞަކޮށް ބޮޑެތި އާބާދީތަކަށް އަމާޒުކޮށްގެން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަޒުވަރު ވިދާޅުވެއްޖެއެވެ.

7 ގަޑިއިރު ކުރިން • 1 މިނެޓު
28 °
HIGH: 29°
LOW: 27°
AQI: 35
ހއ. އަތޮޅު (ދިއްދޫ)
ނަމާދު ވަގުތުތައް
ދެން:

"ކުދިންގެ އަތްފައި ގަނޑުފެންކޮޅެއްހާ ފިނި": ޣައްޒާގެ ފިނި މޫސުމުގެ ހިތްދަތި ހަގީގަތް

ފެންބޮޑުވެފައިވާ ފޭލިގެތަކާއި ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން، ފިނިމޫސުން ކައިރިވަމުން އަންނައިރު، ކުޑަކުދިން ހޫނުކޮށް ބޭތިއްބުމަށް ޣައްޒާގެ ޢާއިލާތަކުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ.ރޭގަނޑުގެ ވަގުތުތަކުގައި، ޣައްޒާ ސިޓީގައި (ޣައްޒާ ސްޓްރިޕް)ހަދާފައިވާ ވަގުތީ ހިޔާވަހިކަމުގެ ތެރޭގައި ފިނިހޫނުމިން ދަށްވަމުންދާއިރު، އަމީރާ ސަޢުދު ދަނީ އޭނާގެ ހަތަރު މަހުގެ ދަރިފުޅު މުޙައްމަދު ހޫނުކޮށް ބޭއްވުމަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ.އެ ތުއްތު ކުއްޖާގެ އަތުގައި ގިނައިން ހުރީ ހޫނުމޫސުމުގެ ތުނި އަންނައުނެވެ. ފިނިމޫސުމުގެ އަންނައުނު ގަންނާނެ ތަނަވަސްކަން ނެތުމުގެ ސަބަބުން، އުމުރުން 27 އަހަރުގެ އަމީރާ ވަނީ އަވަށްޓެރިއެއްގެ އަތުން ހޫނު ހެދުމެއް ހޯދާފައެވެ. ނަމަވެސް، ރޭގަނޑުގެ ގަދަ ފިންޏާ މެދު އޭނާ އަދިވެސް ހުންނަނީ ނުހަނު ކަންބޮޑުވެފައެވެ.އޭނާ ދިރިއުޅެމުން ދަނީ މޫސުމީ ގަދަފަދަ ޙާލަތްތަކުން އެކަށީގެންވާ ރައްކާތެރިކަމެއް ނުލިބޭ ތަރުފާލެއްގެ ދަށުގައި، ނުވަ ކުޑަކުދިން ހިމެނޭހެން ޢާއިލާގެ 18 މެންބަރުންނާ އެކުގައެވެ. އެންމެންނަށް ފުދޭވަރަށް ހޫނު އަންނައުނާއި ކާޕެޓް ނުވަތަ ރަޖާ ހޯދުމަކީ ދުވަހެއް ދުވަހަކަށް ދަތިވަމުން އަންނަ ކަމެކެވެ.އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ހަނގުރާމައިގެ ކުރީކޮޅު، މި ޢާއިލާ ވަނީ ޣައްޒާ ސިޓީގެ ޝުޖާޢިއްޔާ އަވަށުން ގެދޮރު ގެއްލި މަގުމަތިވެފައެވެ. އަދި މިހާރު ދިރިއުޅެމުން ދަނީ އެ ސިޓީގެ ހުޅަނގުގައި ހަދާފައިވާ ވަގުތީ ކޭމްޕެއްގައެވެ.ފަހަކަށް އައިސް ވެހުނު ބޯވިއްސާރައިގެ ސަބަބުން އެމީހުންގެ ހިޔާވަހިކަމުގެ ތެރޭގައި ފެންބޮޑުވެ، ގޮދަޑިތަކާއި ބާލީސްތަކާއި ރަޖާތައް ވަނީ ތެމިފޯވެފައެވެ."އަހަރެމެން ނިދާފައި ތިއްބައި ފެންބޮޑުވީ. އެތެރެއަށް ފެންވަދެ، އަހަރެމެންގެ ރަޖާތަކާއި ގޮދަޑިތަކާއި ބާލީސްތައް ތެމުނު. ހުރިހާ އެއްޗެއް ވެސް އޮތީ ތެމިފޯވެފައި،" އަމީރާ ބުންޏެވެ.ކުދިންގެ އަތުގައި ގިނައިން ހުރީ ބާވެ، ވީދިފައިވާ ހޫނުމޫސުމުގެ އަންނައުނެވެ. އަމީރާގެ މައިދައިތަ، އުމުރުން 60 އަހަރުގެ ބާސިމާ ސަޢުދު ވެސް އިންތިހާއަށް ކަންބޮޑުވަނީ، ޚާއްޞަ އެހީއަށް ބޭނުންވާ އަދި ހޫނު އަންނައުނާއި ބޭސްފަރުވާއަށް ބޭނުންވެފައިވާ އޭނާގެ 23 އަހަރުގެ އަންހެން ދަރިފުޅާ މެދުގައެވެ."