Skip to main content

ސަލާމާ ޢަބްދުލް ޢަލީމް

Contributor
🇲🇻 ތިލަދުން Desk
429 Stories
1,980 Reads

Published on ތިލަދުން (Thiladhun) by ސަލާމާ ޢަބްދުލް ޢަލީމް

ސިލްސިލާ ވާހަކަ: ޝިކާޔަތު (53)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (53)

ކުރީގެ އަދަދާއިގުޅޭ، ” ދެން އެގޮތަށް އަންނަ މީހުންނަށް އިޙްތިރާމް ކުރަންޖެހޭނެއެއްނު.. އޭނަ އެއައީ އަހަރެމެންގެ ޚިދުމަތުގައި.. ދެން އަނގައިން ނުބުނީމަ އޭނަވެސް ބުނާނެދޯ އަހަރެމެން ހާދަ ފޮންޏޭ! އަސްލު ބުނެބަލަ އަސަރު ކުރީތަ އަހަރެން އެހެން މީހަކާ އަނގައިން ބުނީމ،ަ” ހާރޫން ލާނެތް ގޮތަކަށް އެހެން ބުނުމަށްފަހު އަނެއްކާވެސް ތެދުވެގެން ޔަޝްމީއާ ދިމާލަށް ދިޔައެވެ. ” ދެން އެވާހަކަ ބާއްވާ! ހިނގާބަލަ އެއްޗެއް ކާލަންދާން..އަހަރެން ވަރަށް ބަނޑުހައި” ހާރޫން މަސައްކަތް ކުރަމުން ދިޔައީ ޔަޝްމީއަށް އުފާކޮށްދިނުމ...

ސިލްސިލާ ވާހަކަ: ޝިކާޔަތު (52)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (52)

ކުރީގެ އަދަދާއިގުޅޭ، ” ދެން ތިދައްކަނީ ކޮންކަހަލަ ވާހަކަތަކެއްތަ؟ އަހަރެމެން ދެމީހުންގެ ދެމެދަށް ތިންވަނަ މީހަކު ވައްދަން ނޫޅެއްޗޭ! އެވިސްނުން ވިސްނާހެން  އަހަންނަށް އެބަ ހީވޭ! ވަރަށް ސާފުކޮށް މި ބުނަނީ… ތިއީ ބޭކާރު ޚިޔާލެއް! އަހަރެން ބޭނުންވަނީ ޔަޝްމީ! ހަމައެކަނި ޔަޝްމީ! އަހަންނަށް އެވަރުން ހުރިހާ އުފަލެއް ލިބުނީ ކަމުގައި ބަލާ! ދެން އަހަރެންގާތު ތިކަމާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަން މަސައްކަތް ނުކުރައްޗޭ!” ހާރޫން ތަންކޮޅެއް ބާރަށް އެހެން ބުނެލުމަށްފަހު ޔަޝްމީގެ އަތުގައި ފިރުމާލިއެވެ. […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (51)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (51)

ކުރީގެ އަދަދާއިގުޅޭ، ” ނޫން! ބުނޭ! އަހަންނަށް ކިހިނެއްވީ؟ ކޮންކަމެއް މަށަށް ސިއްރުކުރަނީ؟” ޔަޝްމީ ހާރޫންގެ މޭގައި އަތްޖަހާ، ދުރަށް ޖައްސާލަމުން ތަންކޮޅެއް ބާރަށް އެހިއެވެ. އެއާއިއެކު ހާރޫން މަޑުމަޑުން އައިސް ޔަޝްމީގެ ދެކޮނޑުގައި ހިފައި އެދެލޮލަށް ބަލައިލީ ވަރަށް ފުން ނަޒަރަކުންނެވެ. ހާރޫން ޔަޝްމީގެ ދެކޮނޑަށް ބާރުބާރަށް ފިތާލަމުން ވާހަކަ ދައްކަން ފެށިއެވެ. ” ޔަޝްމީއަކަށް އެއްވެސް ކަމެއް ނުވެޔޭ! ޤަބޫލުކޮށްބަލަ! ލޭގެ ކޮންމެވެސް ޓެސްޓެއް ހަދަންދީފައިވީ! އޭގެ ނަތީޖާގެ ވާހަކަ މިދެއްކީ! ނަތީޖާ ލިބޭ […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (50)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (50)

