Skip to main content

ސަލާމާ ޢަބްދުލް ޢަލީމް

Contributor
🇲🇻 ތިލަދުން Desk
429 Stories
1,982 Reads

Published on ތިލަދުން (Thiladhun) by ސަލާމާ ޢަބްދުލް ޢަލީމް

ސިލްސިލާ ވާހަކަ: ޝިކާޔަތު (68)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (68)

ކުރީގެ އަދަދާއިގުޅޭ، ޖީބުގައި އޮތް ފޯނު ނެގިއިރު ބާރުބާރަށް ހިނގާފައި، ޔަޝްމީ މާދުރަށް ގޮއްސިއެވެ.  އޭރުވެސް ރަހީލަށް ހުރެވުނީ ހިނގައިގަންނަންވެސް ނޭނގިފައެވެ. *** ” ބޭބޭ! އަހަރެން މިކިޔައިދިނީ ޔަޝްމީ އަހަންނާ ހިއްސާކުރި ވާހަކަތައް… ދެން ބުނެބަލަ! ބޭބެ ހަމަ އަދިވެސް ޔަޝްމީއާ މެރީ ކުރަން ބޭނުންތަ؟ ” ކަނާތު ކަންފަތަށް ފޯނު ބަދަލު ކޮށްލަމުން ރަޝާ ސުވާލު ކުރިއެވެ. އޭރު ރަހީލަށް ހުރެވުނީ ވާހަކަ ދައްކަންވެސް އުނދަގޫ ވެފައެވެ. ޔަޝްމީއާމެދު މާބޮޑަށް އުއްމީދު ކުރެވުމުގެ ސަބަބުން […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (67)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (67)

ކުރީގެ އަދަދާއިގުޅޭ، މާގިނަ އިރުތަކެއްނުވެ ކައިރިކޮށްލި ކާރުގެ ތެރެއަށް އޭނާ އަވަސް އަވަހަށް ދެމިގަތެވެ. އަދި ގޭގެ ނަން ބުނެލުމަށްފަހު ސީޓުގައި ލެނގިލެވުނީ ވެފައިވާ ވަރުބަލިކަމުންނެވެ. ނަމަވެސް ކުރީ ސީޓާ ދިމާލު މަތީގައި ހަރުކޮށްފައިހުރި ލޯގަނޑުކޮޅުން ޑްރައިވަރުގެ މޫނު ފެނުމާއެކު ޔަޝްމީއަށް ތެޅިގަނެވުނެވެ. ” ޔަޝްމީ މޭމް! ” އިސާހިތަކު ޑްރައިވަރ އޭނާއަށް ގޮވާލިއެވެ. ” ޑްރައިވަރ ނައީމް! ” ޔަޝްމީއަށް ގޮވައިލެވުނީ ނުހަނު ކަންބޮޑުވެފައިވާ ރާގަކަށެވެ. ” ބޮސް ކޮބާ؟ ވީތަނެއް އެނގޭތަ؟ ” އެންމެ […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (66)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (66)

ކުރީގެ އަދަދާއިގުޅޭ، ” ތި ދުޢާ އިޖާބަ ކުރައްވާތޯ އަހަރެން ދުޢާ ކުރާނަން! ” ރަޝާއަށް ބަލައިލަމުން ޔަޝްމީއަށް އަނެއްކާވެސް ހިނިތުން ވެލެވުނެވެ. ” އަޅެ އަހަންނަށް ޔަޝްމީގެ މޫޑު ގޯސްކުރެވުނީދޯ! ސޮރީ އިނގޭ.. ” އިސްޖަހާލައިގެން އިން ޔަޝްމީ އިސްއުފުލާލީ ރަޝާގެ އަޑަށެވެ. ” ނޫނޭ.. އޯކޭ ހަމަ! ހިތުގައި ހުންނަ އުދާސްތައް މިގޮތަށް ބޭރު ނުކުރެވިގެން ކަންނޭނގެ މިކަމުން އަރައި ނުގަނެވިގެން މިއުޅެނީވެސް.. މިކަންތައްތައް ޝެއަރ ކުރާނެ ފްރެންޑެއް ލިބުނީމަވެސް އަހަރެން މިއަދު ވަރަށް […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (65)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (65)

