ހދ. ވައިކަރަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފްލައިބޯޑިންގ ބިގިނަރ ލެސަންސް "އުދުހިލާ 2026" އިވެންޓްގެ ސިލްވާ ސްޕޮންސަރުނެގެ ގޮތުގައި އެރަށު ހަމަޖައްސައިފިއެވެ.
"އުދުހިލާ 2026" ކާމިޔާބު އިވެންޓަކަށް ހެދުމަށްޓަކައި އެ ފަރާތްތަކުން ދެއްވި އެހީތެރިކަން ފާހަގަކޮށް، މި އިވެންޓް އިންތިޒާމުކުރާ ވައިރޮދި ޖަމްޢިއްޔާއިން ވަނީ ވައިކަރަދޫ ކައުންސިލަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޝުކުރު އަދާކޮށްފައެވެ.
މީގެއިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެ އިވެންޓްގެ ކޮމިއުނިޓީ ސްޕޮންސަރއަކަށް ހަމަޖައްސާފައިވާއިރު، "މެރިނިކްސް" އިން ވަނީ މި އިވެންޓަށް ސިލްވަރ ސްޕޮންސަރ އަކަށް ހަމަޖައްސާފައެވެ. އެހެންވެ، އެ ފަރާތަށް ވެސް ވައިރޮދި ޖަމްޢިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ވައިރޮދި ޖަމްޢިއްޔާގެ އެޑްވައިޒަރ އަދި އިވެންޓް މެނޭޖަރ ޙުސައިން ޙަލީމް (ރޮބޭ) "ތިލަދުން" އަށް މަޢުލޫމާތު ދެއްވި ގޮތުގައި، މި އިވެންޓުގެ ޓެކްނިކަލް ހުރިހާ މަސައްކަތެއް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.
މި ނޮވެމްބަރު މަހުގެ 11 އިން 13 އަށް ވައިކަރަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓުގައި ވައިކަރަދޫ، ހދ. ކުޅުދުއްފުށި ސިޓީ އަދި ހދ. ނޭކުރަންދޫގެ ކުދިން މިހާތަނަށް ބައިވެރިވެފައިވާ ކަމަށް ވެސް ރޮބޭ މަޢުލޫމާތު ދެއްވިއެވެ.
މި ހަރަކާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި، ފްލައިބޯޑިންގ ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވާނީ އިންޓަނޭޝަނަލް ލައިސަންސް ލިބިފައިވާ ވައިރޮދި ޖަމްޢިއްޔާގެ އިންސްޓްރަކްޓަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!