އޭނާގެ ދެއަތް ގަނޑުފެންކޮޅެއްހާ ފިނިވޭ. އަހަރެން އޭނާ ހޫނުކުރުމަށްޓަކައި، ކުޑަކުއްޖަކު ބާއްވާ ފަދައިން އަހަރެންގެ ގާތުގައި އެނދުގައި ބާއްވަން،" ބާސިމާ ބުންޏެވެ. "އަހަރެން އަމިއްލައަށް ހެދުން އެޅުމުގެ ކުރިން އޭނާގެ ގައިގައި ހެދުން އަޅުވަން. އަހަރެން އެންމެ ފުރަތަމަ ޔަޤީންކުރަން ޖެހެނީ އޭނާއަށް ހޫނުކަން ލިބިފައިވާކަން." މޮޅިވެރިކަމާއެކު އޭނާ ކިޔައިދިނެވެ.ޤަވާޢިދުން ލިބޭ އާމްދަނީއެއް ނެތުމުގެ ސަބަބުން، ކާބޯތަކެތި ހޯދުމަށް އެ ޢާއިލާއިން ބަރޯސާވަނީ ޢާންމު ބަދިގެތަކަށެވެ (ކޮމިއުނިޓީ ކިޗަންތަކަށެވެ). ފިނިމޫސުމުގެ އަންނައުނާއި ރަޖާ ގަންނާނެ އިތުރު ފައިސާއެއް އެއްގޮތަކަށް ވެސް ނެތެވެ."އަހަރެންގެ ފިރިމީހާގެ ވަޒީފާއެއް ނެތް. މީގެ ދެ ދުވަސް ކުރިން އޭނާ ނުކުތީ ވެއްޓިފައިވާ ޢިމާރާތްތަކުގެ ކޮންކްރީޓް ބައިތައް ތަޅައި ކުދިކުރުމުގެ މަސައްކަތަކަށް، އެކަމަކު އޭނާގެ އަތް ބިނދިއްޖެ. ޙާލަތު އޮތީ ވަރަށް ދަށުގައި، އަދި ފިނިގަދަކަން އިންތިހާއަށް ބޮޑު،" އަމީރާ ބުންޏެވެ.ކުޑަކުދިން ހޫނުކޮށް ބޭތިއްބުމަށް ޢާއިލާތަކުން ކުރާ ހިތްދަތި މަސައްކަތްމިފަދަ ނިކަމެތި ޙާލަތުގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް، އަދި ޚާއްޞަކޮށް ތުއްތު ކުދިންނަށް އޮތް ނުރައްކަލަކީ ހަމައެކަނި ޚިޔާލީ ބިރެއް ނޫނެވެ.ބުރާސްފަތި ދުވަހު، އުމުރުން އެންމެ ނުވަ މަހުގެ ތުއްތު ކުއްޖެއް ކަމަށްވާ ކިނާން އަޙްމަދު ރަޤީޤް ވަނީ ފިނިގަދަވުމުގެ ސަބަބުން (ހައިޕޯތާމިއާ ޖެހިގެން) މަރުވެފައެވެ. އެ ކުއްޖާގެ ބައްޕަ ''އޭއެފްޕީ''އަށް ކިޔައިދިން ގޮތުގައި، ފޭލިގޭގެ ތެރޭގައި އޭނާއަށް ހޭލެވުނުއިރު ފެނުނީ ދަރިފުޅުގެ ހަންގަނޑު ނޫކުލައަށް ބަދަލުވެފައި އޮތް މަންޒަރެވެ.މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން، ހަތް ކުދިންގެ މައެއް ކަމަށްވާ އުމުރުން 46 އަހަރުގެ އަމަލް އަލް-މައިދާނާ ހުންނަނީ ނުހަނު ބިރުގެންފައެވެ.އޭނާ ދަރިން ބަލާބޮޑުކުރަމުން ދަނީ އެކަނިމާއެކަންޏެވެ. އޭނާގެ ފިރިމީހާ ޙަމްޒާ، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު އިސްރާއީލުގެ ހެލިކޮޕްޓަރަކުން ދިން ޙަމަލާއެއްގައި ޝަހީދުކޮށްލާފައިވާއިރު، އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ޢުމުރުން 25 އަހަރުގެ ހައިޘަމް ޝަހީދުކޮށްލީ ހަމަ އެ އަހަރުގެ ނޮވެމްބަރު މަހު ސްނައިޕަރަކު ބަޑިޖަހައެވެ.އޭނާއަކީ އަސްލު ޣައްޒާ ސިޓީގެ ޒައިތޫން އަވަށުގެ މީހެކެވެ. އަދި ހަނގުރާމައިގެ ތެރޭގައި އިސްރާއީލުގެ ޙަމަލާތަކުން ސަލާމަތްވުމަށްޓަކައި ހަ ފަހަރެއްގެ މަތިން އެކި ތަންތަނަށް ހިޖުރަކުރަން ޖެހި، ޢާއިލާގެ ގެދޮރާއި ބިމާއި ކާރު ވަނީ ގެއްލިފައެވެ.މިހާރު ފޭލިގެއެއްގައި ދިރިއުޅެމުންދާ އަމަލް ދަނީ އޭނާގެ ދަރިންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ފިނި މޫސުން ފެށިފައިވީ ނަމަވެސް، އޭނާގެ ހަގު ދެ އަންހެން ދަރިން ކަމަށްވާ ރިމާސް އާއި މަލަކް އަދިވެސް ލައިގެން ތިބީ ހޫނު މޫސުމުގެ އަންނައުނެވެ."