ކުރީގެއަދަދާއިގުޅޭ، ” އަހަރެން ވަރުބަލިވެއްޖެ ހާރޫން! އަހަރެންގެ ސިކުނޑީގައި އިތުރަށް ވިސްނާނެ ބާރެއް ނެތް.. ވިންދު ޖަހާނެ ހިތްވަރެއް ހިތަކު ނެތް! އެތެރެއަށް ނޭވާ ދަމާލާނެ ވަރެއް ހަށިގަނޑަކުވެސް ނެތް.. ބުނެބަލަ! އަހަރެން ކިހިނެއްތަ ހަދަންވީ؟ ދުނިޔެ މަތިން ހަނދާންނައްތާލަން ވީތަ؟ ” ދެލޯ މަރާލަމުން ޔަޝްމީއަށް ބުނެވުނެވެ. *** ފްލައިޓްގައި އިން އިރުގައިވެސް ޔަޝްމީއަށް ފިކުރު ކުރެވެނީއެވެ. އޭނާގެ ދިރިއުޅުމާމެދު މާބޮޑަށް ވިސްނެނީއެވެ. ކުރު ގޮތަކަށް ބުނާނަމަ ދުނިޔެމަތިން ފޫހިވަނީއެވެ. ދުނިޔޭގެ އަލިކަން...

ސިލްސިލާ ވާހަކަ: ޝިކާޔަތު (64)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (64)

ކުރީގެ އަދަދާއިގުޅޭ، ހިތާހިތާ ޔަޝްމީ ކިޔަމުން ދިޔައެވެ. އަނެއްކާވެސް އޭނާގެ ދެލޮލުން ކަރުނަ ހިލެން ފެށިއެވެ. ނަމަވެސް ބޮލުގައި ރިއްސާވަރުން އިތުރަށް ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. ކެތްކުރެވޭތޯ އޭނާ ނުހަނު މަސައްކަތް ކުރިއެވެ. ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން ޔަޝްމީ މޫނު ފޮރުވާލީ ދެލޯ މަރާލަމުންނެވެ. ” އަހަރެން މި ދަތުރު ހުއްޓާނީ، ހާރޫން ހޯދާފައި” ޔަޝްމީއަށް ބުނެވުނެވެ. *** މެންދުރު ނަމާދުކޮށްގެން ޝާކިރު ގެއަށް އައި އިރު ފާއިޒާ އޮތީ އެނދުމަތީ އޮށޯވެލައިގެންނެވެ. ބޯމަތީގައި […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (63)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (63)

ކުރީގެ އަދަދާއިގުޅޭ، ލިފްޓް ދޮރު ހުޅުވުމާއެކު ޔަޝްމީއަށް ބުނެލެވުނެވެ. އޭރުވެސް އޭނާގެ ދެފައި ތުރުތުރުއަޅަން ފަށައިފިއެވެ. ހިތްވެސް މިހާރު އޮތީ ފާޑަކަށް ފިނިވެފައެވެ. ހިތްވަރުކޮށްފައި ދޮރުގައި ޓަކި ޖަހާލިއެވެ. ޚަބަރެއް ނުވުމުން ބެލްއަށް ފިތާލީ އަވަސް ވެފައިވާ ހިތަކައިގެންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވައިފިއެވެ. އެއާއިއެކު ފުޅާ ހިނިތުންވުމެއްގައި ހުރި ޔަޝްމީގެ ދެތުންފަތް ލައްޕާލެވުނެވެ. އަދި ކުރިމަތީގައި ހުރި ނުދަންނަ އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުރެވުނީ ހައިރާންކަމާއެކުގައެވ...

ސިލްސިލާ ވާހަކަ: ޝިކާޔަތު (62)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (62)

ކުރީގެ އަދަދާއިގުޅޭ،  އޭނާއަށް އެނގެއެވެ. ހާރޫން އަދިވެސް އޭނާއަށް އިންތިޒާރު ކުރާނެއެވެ. ޔަޝްމީ އަންނާނެކަމަށް އުއްމީދު ކުރާނެއެވެ. އަދި ޔަޝްމީއަށް މަޢާފްވެސް ކުރާނެއެވެ. ލޯބިވެތި ހިނިތުންވުމެއްގައި ހުރެ، ޔަޝްމީ ދެލޯ ހުޅުވާލީ އުއްމީދުން ފުރިގެންނެވެ. އޭރު އޭނާގެ ހިތްވަނީ ހާރޫންއާ ދިމާލަށް ދަތުރު ކުރަން ފަށާފައެވެ. އުފަލުން ފޮޅެމުންނެވެ. އެހިނދު ރަކި ގޮަތަކަށް ޔަޝްމީއަށް ހީލެވުނީ ހާރޫންގާތަށް ދާން ބޭނުންވި ވަރުންނެވެ. އެއާއިއެކު ކުރިމަތިން ފެންނަން ހުރި ބޮޑު އިރުވެސް ނިވާވަމުންގޮސް ގެއްލުނީ، ޔަޝ...

