Skip to main content

ސަލާމާ ޢަބްދުލް ޢަލީމް

Contributor
🇲🇻 ތިލަދުން Desk
426 Stories
50 Reads

Published on ތިލަދުން (Thiladhun) by ސަލާމާ ޢަބްދުލް ޢަލީމް

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (34)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (34)

25 އޮކްޓޯބަރުގެ އަދަދާއި ގުޅޭ: އެއާއެކު، އަވަސް ނޭވާތަކެއް ދޫކުރަމުން ދިޔަ ސާދުނާ އަވަސް އަވަހަށް މޭޒުކައިރީ އިށީނެވެ. ފެންޑާގެ އެއްފަރާތެއްގައި މަޑުކޮއްލައިގެން ހުރި ލީނާއަށް އެ ދެ މީހުން ދެއްކި ހުރިހާ ވާހަކައެއް ސާފުކޮށް އިވުނެވެ. އޭރު އޭނާގެ މޭ ވެސް ނެގިނެގިފައި ޖެހެމުންދެއެވެ. މަސްލަޙަތު ވަރަށް ގޯސްވެއްޖެކަން އޭނާއަށް އެނގުނެވެ. މަންމަގެ އެ ނުބައި ޢަމަލުތައް ކުށްވެރި ކުރެވުނު ނަމަވެސް އޭނާއަކަށް މަންމަދެކެ ރުޅިއެއް ނާދެވުނެވެ. ރަށު މީހުންގެ މަލާމާތާއި ރުޅިވެރިކަން މަންމައަށް ރައްދުވާނެކަން [...

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (33)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (33)

14 އޮކްޓޯބަރުގެ އަދަދާއި ގުޅޭ: “ބައްޕަ އެ ގުޅުން ބާއްވަނީ ކާކާކަން އަހަންނަށް އެނގިއްޖެ.” މާޒިން ބުންޏެވެ. ސުވޭދާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ދެލޯ ބޮޑުވެ، މުޅި މީހާ ގަނޑުވި ކަހަލައެވެ. އެތައް ދުވަހަކު އޭނާ ހޯދަން އުޅުނު ހަގީގަތުގެ ދޮރު، ދަރިފުޅުގެ މި ޖުމްލައާއެކު ހުޅުވިގެން ދިޔަ ކަހަލައެވެ. މާޒިންގެ މޫނަށް ބަލަހައްޓައިގެން މާ ގިނަ އިރަކު ސުވޭދާއަކަށް ނީނދެވުނެވެ. އޭނާ މަޑުމަޑުން ތެދުވުމާއެކު މާޒިން މޫނު އުފުލައިގެން އިނދެ މަންމަގެ މޫނަށް […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (32)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (32)

އޮކްޓޯބަރު 11 ވަނަ ދުވަހުގެ އަދަދާއި ގުޅޭ: ” ސިއްރު ނުކޮށް ބުނި ނަމަ، އަހަރެމެން އެންމެން އެކުގައި އެ ކަން ހުއްޓުވުނީސް. އެކަމަކު އަހަންނަށް ހީވަނީ މިހާރު މާ ލަސްވެއްޖެހެން.” މާޔާ އެހެން ބުނެ ފޯނު ކަނޑާލިއެވެ. އެއާއެކު ލީނާ އަނެއްކާ ވެސް މާޔާއަށް ގުޅަން ފެށިއެވެ. ނަމަވެސް ލީނާގެ ކޯލަށް މާޔާ ޖަވާބު ދޭ ހިތް ނުވެގެން ފޯނު އޮފްކޮއްލިއެވެ. ވިސްނުންތަކުން މާޔާގެ ސިކުނޑިއަށް ބަރުވަމުން ދިޔައެވެ. ހިފެހެއްޓުމެއްނެތި ލޮލުން ދިޔައީ ކަރުނަ އޮހޮރެމުންނެވެ. […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (31)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (31)