ހުރިހާ އެއްޗެއްގެ އަގުވެސް އިންތިހާއަށް ބޮޑު، ކުޑަކުދިންގެ އަންނައުނާއި، ބޫޓާއި، ހުރިހާ އެއްޗެއްވެސް،" އޭނާ ބުންޏެވެ.އަމަލް މަސައްކަތް ކުރަނީ ލިބެން ހުރި އެއްޗަކުން ފުއްދައިގެން އުޅުމަށެވެ. ނަމަވެސް އެއީ އޭނާގެ ދަރިންގެ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ މިންވަރެއް ނޫނެވެ.އެ އާއިލާގެ ޓެންޓު މަތީގައި އަޅާފައިވާ ހަލާކުވެފައިވާ ތާރުޕޯލިންތަކުގެ ތެރެއިން ވާރޭ ފެންވެސް އެތެރެއަށް ފަދައެވެ. ހޫނުކުރާނެ އެއްވެސް ވަސީލަތެއް ނެތުމުން، ހޫނުކަން ހޯދުމަށް އެމީހުން ބަރޯސާވަނީ ކުއިލްޓާއި ރަޖާތަކަށެވެ."އަހަރެމެންގެ ހަށިގަނޑު ހޫނުކުރާނެ އެއްވެސް ވަސީލަތެއް ނެތް، އަހަރެމެން ހަމައެކަނި ކުރާ ކަމަކީ ކުދިންގެ ގައިގައި ރަޖާ އަޅައިދިނުން،" އޭނާ ބުންޏެވެ.އަމަލް ބިރުގަންނަނީ އިތުރު ތޫފާނެއް އައިސް ވާރެއާއި ފިނިގަދަވެދާނެތީއެވެ. "އަހަރެމެން ހަމައެކަނި ދުޢާކުރަނީ ޓެންޓުތަކުގައި ދިރިއުޅޭ މީހުންނަށް މި ފިނި މޫސުން ލުއިފަސޭހަ ކޮށްދެއްވުން އެދި މާތްﷲ ގެ ހަޟްރަތުގައި،" އޭނާ ބުންޏެވެ.ފިނި މޫސުމުގެ ނުރައްކާތައް އިތުރުވަމުންދާއިރު އެހީތެރިކަން ލިބެނީ މަދުންއެކުވެރި ދައުލަތްތަކު (އދ)ގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯޗާ) އިން ބުނާ ގޮތުގައި ޣައްޒާގެ އާބާދީގެ 94 އިންސައްތަ މީހުންނަށް ކުއްލި ބޯހިޔާވަހިކަމުގެ އެހީތެރިކަން ބޭނުންވެއެވެ. އާއިލާތަކުގެ ގާތްގަނޑަކަށް 65 އިންސައްތަ މީހުން ދިރިއުޅެނީ ޓެންޓުތަކުގައި ނުވަތަ ވަގުތީ ހިޔާތަކުގައެވެ. އަދި 650،000 ކުޑަކުދިންނަށް ފިނި މޫސުމުގެ އެހީތެރިކަން ބޭނުންވެއެވެ. މީގެ ތެރޭގައި ހޫނު އަންނައުނާއި ރަޖާ ހިމެނެއެވެ.ސެޕްޓެމްބަރު މަހާ ހަމައަށް އެހީދޭ ޖަމާއަތްތަކަށް ހޯދިފައިވަނީ އެންމެ 9،000 އާއިލާއަށް ފުދޭވަރުގެ ފިނި މޫސުމުގެ އަންނައުނާއި، 50،000 މީހުންނަށް ބޭނުންވާ ނިދާ ސާމާނެވެ. މިއީ ބޭނުންވާ މިންވަރަށް ވުރެ މާ މަދު އަދަދެކެވެ. ފައިސާގެ ދަތިކަމުގެ ސަބަބުން ފިނި މޫސުމަށް ވާންޖެހޭ ތައްޔާރީތަކަށް އިތުރު ހުރަސްތަކެއް އެޅެމުންދާ ކަމަށް އޯޗާއިން ބުންޏެވެ.ޔުނިސެފުން އިންޒާރު ދީފައިވާ ގޮތުގައި ފިނި މޫސުމުގެ ހާލަތުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންނަށް 'ހައިޕޯތާމިއާ' (ހަށިގަނޑު މާބޮޑަށް ފިނިވުން) އަދި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑުވެއެވެ. ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ވޭތުވެދިޔަ ފިނި މޫސުމުގައި ހައިޕޯތާމިއާގެ ސަބަބުން މަދުވެގެން 11 ކުދިން މަރުވެފައިވެއެވެ. އެ އެޖެންސީން ދަނީ 2026-2027 ގެ ވިންޓަރ ރެސްޕޮންސްއަށް 97.5 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިއީ ޣައްޒާ އަދި ހިފާފައިވާ ހުޅަނގު އައްސޭރީގެ 540،000 ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކަށް އެހީތެރިވުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.