ކުރީދުވަހުގެ އަދަދާއިގުޅޭ، ޑޮކްޓަރ ނަޞޭޙަތް ދެއްވުމުންވެސް ހާރޫންއަށް ޤަބޫލެއް ނުކުރެވުނެވެ. ” ޕްލީޒް.. އަޅުގަނޑުގެ އަންހެނުންނަށް ފަރުވާ ކުރަން މިހާރުން މިހާރަށް ފުރަން ބޭނުން.. އަޅުގަނޑު އަމިއްލަ ގޮތުން ޑޮކްޓަރުންނާ ނަރުހުންވެސް ހޯދާނަން.. ” ހާރޫން އެހެން ބުނި އިރު އޭނާއަށް ރޮވިއްޖެއެވެ. *** ” އަހަރެން ބޭނުން މާލެ ދާން! އެމަންޖެ އެހާ ބަލި އިރު އަހަރެން ބޭނުން ކައިރީގައި ހުންނަން” ރޮވިފައި ހުރެ ފާއިޒާ އެހެން ބުނުމުން ޝާކިރު ދެފަރާތަށް ބޯ ހޫރާލިއެވެ. އޭރު […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (49)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (49)

ކުރީގެ އަދަދާއިގުޅޭ، ” ނޫނޭ އަދި މާ އަވަސް.. މަހެއް ވީމަ ދައްކާނީ! ގޭގައިވެސް ޓެސްޓް ކޮށްލެވޭނެއެއްނު.. މިރޭ މާލެގޮސްވާނެދޯ ޓެސްޓްކޮށްލަން” ޔަޝްމީ އުފަލުން ހުރެ ބުންޏެވެ. *** ޖެހިގެން އައި ދުވަހެވެ. ލޯންޗް ޖެޓީއާ ކައިރިކޮށްލުމާއެކު ޖާވިދް އަވަސް އަވަހަށް ޖެޓީއަށް ފުންމާލިއެވެ. އޭރު ބަލި ގޮތަކަށް އައިސް ޝަހާނާވެސް ހުރީ ފައިބަން ތައްޔާރުވެގެންނެވެ. އޭނާއާ ނުހަނު ގާތުގައި މަންމަ ވަދީފާވެސް ހުއްޓެވެ. އެހެންކަމުން އެހީތެރިވެނުދީ މޫނު އަނބުރާ، ދާކަށް ޖާވިދަކަށް ނުކެރުނެވެ. އޭނާ ޝަހާނާއާ […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (48)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (48)

ކުރީގެ އަދަދާއިގުޅޭ، ” ޕްރޮސީޖަރއަށްފަހު އެއްދުވަސް ފަހުން ދޫކޮށްލެވޭނީ… މިވަގުތު ޝަހާނާއަށް އަޅާލުމާއި ލޯބި ވަރަށް މުޙިއްމުވާނެ.. ނަފްސާނީގޮތުން ދެމީހުންވެސް ވަރަށް ބަލިކަށިވާނެކަން އެނގޭ..” ހިތްހެޔޮކަމާއެކު ޑޮކްޓަރ ވާހަކަ ދައްކާ ނިންމާލުމާއެކު ނަރުސްކުއްޖާ ޖާވިދު ގާތު އޭނާއާއެކު ދިޔުމަށް އެދުނެވެ. އޭރު ޖާވިދްގެ ގައިންވަނީ ހަކަތަ ހުސްވެފައެވެ. *** މާލެ އައިގޮތަށް އެންމެ ފުރަތަމަވެސް ހާރޫން ، ޔަޝްމީ ގޮވައިގެން ދިޔައީ އޭނާގެ ބައްޕަގެ ގާތަށެވެ. ބައްޕަ ދެކިލުމަށްފަހު އެނބުރި ގެއަށް އައީ ވެފަައިވާ ވ...