7 އޮކްޓޯބަރުގެ އަދަދާއި ގުޅޭ: އޭރު ވެސް އާއިޒް ހުރީ ހިތާމައިން ފުރިގެންވާ ނަޒަރަކުން މާޔާގެ މޫނަށް ބަލަހައްޓައިގެންނެވެ. އާއިޒްގެ މޫނުމަތިން ފެންނަމުން ދާ ފުން ރިހުމުން ކެތް ނުވެގެން މާޔާއަށް ބާރުބާރަށް އާއިޒްގެ މެދުހަށީގައި ބައްދައިގައިގަނެވުނެވެ. ނަމަވެސް އާއިޒްގެ އަތް ދޫކޮށްލެވިފައި އޮތީ ތިރިއަށެވެ. މާޔާގެ ހަށިގަނޑުގައި ބީހިލުމުގެ ހިތްވަރެއް ނެތް ފަދައިން އޭނާ ހުރީ ގަނޑުވެފައެވެ. ” އަހަންނަށް އެނގެޔޭ އާއިޒް މި ގަޑީގައި ވަރަށް ދެރަވެފައިކަން ތި ހުރީ. ޕްލީޒް ތިހެން ނަހަދާ.” […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (30)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (30)

ޖަނާޒާގެ ކަންކަން ނިމުމާއެކު އާއިޒާއެކު މާޔާ އެ ގެއަށް ދިޔައެވެ. ގެއަށް ވަނުމާއެކު އާއިޒްގެ ލޮލުގައި އަޅައިގަތީ މަންމަ ތާއަބަދު އިންނަ ސޯފާއެވެ. އަނެއްކާ ވެސް އޭނާއަށް ރޮވުނެވެ. އެ މަންޒަރު ފެނި، އާއިޒްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން ހުރި މާޔާގެ ހިތަށް ވަރަށް އަސަރު ކުރުވިއެވެ. އާއިޒްގެ ބުރަކަށީގައި ފަހަތުން ހިފަހައްޓާލަމުން މާޔާ އޭނާ ގޮވައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތް އިރު ވެސް، އާއިޒަށް ބަލަހައްޓައިގެން ހުރެވުނީ ސޯފާއާ ދިމާލަށެވެ. ކޮޓަރިއަށް ވަދެވުމާއެކު އެތެރެއަށް ހިފަހައްޓ...

އެއް އުނގަކުން ތަޢުލީމީ ދާއިރާއަށް ތިން މުދައްރިސުން, މިއީ އެ ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކަ
Thiladhunmathi News

އެއް އުނގަކުން ތަޢުލީމީ ދާއިރާއަށް ތިން މުދައްރިސުން, މިއީ އެ ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކަ

ކޮންމެ މުދައްރިސެއްގެ ފަހަތުގައި އެ މީހަކަށް ހެޔޮ ތަރުބިއްޔަތު ދިން މައިވަންތަކަމުގެ ލޯތްބާއި ހިތްވަރު ވާނެކަން ޔަޤީނެވެ. މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހު މި ގެނެސްދެނީ، މުޖުތަމައު ބިނާކުރާ އެންމެ މުހިންމު އެއް ޚިދުމަތަށް، އެއް ފުރާޅެއްގެ ދަށުން، ތިން ދަރިން ހަދިޔާކުރި ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކައެވެ. މުޅި ޤައުމުގެ މުސްތަޤުބަލު އުޖާލާކުރަން މަސައްކަތްކުރާ ތިން މުދައްރިސުންގެ ހިޔާވަހިކަމަކީ އެ މަންމަގެ އުނގެވެ. ހދ. ނޭކުރެންދޫ މަހުމާގޭ ފާޠިމަތު ޚާލިދާއަކީ ތިން މުދައްރިސުންގެ މަންމ...