ސިލްސިލާ ވާހަކަ: ޝިކާޔަތު (61)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (61)

ކުރީގެ އަދަދާއިގުޅޭ، ” އެކަމަކު ދަރިފުޅު އުޅެންވާނީ މިގޭގަ! މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިޔަކީ ތިއީކަން އެނގެއެއްނު.. އެހެންވީމަ ދަރިފުޅުމެން އުޅެންވާނީ މިގޭގައި! ބައްޕަވެސް ހިއެއްނުވެ އެހެންތަނަކަށް ފޮނުވާނެހެންނެއް!” ޒުނޭރާގެ ޖުމްލައިން ޒޫނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ޖާވިދް ދެކެމުންދާ ހުވަފެންތައް އެނގޭ ހިނދު، މަންމަމެންގެ ނިންމުމުން އޭނާގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ. ނަމަވެސް ޖާވިދް ބޭނުންވާ ގޮތް މަންމަގާތު ބުނާކަށްވެސް ޒޫނާއަކަށް ނުކެރުނެވެ. ” ބައްޕަ ޤަބޫލުތ...

ސިލްސިލާ ވާހަކަ: ޝިކާޔަތު (60)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (60)

ކުރީގެ އަދަދާއިގުޅޭ، ” ނާދެޔޭ! ސައި ހަދައިގެން އިނދެ އިނދެ މަންމަ ރުޅިގަދަވާތީ މިއައީ ބަލައި އެންމެ ފަހުން.. ކޮންތާކަށް އެ ދިޔައީ؟” ތައުފީޤް ވިސްނާލަމުން ބުންޏެވެ. އެއާއިއެކު ބާރުބާރަށް ވަދީފާ ގޮވާ އަޑު އިވި، ތައުފީޤާއި ޝަހާނާ ނިކުތެވެ. އޭރު ފުލުހުންގެ ޓީމެއް އެގޭދޮށުގައި ތިއްބެވެ. އެމީހުން ފެނި ތައުފީޤްގެ އިތުރުން ޝަހާނާގެ ހިތުގައިވެސް ހައިރާންކަން އުފެދިގެން ދިޔައެވެ. ” ޝަރީފް ކިޔާ މީހަކު މިގެއަށް އައި ޚަބަރު ލިބިގެން މިއައީ! ” ފުލުހަކު ކުރިއަށް […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (59)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (59)

ކުރީގެ އަދަދާއިގުޅޭ، ނިދީގެ ތެރެއިން ޔަޝްމީއަށް ދެލޯ ހުޅުވާލެވުނެވެ. އެއާއިއެކު ކުރިމަތީގައި ހުރި ސޯފާގައި އިން ހާރޫން އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ އިނީ ދެއަތް ޖޯޑުކޮށް، ދަތްދޮޅީގައި އަތް ވިއްދާލައިގެންނެވެ. ނަޒަރު ހުއްޓިފައިވަނީ ސީދާ ޔަޝްމީގެ މޫނަށެވެ. ޔަޝްމީވެސް އިރުކޮޅަކު ހާރޫންއަށް ބަލަހައްޓައިގެން އޮވެ، ތެދުވިއެވެ. އަދި އެނދުގައި އިށީނދެލުމަށްފަހު ފޯނުން ގަޑި ބަލައިލިއެވެ. އޭރު ގަޑިން ފަތިހު ފަހެއް ޖަހާ ބޮޑުވެއްޖެއެވެ. ” ނުނިދުނީތަ؟ ” ޔަޝްމީ އަހާލީ މަޑުމަޑުންނެވެ. ސޯފާގައި އިން ހާރޫން...

ސިލްސިލާ ވާހަކަ: ޝިކާޔަތު (58)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (58)

ކުރީގެ އަދަދާއިގުޅޭ، ” އަހަރެން ޖާވިދް ބޭނުން.. ޖާވީދް” ޝަހާނާ އަނެއްކާވެސް ބުނެލިއެވެ. އަތް ދަމައިގަންނަން ނުކެރި، ޖާވިދަށް ހުރެވުނީއެވެ. ވަގުތަކީ ދޮރާށި ހުޅުވާ، ޒޫނާވެސް ބޭރަށް ނިކުތް ވަގުތެވެ. ޒޫނާ ފެނުމާއެކު ޖާވިދަށް ތެޅިގަނެފައި ޝަހާނާގެ އަތުގެ ތެރެއިން އަތް ދަމައިގަނެވުނެވެ. އެއާއިއެކު ޝަހާނާއަށްވެސް ބަލައިލެވުނީ ޒޫނާގެ މޫނަށެވެ. އެއަށްފަހު އޭނާ ޒޫނާއަށް ކުރިމަތިލުމަށްފަހު ރުޅިވެރިކަމާއެކު ވާހަކަ ދައްކަން ފެށިއެވެ. ” ކިހިނެއް ވެގެން ތިއުޅެނީ؟ ޒޫނާ ކިތަންމެ ވަރަކަށް ތިއްތި ދެއްކިޔަސް ޖާވިދް...