ސިލްސިލާ ވާހަކަ: ޝިކާޔަތު (47)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (47)

ކުރީގެ އަދަދާއިގުޅޭ، ” އަހަރެން ކިޔަވައިގެން ވަޒީފާއަށް ދާންވީތަ؟” ޔަޝްމީގެ ސުވާލުން ހާރޫން އިސްޖަހާލިއެވެ. އެވަގުތު ލިފްޓްގެ ދޮރުވެސް ހުޅުވިއްޖެއެވެ. އެހެންކަމުން ޔަޝްމީގެ ސުވާލަށް ޖަވާބެއް ނުދީ ހާރޫން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ފަހަތުން ޔަޝްމީވެސް ދިޔައީ އަވަސް ފިޔަވަޅު ތަކެއްގައެވެ. ” ވަރަށް ވަރުބަލިދޯ” ސޯފާގޮނޑިމަތީގައި ކޮތަޅުތައް ބަހައްޓަމުން ހާރޫން ވާހަކަ ދެއްކީ ވަރުބަލިކަމާއެކުއެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ދިނުމެއްނެތި ޔަޝްމީ ބޭނުންވީ މީގެ ކުޑަ އިރުކޮޅެއް ކުރިން ހާރޫން...

ސިލްސިލާ ވާހަކަ: ޝިކާޔަތު (46)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (46)

ކުރީގެ އަދަދާއިގުޅޭ، ހިތަށް ވެރިވެފައިވާ ބިރުވެރިކަމާއިއެކު ބާރުބާރަށް ގޮސް ދޮރު ހުޅުވާލުމާއެކު ޔަޝްމީއަށް ފެނުނު މަންޒަރުން ދެކަންފަތުގައި އަތް އަޅައި ބާރަށް ހަޅޭއްލަވައި ގަނެވުނީ ރޮއިގަންނަމުންނެވެ. ” ޔަޝްމީ! އޭ! ޔަޝް…މީ ކިހިނެއްވީތަ ލޯބި؟” ޔަޝްމީގެ ގައިގައި ބާރަށް ހާރޫން ބައްދައިގަތެވެ. އަދި މަޑުމަޑުން ޔަޝްމީގެ ބޮލުގައި ފިރުމަމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ” ކިހިނެއްވީތަ؟ ހުވަފެނެއް ފެނުނީތަ؟” އޭރުވެސް ޔަޝްމީ ކޮންމެވެސް ވަރަކަށް ގިސްލާކަން ހާރޫންއަށް އެނގުނެވެ. އެހެންކަމުން އޭނާ...

ސިލްސިލާ ވާހަކަ: ޝިކާޔަތު (45)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (45)

ކުރީގެ އަދަދާއިގުޅޭ، ” ގަނެގެން މިއައީ.. ކާކު އަހަރެމެންނަށް އެއްޗެއް ދޭނީ؟” ބާރުބާރަށް އެހެން ބުނުމަށްފަހު ވަދީފާ އަނެއްކާވެސް ބޭރަށް ނިކުތެވެ. މަންމަގެ އަސަރުގަދަ ޖުމްލައިން ޝަހާނާއަށް އިސްޖަހާލެވުނެވެ. އިންތިހާއަށް އޭނާ ދެރަވިއެވެ. ރަށުމީހުން އެމީހުން ބާކީކޮށްލިކަން އަމިއްލައަށްވެސް އޭނާއަށް އިޙްސާސްކުރެވުނެވެ. *** ފެންވަރައިގެން ހާރޫން ނިކުތް އިރު ލޯގަނޑު ކުރިމަތީގައި ޔަޝްމީ ހުރީ ރީތިވާށެވެ. ޔަޝްމީ ފެނުމާއިއެކު ހާރޫންގެ ޝައުޤުވެރިކަން އެދިމާލަށް ދަމައިގަތެވެ. ހުދުކުލައިގެ ކުރު ސޯޓަކާއި ކުރުތ...