ފަހަކަށް އައިސް ވެހުނު ވާރޭގެ ސަބަބުން މި ކާރިސާ ވަނީ އިތުރަށް ގޯސްވެފައެވެ. ނޮވެމްބަރު 9 ގައި ޔުނިސެފުން ބުނީ ފެންބޮޑުވުމުގެ ސަބަބުން 106،000 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާ ކަމަށާއި، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ގާތްގަނޑަކަށް 950،000 މީހުން ދިރިއުޅެމުންދަނީ ފެންބޮޑުވުމުގެ ނުރައްކާ އޮތް ސަރަހައްދުތަކުގައި ކަމަށެވެ.އިސްރާއީލުން ހިންގަމުންދާ ނަސްލުނައްތާލުމުގެ ހަނގުރާމައަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ހަނގުރާމައިގައި ފަލަސްތީނުގެ 74،600 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 176،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ޣައްޒާގެ އެކި ކަންކޮޅުތަކުގައިވާ ގެދޮރާއި ދިރިއުޅުމުގެ ވަސީލަތްތައް ވަނީ ސުންނާފަތިވެފައެވެ. ގާތްގަނޑަކަށް ދެ މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު އެތައް ފަހަރަކު އެއްތަނުން އަނެއް ތަނަށް ހިޖުރަކުރަން ޖެހިފައިވެއެވެ. އަދި އެތައް ލައްކަ ބަޔަކު އަދިވެސް ދިރިއުޅެމުންދަނީ ޓެންޓުތަކުގައާއި ހަލާކުވެފައިވާ ހިޔާތަކުގައެވެ.ހަނގުރާމަ އޭގެ ހަތަރުވަނަ އަހަރަށް އެޅުނުއިރު، ވަޒީފާ ނެތުމާއި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން އަސާސީ ބޭނުންތައް ފުއްދުމަކީ ކުޅަދާނަ ކަމަކަށް ނުވެ، ފިނީގެ ސަބަބުން ދަރިން ރައްކާތެރިކުރުމަށް އާއިލާތަކުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ.ކުރިން ބޭނުންކޮށްފައިވާ އަންނައުނާއި ނާޒުކު ނިންމުންތައްޣައްޒާ ސިޓީގެ ރިމާލް މާރުކޭޓުގައި ވިޔަފާރިކުރާ އުމުރުން 25 އަހަރުގެ މުހައްމަދު އަބޫ ޝަނާރުގެ ފިހާރައިންވެސް ފެންނަނީ ކަސްޓަމަރުންގެ މިފަދަ ހާލަތެކެވެ. ގިނަ މީހުން ފިނި މޫސުމުގެ އަންނައުނުގެ އަގު އަހައެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުގަނެ އެނބުރި ދެއެވެ."އަގުތައް ވަރަށް ބޮޑު. އެއީ އެންމެންނަށް އަތްފޯރާ ފަށުގައި ހުރި އަގުތަކެއް ނޫން. މީހުން އައިސް، އަގު ކިހާވަރެއްތޯ އަހާފައި، ތަކެތި ގަންނާނެ ތަނަވަސްކަން ނެތުމުން އެނބުރި ދަނީ،" އޭނާ ބުންޏެވެ.މުހައްމަދު ދުވާލަކު ވިއްކަނީ ފިނި މޫސުމުގައި ލާ ގާތްގަނޑަކަށް ހަތަރެއް ނުވަތަ ހައެއް ޓްރެކްސޫޓެވެ. އޭނާ ބުނާ ގޮތުގައި ކައިރީގައިވާ ކޭމްޕުތަކުގައި ތިބި ގިނަ ކުދިން އަދިވެސް، ފިނިގަދަ ނަމަވެސް ލައިގެން ތިބީ ކުރުއަތްވީ ނުވަތަ ތުނި ހެދުމެވެ. އަގުތައް އިންތިހާއަށް އުފުލިފައިވާ ސަބަބަކީ—އިސްރާއީލުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ޣައްޒާއަށް މުދާ އެތެރެކުރުމުގައި ދިމާވެފައިވާ ދަތިކަމާއި، ހޯލްސޭލަރުންގެ އަތުން މުދާ ގަންނަން ލިބޭ އަގު ބޮޑުވުން ކަމަށް އޭނާ ބުނެއެވެ."