ސިލްސިލާ ވާހަކަ: ޝިކާޔަތު (57)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (57)

ކުރީގެ އަދަދާއިގުޅޭ، ފައިގައި ޖެހުނު ގާބުރިއެއްވެސް، ބޯޅައެއްގައި ޖަހާ އުސޫލުން ބާރުބާރަށް ފައިން ޖަހާ ދުރަށް ހޫރާލީ ރުޅިވެރިކަމާއެކުއެވެ. ހިތަށް ޖަމާވަމުންދާ ޝަކުވާތައް ބޭރުކުރަން ބޭނުންވި ނަމަވެސް ދިރިއުޅުމުގެ ކަންތައްތައް މީހުންނާ  ހިއްސާކުރުމަކީ އޭނާ މާ ކުރާހިތްވާ ކަމެއް ނޫނެވެ. އެހެންކަމުން ޝަކުވާތައް ހިތުގައި ބޮނޑިކޮށްގެން ހުރެ އޭނާ ވެލިގަނޑުމަތީގައި އިށީނދެލީ ގެއަށް ދާން ބޭނުން ނުވެގެންނެވެ. *** އެނދުގައި ލެނގިލައިގެން މުށިތައްމަތީގައި ނިދިފައި އިން ޔަޝްމީއަށް ސިހިފައި ހޭލެވުނީ ކޮޓަރީގެ ދ...

ސިލްސިލާ ވާހަކަ: ޝިކާޔަތު (56)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (56)

ކުރީގެ އަދާއިގުޅޭ، ހާރޫން އަވަސް އަވަހަށް ބުނެލީ ޔަޝްމީއަށް އަޑު އިވޭ ވަރަށެވެ. އަވަސް އަވަހަށް ކައުންޓަރަށް ފައިސާ ދެއްކުމަށްފަހު ހާރޫން ނިކުތް އިރު ޔަޝްމީ ފެންނާކަށް ނެތެވެ. މަގުގެ ދެކޮޅު ބަލައިލުމަށްފަހު ހާރޫން އަވަސް އަވަހަށް ފޯނު ނަގައި ޔަޝްމީއަށް ގުޅާލިއެވެ. ނަމަވެސް އޭނާގެ ފޯނު އޮތީ ނިއްވާލާފައެވެ. ހާރޫން ކަންބޮޑުވީ އެހިސާބުންނެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދެއެވެ. ހާސް ހިތަކައިގެން ހާރޫން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ޔަޝްމީ ހޯދަން ދާނެ ތަނެއް […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (55)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (55)

ކުރީގެ އަދަދާއިގުޅޭ، ”  އަހަރެން ބޭނުން މި ދެމަފިރިންގެ ކިބައިން މަޢާފަށް އެދެން.. އެގޮތަށް އޮޅުވާލައިގެން އުޅުނީ މަޖުބޫރުވެގެން.. އަހަންނަކީ މިރަށު މީހެއް ނޫން. ވަންނާނެ ތަނެއް ނެތި ބިކަވެފައި މާލޭގައި އުޅެފައި މިރަށަށް އައީ ވަޒީފާއެއް ލިބޭތޯ! މިއީ ޑީޑީ އަހަންނަށް ދިން ވަޒީފާ! ނުކުޅެދޭ މީހަކަށް ވެގެން މީހުންގެ އަތުން ފައިސާވެސް ހޯދަން ޖެހޭ.. އޭނަ ބޭނުންވާ ވަރަށް ނުލިބެންޏާ އަހަންނަށް ވަރަށް އަނިޔާކުރޭ. ” އަސަރާއެކު އާމާލް ކިޔައިދިނެވެ. އާމާލްގެ ވާހަކަތަކުން ޔަޝްމީގެ […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (54)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (54)

ކުރީގެ އަދަދާއިގުޅޭ، ” ނިދަން އޮވެފައިވެސް، ބައެއްފަހަރު ޖެހޭނެ މުޙިއްމު ކަންތައްތަކަށް އިސްކަންދޭން” ޖާވިދްގެ ޖުމްލައިން ޒޫނާއަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ. އެއާއިއެކު ޖާވިދް ބޯ ޖަހާލަމުން ލޯމަރާލިއެވެ. ” އަހަރެން ނުބުނަނީސް، އަހަރެން ބަލައި އައީމަ ވަރަށް އުފާވެއްޖެ! ” ޒޫނާ މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު ޖާވިދް ހިނިތުންވަމުން މަގުމައްޗަށް ބަލައިލިއެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުންދެއެވެ. ކުޑައަޅައިގެން ހުރިނަމަވެސް އޭނާ މިހާރުވެސް ހުރީ ވަރަށް ބޮޑަށް ތެމިފައެވެ. އެހެންކަމުން ޒޫނާއަށް...