ސިލްސިލާ ވާހަކަ: ޝިކާޔަތު (44)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (44)

ކުރީގެ އަދަދާއިގުޅޭ، ” ދެން ހާރޫން.. އަހަންނަށް މަލާމަތްކުރަނީދޯ” މޫނު ހަދާލަމުން ޔަޝްމީ ބުންޏެވެ. އެއާއިއެކު ހާރޫން ޔަޝްމީގެ ގައިގައި ހިފައި އޭނާއާ ގާތްކޮށްލަމުން ބޯ ހޫރާލިއެވެ. އެވަގުތު ދާދި ގާތުން މީހަކު ކަރުކެހިލުމުން ހާރޫންގެ އިތުރުން ޔަޝްމީއަށްވެސް ބަލައިލެވުނީ އެކުއެކީގައެވެ. އެއާއިއެކު އަވަސް އަވަހަށް ހާރޫން ކޮޅަށް ތެދުވީ ހެވިފައި ހުރެއެވެ. ” ނައީމް؟” ހާރޫން އަވަސް އަވަހަށް ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. އެއާއިއެކު ނައީމްވެސް ހެވިފައި ހުރެ ހާރޫންއާ ސަލާމްކޮށްލިއެވެ. އެވަގުތު ހާރޫން...

ސިލްސިލާ ވާހަކަ: ޝިކާޔަތު (43)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (43)

ކުރީގެ އަދަދާއިގުޅޭ، ” ދުވަހަކުވެސް އެކަމެއް ދެން ނުވާނެ! އެކަމަކު އަހަރެންގެ ދަރިޔަކަށް އަހަރެންގެ ލޯބި ލިބޭނެ…” ދޮރުމަތީގައި ހުރި ޖާވިދް ބާރުބާރަށް ބުނެލިއެވެ. އެއާއިއެކު އާބިދާ ކޮންމެވެސް ވަރަަކަށް ޖެހިލުންވިއެވެ. ” އަސްލު މަޢާފް ދެވޭ ވަރަށްވުރެ ނުބައި ކަމެއް އޭނާ އެކުރީ..އަހަރެމެންވެސް އާބާދު މި ދައްކަނީ އެވާހަކަ.. ” އާބިދާ ޖާވިދަށް ބާރު ދިނުމުގެ ގޮތުން ބުންޏެވެ. ނަމަވެސް ޖާވިދު އިތުރަށް އެއްޗެެއް ނުބުނެ އެނބުރި ދާން ހިނގައިގަތެވެ. ” ދަރިފުޅު އެއްޗެއް ކާން […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (42)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (42)

ކުރީގެ އަދަދާއިގުޅޭ، ” އަހަރެން ރުހިގެން ހުންނާނެތަ؟ އަހަރެން ވަރަށް އެއްޗެހި ގޮވިން އޭނައަށް.. އޭނަ ފަހުން ކިޔަމުން ދިޔައީ އޭނަ ލައިކްވާ ވާހަކަ.. ކިހިނެއްތަ އަހަންނަށް ބުނަން ކެރޭނީ ބައެއްގެ ދިރިއުޅުން ރޫޅިދާނެތީވެސް.. އެކަމަކު އަހަންނަށް ޔަޤީން އަހަރެންގެ ދިރިއުޅުން ރޫޅިގެން ނުދާނެކަން.” ޔަޝްމީ ގެނެސް މޭގައި ޖައްސާލަމުން ހާރޫން ބުނެލިއެވެ. އެއާއިއެކު ޔަޝްމީ ބާރުބާރަށް ދުރަށް ޖެހިލިއެވެ. އޭރު ޔަޝްމީގެ މޫނުމަތީގައިވަނީ ހިތާމައިގެ އަސަރުތަކެވެ. އެހެންކަމުން ހާރޫންގެ ހިތް ވަރަށް ބޮޑަށް ނުތަނަވަސްވ...