ފުރަތަމަ ކަމަކީ މުދަލުގެ ދަތިކަން. ހޯލްސޭލަރުން އަގުތައް ބަހައްޓަނީ ވަރަށް މަތީގަ، އަދި އަހަރެމެންނަށް ވެސް މުދާ ލިބެނީ ވަރަށް އަގުބޮޑުކޮށް. މި ތަކެތި 40 ޝެކަލް (12.60 ޑޮލަރު) ނުވަތަ 50 ޝެކަލް (15.70 ޑޮލަރު) ގެ ބަދަލުގައި، 20 ޝެކަލް (6.25 ޑޮލަރު) ނުވަތަ 25 ޝެކަލް (7.80 ޑޮލަރު) އަށް ވިއްކެން ހުރި ނަމަ، ފަހަރުގައި މީހުންނަށް ގަނެވުނީސް،" އޭނާ ބުންޏެވެ.މުޙައްމަދު ބުނި ގޮތުގައި ފިނި މޫސުމުގެ މުދަލަށް އޭނާ ވަނީ 20،000 އަށް ވުރެ ގިނަ ޝެކަލް (ގާތްގަނޑަކަށް 6،265 ޑޮލަރު) އިންވެސްޓްކޮށްފައެވެ. ނަމަވެސް، ވިޔަފާރިކުރާތާ ތިން ހަފުތާ ވެގެން ދިޔައިރު އޭނާއަށް އަނބުރާ ލިބުނީ 5،000 ޝެކަލް (ގާތްގަނޑަކަށް 1،570 ޑޮލަރު) އަށް ވުރެ ވެސް މަދު މިންވަރެކެވެ.އަނަސް ޙަމަދު ފަދަ މީހުންގެ އަތުގައި، މުޙައްމަދު ފަދަ ވިޔަފާރިވެރިންގެ އަތުން އެއްޗެހި ގަންނާނެ ފައިސާއެއް ހަމަ އެއްގޮތަކަށް ވެސް ނެތެވެ.އަނަސް އާއި އޭނާގެ އާއިލާއަކީ އުތުރު ޣައްޒާގެ ބައިތު ޙާނޫނުން ގެދޮރު ގެއްލިފައިވާ ބައެކެވެ. ހަނގުރާމައިގެ ކުރިން އޭނާ ހިންގި ސުޕަމާކެޓުގައި އޭނާގެ ހަތަރު ކޮއްކޮ ވަޒީފާ އަދާކުރިއެވެ. ހަނގުރާމައިގައި އެމީހުންގެ ގެދޮރާއި ވިޔަފާރި ސުންނާފަތިވެ، ޔުނިވަރސިޓީ ނިންމާފައިވާ އެ ފަސް މީހުން ވެސް މިހާރު ތިބީ އެއްވެސް މަސައްކަތެއް ނެތިފައެވެ.އެއްވެސް އާމްދަނީއެއް ނެތި، އައު އަންނައުނު ގަނެވޭނެ ތަނަވަސްކަމެއް ނެތުމުން، އަނަސް އޭނާގެ ތިން ކުދިންނަށް އަންނައުނު ހޯދައިދެނީ ސިކުންތު-އަތު މާރުކޭޓުތަކުންނާއި މީހުން ބޭނުންކޮށްފައި ދޭ ބައު އަންނައުނުންނެވެ.އޭނާގެ ފަސް އަހަރުގެ އަންހެން ދަރިފުޅު ޖަނާ، އައު ގަމީހަކަށް އެދުނު ދުވަސް އޭނާ ހަނދާން އައުކުރިއެވެ. އެވަގުތު އޭނާއަށް ދައްކާލެވުނީ އެ ކުއްޖާ ލައިގެން ހުރި ގަމީހަށެވެ. އެއީ ކުރިން އެ ކުއްޖާގެ ބޭބެ ލީ ގަމީހެކެވެ.މި އާއިލާ ދިރިއުޅެމުން ދަނީ ވަރަށް ބޮޑަށް ވީދިފައިވާ ފޭލިގެއެއްގައި، ގާތްގަނޑަކަށް ދެ އަހަރު ދުވަހުއެވެ. އޭނާގެ އަންހެނުން އެ ފޭލިގެ ފަހައި މަރާމާތުކުރަން މަސައްކަތް ކުރި ނަމަވެސް، މަތިންނާއި ތިރިން ވެސް ވާރޭފެން ވަދެއެވެ. މިފަހުން ވެހުނު ބޯ ވާރޭގައި އެމީހުންގެ ނިދާ ތަންމައްޗާއި މުދާތައް ވަނީ އެއްކޮށް ތެމިފައެވެ.އަނަސް ބުނި ގޮތުގައި ފިނީގެ ސަބަބުން އޭނާގެ ތިން އަހަރުގެ ދަރިފުޅު ތުރުތުރުއަޅަމުން ދިޔައިރު، ފޭލިގޭގެ ފުރާޅުގައި ވާރޭ ތިކިތައް ޖެހޭ އަޑަށް ކުދިން ތިބީ ބިރުންނެވެ."އަހަންނަށް މިވަނީ މަޖުބޫރުވެފައި އަހަރެންގެ ދަރިންނަށް ކާބޯތަކެތި ގަތުމާއި، އެކުދިންނަށް ހޫނު އަންނައުނާއި ރަޖާ ހޯދުމާއި، ނުވަތަ ކުރިއަށް އޮތް ވިއްސާރައިން ފޭލިގެ ރައްކާތެރިކުރުމަށް ތާރުޕޯލިން ގަތުމާ ދެމެދު އިޚްތިޔާރު ކުރަން،" އޭނާ ބުންޏެވެ."އިސްކަންދޭންވީ ކޮން ކަމަކަށް ކަމެއް، އަދި ދޫކޮށްލަންވީ ކޮން ކަމެއް ކަމެއް ވެސް އަހަންނަކަށް ނޭނގެ." ދެކޯތާފަތްމައްޗަށް އޮހެމުން ދިޔަ ކަރުނަ ފޮހެލަމުން އޭނާ ބުންޏެވެ.މަސްދަރު: އަލް ޖަޒީރާ