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (29)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (29)

ސެޕްޓެމްބަރު 30 އަދަދާއި ގުޅޭ: އާއިޒް މާޔާއަށް ގޮވަމުން ބާރަށް ހިނގައިގަތް ނަމަވެސް،  އޭނާއަށް އެ ހިސާބަށް ދެވުމުގެ ކުރިން މާޔާ ކާރަށް އަރައި ދޮރު ޖަހައިފިއެވެ. ކާރު ދުއްވާލި ވަގުތު، ކާރުގެ ބިއްލޫރިގަނޑުން މާޔާގެ ރޮވިފައިވާ މޫނު ފެނި، އާއިޒް ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. ދެން އާއިޒް އަވަސްވެގަތީ މާޔާއަށް ގުޅައިގެން ވާހަކަ ދެއްކުމަށެވެ. ބާރުދުވެލީގައި ދިޔަ ކާރާ ދިމާލަށް ބަލަހައްޓައިގެން ހުރެ، އޭނާ މާޔާއަށް ގުޅަމުން ދިޔައީ ހާސްހިތަކައިގެންނެވެ. ނަމަވެސް މާޔާ ފޯނެއް ނުނެގިއެވެ. […]

ސެންޓްރަލް ޕާކު ފުރައިލި ދަސްވެނިން: ހިނިތުންވުންތަކުގެ ފަހަތުގައި އެތައް ޤުރުބާނީއެއް!
Column

ސެންޓްރަލް ޕާކު ފުރައިލި ދަސްވެނިން: ހިނިތުންވުންތަކުގެ ފަހަތުގައި އެތައް ޤުރުބާނީއެއް!

ހަވީރުގެ ހިތްގައިމު ވަގުތުގައި ހުޅުމާލޭ ސެންޓްރަލް ޕާކަށް ވަދެގެން ދިޔައިރު، މުޅި މާޙައުލު އޮތީ އާދަޔާ ޚިލާފު ދިރުމަކުން ފުރިފައެވެ. ފެހި ވިނަގަނޑާއި ބޮޑެތި ގަސްތަކުގެ ހިޔަލުގައި، ކަޅުކުލައިގެ ގްރެޖުއޭޝަން ގައުންތަކުގައި ތިބި ދަސްވެނިންގެ ހިނިތުންވުންތަކުން، ހީވަނީ އުފާވެރި ޕާޓީއެއް ކުރިއަށް ދާހެންނެވެ. ހަމައެއާއެކު، އެ އުފާވެރި ވަގުތުކޮޅު، ކެމެރާމަނުން، އެ މީހުންގެ ކެމެރާތަކުގެ ލެންސުތަކުގައި އެ އުފާވެރިކަން ރައްކާކުރުމުގައި އަވަދިނެތި އުޅުނެވެ. އެ މާޙައުލުން އޭރު ފެންނަމުން ދިޔައީ، ގްރެޖުއޭޝަނ...

ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް ގޮނޑުދޮށުގެ ޤުރުރަތީ ދިރުންތައް ދަސްކޮށްދިނުމުގެ ހަރަކާތެއް
Thiladhunmathi News

ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް ގޮނޑުދޮށުގެ ޤުރުރަތީ ދިރުންތައް ދަސްކޮށްދިނުމުގެ ހަރަކާތެއް

ށ. ފުނަދޫ ސްކޫލުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން، އެ ރަށުގެ ގޮނޑުދޮށާއި ފަޅުތެރޭގައިވާ ޤުދުރަތީ ދިރުންތައް ތަޖުރިބާކޮށް، ދަސްކުރުމުގެ ޝައުޤުވެރި ޙަރަކާތެއް (ޓައިޑް-ޕޫލް އެކްސްޕްލޮރޭޝަން) ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ  މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ، “ކެޓަނެޓް” ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. ކެޓަނެޓް ޕްރޮޖެކްޓަކީ، ރާއްޖޭގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވ...

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (28)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (28)

27 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ: ” ދާ ތަނަކަށް މަންމަ ވެސް ގެންދައްޗޭ. ” ޖަމީލާގެ ޖުމްލައިން މާޔާގެ އިތުރުން އާއިޒް ވެސް ދިޔައީ ސިހިގެންނެވެ. ކައިވެންޏަށްފަހު ދެމަފިރިން އެކަނި ދާ ހަނީމޫން ދަތުރުގައި ބައިވެރިވާން މަންމަ އެދިދާނެ ކަމަކަށް، ފަހަރެއްގައި ވެސް އާއިޒް ހިތަކަށް ނާރައެވެ. ” މަންމަގެ ރައްޓެހިން ވަރަށް ގިނައިން ދާނެ އެ މީހުންގެ ދަރިންނާއެކު ތަންތަނަށް. ދަތުރު ވެސް ދާނެ. ޗުއްޓީތަކުގައި ބޭރު ޤައުމުތަކަށް ވެސް ދާނެ. އޭރު ވެސް މަންމަ […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (27)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (27)