ސިލްސިލާ ވާހަކަ: ޝިކާޔަތު (41)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (41)

ކުރީގެ އަދަދާއިގުޅޭ، ” ޔެސް! އެހެންވީމަ ބަރލީއަށް ދާން ރެޑީތަ؟ ” ޔަޝްމީ އަވަސް އަވަހަށް ބޯ ޖަހާލުމާއިއެކު ލިފްޓްގެ ދޮރު ހުޅުވުނެވެ. އެއާއިއެކު އެމީހުންގެ އެޕާރޓްމަންޓް ދޮރުމަތީގައި މުސްކުޅިފުރާ އަންހެނަކު ހުރިތަން ފެނި، ދެމީހުންނަށްވެސް ލިބުނީ ހައިރާންކަމެވެ. ހާރޫންގެ ފަހަތުން އަވަސް އަވަހަށް ޔަޝްމީ ނިކުތެވެ. އެއާއިއެކު އެ އަންހެން މީހާ އެނބުރި ހާރޫންގެ މޫނަށް ބަލައިލީ ހިނިތުންވަމުންނެވެ. އެއަށްފަހު ހާރޫންއާ ދާދި އެއްހަމައެއްގައި ހުއްޓި ހުރި ޔަޝްމީއާ ދިމާލަށް ނުދަންނަ ނަޒަރަކުން ބަލަން ފެށިއެވެ....

ސިލްސިލާ ވާހަކަ: ޝިކާޔަތު (40)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (40)

ކުރީގެ އަދަދާއިގުޅޭ، އެއަޑަށް  އަނިދިރިކޮށްފައި އޮތް ސިޓިންގރޫމް މެދުގައި ހުރި ޝަހާނާ، ފަޔަށް ބާރުލައިފައި ގޮސް އޭނާގެ ކޮޓަރި ތެރެއަށް ދެމިގަތެވެ. ދޮރު ތަޅުލުމަށްފަހު އަތުގައި އޮތް ހާރޫންގެ ބޫޓަށް އޭނާއަށް ބަލައިލެވުނީ ވިހަ ހިނިތުން ވުމެއްގައި ހުރެއެވެ. އެނދުމަތީގައި އިށީނދެ ޝަހާނާ ހަމަޖެހިލިއެވެ. އަދި ރަބީޢު ފޮނުވާފައި އޮތް މެސެޖް ކިޔަން ފެށިއެވެ. ” ކިޔަވަމުން ދާއިރު ފަހަރެއްގައި އުނދަގޫތަކެއް ކުރިމަތި ވެދާނެ! އެއްވެސް ވަރަކަށް ޖެހިލުން ނުވާތި! ” އެންމެ ފަހު ރޮނގު ކިޔާލުމާއެކު […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (39)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (39)

ކުރީގެ އަދަދާއިގުޅޭ، ” ޕްލީޒް.. އަހަންނާމެދު ތިހެން ނުދެކިބަލަ! ޝަހާނާއާމެދު އެފަދަ އެއްވެސް ޝައުޤުވެރިކަމެއް ނެތޭ! ޕްލީޒް ތިހެން ވާހަކަ ނުދައްކާ! ” ސިއްރުސިއްރުން ހާރޫން އެހެން ބުނެ ތެދުވިއެވެ. އަދި މަޑުކުރުމެއް ނެތި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެމަންޒަރު ބަލަން ޝަހާނާ އިނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ” ކިހާ ދުވަހަކު ތިހެން އުޅެވޭތޯ ބަލާނަން” ޝަހާނާއަށް ބުނެވުނެވެ. *** ރީތިވެލައިގެން ކޮޓަރިން ނިކުތް ޝަހާނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ސޯފާގައި ތިބި ޔަޝްމީއާ […]