ނ
ނާޒިމާ އަލީ 2 ދުވަސް ކުރިން
ފުރިހަމަ ރިޕޯޓު ←
ތިލަދުން

ކޮލަމް

ތަޙުލީލީ، ދިރާސީ އަދި ފުން ވިސްނުމުގެ ޚާއްޞަ ރިޕޯޓުތައް

އިބްރާހިމް ޝުޖާޢު

ބާރަށު ދާއިރާގެ މެމްބަރު

އިބްރާހިމް ޝުޖާޢު
މި ހިނގާ ނޮވެންބަރުމަހު ބާރަށު ބަނދަރުގެ މަޝްރޫޢު އިރާދަފުޅުކުރެއްވިއްޔާ ދާނެ، ދެ ވައުދު އެއްފަހަރާ ހިނގަނީ، މާނަޔަކީ އެ އޮތީ ގަނެފައި ދެ ބުޅި އެއް ނަނެއްގައި، ދެ މަސް އެއްފަހަރާ ބޭނޭނެ

އިބްރާހިމް ޝުޖާޢު

ބާރަށު ދާއިރާގެ މެމްބަރު

އިބްރާހިމް ޝުޖާޢު
މި ހިނގާ ނޮވެންބަރުމަހު ބާރަށު ބަނދަރުގެ މަޝްރޫޢު އިރާދަފުޅުކުރެއްވިއްޔާ ދާނެ، ދެ ވައުދު އެއްފަހަރާ ހިނގަނީ، މާނަޔަކީ އެ އޮތީ ގަނެފައި ދެ ބުޅި އެއް ނަނެއްގައި، ދެ މަސް އެއްފަހަރާ ބޭނޭނެ

ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ފޯވާޑް

ކްރިސްޓިއާނޯ ރޮނާލްޑޯ
މި ނިންމުމަކީ ފަސޭހައިން ނިންމުނު ނިންމުމެއް ނޫން. ބައެއް ނިންމުންތަކަކީ ހަމައެކަނި ސިކުނޑިން ނިންމާ ނިންމުންތަކެއް ނޫން، އެއީ ހިތުން ވެސް ނިންމާ ނިންމުންތައް

މުޙައްމަދު ސަޢީދު

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު

މުޙައްމަދު ސަޢީދު
އިރާނު-އެމެރިކާ ހަނގުރާމައާ ގުޅިގެން ރައީސް އުފެއްދެވި ކޮމިޓީގެ މަސައްކަތުން ރާއްޖެ ތެލަށާއި، ގޭހަށާއި، ކާޑަށް ނުޖެހި ސަލާމަތްވި.

