ސުންގަޑި ހަމަވުމުގެ ކުރިން ބޭރު ފައިސާ މާރުކުރަން އެމްއެމްއޭ އިން ހަނދާންކޮށްދީފި
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތްތަކުން، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އެ އިލްތިޒާމު ފުރިހަމަކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަނދާންކޮށްދީފިއެވެ. އެމްއެމްއޭ އިން މިއަދު ބުނީ، ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ފައިސާ މާރުކުރުމުގެ އިލްތިޒާމު އަދާކުރަމުން ގެންދިއުމަކީ ލާޒިމު ކަމެއް ކަމަށެވެ. މިގޮތުން، ކޮންމެ މީލާދީ މަހެއްގައި ވެސް ބޭރު ފައިސާއިން ލިބޭ އާމްދަނީ، އެ މަހާ ޖެހިގެން […]