ޙުސައިން ޒާމިރު

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް

ޙުސައިން ޒާމިރު
ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ލުއި ގޮތްތަކެއްގެ މަތިން ވިޔަފާރީގެ މާލީ އެހީތެރިކަން ލިބޭނެ މަގުތައް ފަހިކޮށްދިނުމަކީ ކޮންމެހެން މުހިންމު ކަމެއް

އަބީރް ޤަވާސް

ނިއުޔޯކް ސްޓޭޓްގެ އިންތިޚާބީ ސެނެޓަރު

އަބީރް ޤަވާސް
ޗެރިޓީގެ ގޮތުގައި ފައިސާ އެއްކޮށް، އެ ފައިސާއިން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ފުރުސަތު ނިއުޔޯކްގެ ޤާނޫނުން ދީގެން ނުވާނެ

ޢަބްދުލް އެލް-ސައްޔިދު

އިންތިޚާބީ ސެނެޓަރު

ޢަބްދުލް އެލް-ސައްޔިދު
ޖެނުއަރީގައި ޖޭޑީ އަހަރެން ލައްވައި ހުވާކުރުވީމާ، ދެން އަހަންނަށް ސެނެޓަރު އޭ ކިޔައިގެން ކުރިއަށްދާންވީ

ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ

ޑރ. މުޙައްމަދު މުޢިއްޒު
ޤައުމެއްގެ އަމިއްލަ ބަސް ބުނެ، ދީނާއި އަމިއްލަ ގޮތްތައް ރައްކާތެރިކުރެވެނީ ސަލާންޖަހަން ނުޖެހޭ އިޤުތިޞާދަކަށް ފުރާނައެޅިގެން.

މަސްޢޫދު ޕެޒެޝްކިއާން

އީރާނުގެ ރައީސް

މަސްޢޫދު ޕެޒެޝްކިއާން
ރައްޔިތުން އަހަރެމެންނާއެކު ތިބި ނަމަ، އަހަރެން ފަދަ އެތައް ހާސް ބަޔަކު މަރާލިޔަސް ދުޝްމަނުންނަށް އެއްވެސް ކަމެއް ނުކުރެވޭނެ.

ގަދަ އަޑުތައް

ބިންހެލުންތަކުގެ އިންޒާރު!

“ބިންހެލުންތައް ގިނަވެއްޖައުމާ ހަމައަށް ޤިޔާމަތް ޤާއިމެއް ނުވާނެއެވެ.”

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމުގައި އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 189 ބިންހެލުމެއް އައިސްފައިވޭ!
Ad
maldives post

ސިޔާސީ، ޢަދުލު އިންސާފު

ހުރިހާ ޝަޚުޞިއްޔަތުން ←
އެއް އުނގަކުން ތަޢުލީމީ ދާއިރާއަށް ތިން މުދައްރިސުން, މިއީ އެ ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކަ

އެއް އުނގަކުން ތަޢުލީމީ ދާއިރާއަށް ތިން މުދައްރިސުން, މިއީ އެ ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކަ

“ކޮންމެ މުދައްރިސެއްގެ ފަހަތުގައި އެ މީހަކަށް ހެޔޮ ތަރުބިއްޔަތު ދިން މައިވަންތަކަމުގެ ލޯތްބާއި ހިތްވަރު ވާނެކަން ޔަޤީނެވެ. މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހު މި ގެނެސްދެނީ، މުޖުތަމައު ބިނާކުރާ އެންމެ މުހިންމު އެއް ޚިދުމަތަށް، އެއް ފުރާޅެއްގެ ދަށުން، ތިން ދަރިން ހަދިޔާކުރި ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކައެވެ. މުޅި ޤައުމުގެ މުސްތަޤުބަލު އުޖާލާކުރަން މަސައްކަތްކުރާ ތިން މުދައްރިސުންގެ ހިޔާވަހިކަމަކީ އެ މަންމަގެ އުނގެވެ. ހދ. ނޭކުރެންދޫ މަހުމާގޭ ފާޠިމަތު ޚާލިދާއަކީ ތިން މުދައްރިސުންގެ މަންމ...”

ސ
ސަލާމާ ޢަބްދުލް ޢަލީމް
ޕްރޮފައިލް ބައްލަވާ ←
ސައިކަލްތަކުގެ ކުލަ ބަދަލުކޮށްލި އަދޭގެ ފިހީގެ ކުލަތައް މުޅި ރާއްޖެ އަށް

ސައިކަލްތަކުގެ ކުލަ ބަދަލުކޮށްލި އަދޭގެ ފިހީގެ ކުލަތައް މުޅި ރާއްޖެ އަށް

“މީސްމީޑިއާގެ މަންސަހުން، ތަފާތު، ރީތި ސައިކަލްތަކެއް ފެންނަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެންމެ ފަހުން ލޮލުގައި އަޅައިގަތީ މަޑުދަނބު ކުލައިގެ ސްކޫޕީއެކެވެ. ދަނބު ކުލައިގެ  ސްކޫޕީއެއް މީގެ ކުރިން ފެނިފައިނުވާތީ، ވާނުވާ ބަލައިލަން ކުޑަ ދިރާސާއެއް ކޮއްލީމެވެ. އެ ސައިކަލް ޕޯސްޓް ކޮއްފައިވާ ”އަދޭ ގަރާޖް” ގެ ނަމުގައި އޮތް ފޭސްބުކް ޕޭޖް ބަލައިލެވުނީ ޝައުޤުވެރިކަމާއެކުއެވެ. އެއާއެކު ފެނިގެން ދިޔައީ، ދުވަހަކު ވެސް ނުދެކޭފަދަ ރީތި ސައިކަލްތަކެކެވެ. މާލޭގެ ފިހާރަތަކުން އެ ފަދަަ ރީތި، ކުލަކުލައިގެ ސައިކ...”

ސ
ސަލާމާ ޢަބްދުލް ޢަލީމް
ޕްރޮފައިލް ބައްލަވާ ←
މުޙައްމަދު ނަޞީރު: ވާހަކަދެއްކުންތެރިކަމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު

މުޙައްމަދު ނަޞީރު: ވާހަކަދެއްކުންތެރިކަމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު

“ދިވެހިބަހާއި ވާހަކަދެއްކުންތެރިކަމުގެ ފަންނަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި ސަގާފަތުގެ އެންމެ މުހިންމު އެއް ތަނބެވެ. މި ފަންނު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ހުނަރުވެރި ވާހަކަދެއްކުންތެރިން ބިނާކުރުމުގައި އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ހދ. ވައިކަރަދޫ، ދަނބުގެ، އަލްފާޟިލް މުޙައްމަދު ނަޞީރަށް މިއަހަރު ވަނީ “ވާހަކަދެއްކުންތެރިކަމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން” ހިތްވަރުދިނުމުގެ ޤައުމީ އިނާމު އަރުވައިފައެވެ. މުޙައްމަދު ނަޞީރުގެ ވާހަކަދެއްކުންތެރިކަމުގެ ދަތުރު ފެށުނީ އޭނާގެ...”

Ad
mooomoo 1

ވީޑިއޯ ޑޮކިއުމެންޓްރީ

ތިލަދުން އޮރިޖިނަލްސް

ކޭލަކުނު 200: ޢިބުރަތުގެ އިންޒާރަށް 2 ޤަރުނު

ޔޫޓިއުބް 34:15

ބޮޑު ދަތުރު - ތިލަދުންމަތީގެ ތާރީޚީ ޑޮކިއުމެންޓްރީ

ޔޫޓިއުބް 1:07:09

ބޮޑު ދަތުރު ޑޮކިއުމެންޓްރީ - ރަސްމީ ޓްރެއިލަރ

ޔޫޓިއުބް 01:08

ފޮޓޯ އަލްބަމްތައް

އަލްބަމަކަށް ފިއްތަވާލައްވާ

މަދަޙަ

އިސްލާމީ މަދަޙަ

އުތުރުގެ ހަތަރު އަތޮޅުން

54 މީހުން ދިރިއުޅޭ ރަށް
ހއ.

ހއ. އަތޮޅު

14 ރަށް
ތުރާކުނު އުލިގަން މޮޅަދޫ ހޯރަފުށި އިހަވަންދޫ ކެލާ ވަށަފަރު ދިއްދޫ ފިއްލަދޫ މާރަންދޫ ތަކަންދޫ އުތީމު މުރައިދޫ ބާރަށް
ހދ.

ހދ. އަތޮޅު

13 ރަށް
ހަނިމާދޫ ފިނޭ ނައިވާދޫ ހިރިމަރަދޫ ނޮޅިވަރަންފަރު ނެއްލައިދޫ ނޮޅިވަރަމް ކުރިނބީ ކުޅުދުއްފުށި ސިޓީ ކުމުންދޫ ނޭކުރެންދޫ ވައިކަރަދޫ މަކުނުދޫ
ށ.

ށ. އަތޮޅު

14 ރަށް
ކަނޑިތީމު ނޫމަރާ ގޮއިދޫ ފޭދޫ ފީވަށް ބިލެތްފަހި ފޯކައިދޫ ނަރުދޫ މާކަނޑޫދޫ މަރޮށި ޅައިމަގު ކޮމަންޑޫ ފުނަދޫ މިލަންދޫ
ނ.

ނ. އަތޮޅު

13 ރަށް
ހެނބަނދޫ ކެނދިކުޅުދޫ މާޅެންދޫ ކުޑަފަރީ ލަންދޫ މާފަރު ޅޮހީ މިލަދޫ މަގޫދޫ މަނަދޫ ހޮޅުދޫ ފޮއްދޫ ވެލިދޫ

ހއ. · ހދ. · ށ. · ނ. — ބޮޑުތިލަދުންމަތި އަދި މިލަދުންމަޑުލު

Ad
Northern Desks Island Coverage Partner