22 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ: ” އެކަމަކު އަހަރެން ކައިރީ އަހައިވެސް ނުލާ، ތިވަރުގެ ބޮޑު ނިންމުމެއް ކީއްވެ ތި ނިންމީ؟” މާޔާ ސުވާލުކުރީ ވަރަށް ރުޅި ގަދަވެގެންނެވެ. ޙަޤީޤަތުގައި އާއިޒަށް އެ ގުޅުނީ އެންމެ ނުބައި ވަގުތެވެ. މާޔާގެ ހިތާއި ސިކުނޑިއަށް ކުރަމުންދާ އަސަރުތައް ޚުދު މާޔާއަށް ވެސް ކޮންޓްރޯލް ނުކުރެވެއެވެ. ” މަންމަ އެ ގޮތް ބޭނުންވާތީ، މާޔާ ވެސް ހުރީ އެ ރޭ ހިޔާލު ބަދަލުވެފައެއްނު. އަދި މިއަދު ވެސް ބުނީމެއްނު ކައިވެނި […]

ހަތަރުބެއިންނާއި ބައްޕަ އެއް ޓީމަކުން: މަކުނުދޫން ފެނުނު ތާރީޚީ ކާމިޔާބީއެއް
Thiladhunmathi News

ހަތަރުބެއިންނާއި ބައްޕަ އެއް ޓީމަކުން: މަކުނުދޫން ފެނުނު ތާރީޚީ ކާމިޔާބީއެއް

ފުޓްސަލް ކޯޓުގެ ދެ ފަރާތުގައި ތިބެގެން އަޑުގެ ކޮޅަށް ސަޕޯޓަރުން ހަޅޭއްލަވަމުން ދިޔައިރު، ދަނޑުމަތިން ފެންނަނީ ހަމައެކަނި ޓީމެއްގެ ކުޅުމެއް ނޫނެވެ. ލެއިން ގުޅިފައިވާ އެއް އާއިލާއެއްގެ ހިތްވަރާއި ލޯތްބެވެ. އެއްބަނޑު އެއްބަފާ ތިން ބެއިން ބޯޅައަށް ފައިވިއްދައިގެން ތިބި އިރު، ޓީމު މެނޭޖު ކުރުމުގެ އެންމެ ބުރަ ޒިންމާ ނަގައިގެން ހުރީ، އެއްބަނޑު އެއްބަފާ އެންމެ ދޮށީ ބޭބެއެވެ. ޒަޚަމްވާ ކޮންމެ ފަހަރަކު ފަރުވާގެ ކިޓު ހިފައިގެން ދުވެފައި ދާން ހުރީ އެ ކުދިންގެ އޯގާތެރި […]

ހެޔޮވަރު ގަމީހެއް ނުލިބުނު، މަލާމާތް ވީ ހިތްވަރަކަށް، 3 މަހުން 34 ކިލޯ ލުއިކޮށްލި ފާޔިދުގެ ދަތުރު
Thiladhunmathi News

ހެޔޮވަރު ގަމީހެއް ނުލިބުނު، މަލާމާތް ވީ ހިތްވަރަކަށް، 3 މަހުން 34 ކިލޯ ލުއިކޮށްލި ފާޔިދުގެ ދަތުރު

މުޅި އުމުރަށް ދިރިއުޅުން ބަދަލުކޮއްލާފަދަ ނިންމުމެއް ނިންމަން ވިސްނެނީ، ހީވެސް ނުކުރާފަދަ އާދައިގެ ކަމަކާ ކުރިމަތިލާންޖެހޭ ވަގުތެވެ. އެފަދަ ވަގުތުތަކުގައި، ކުޑަހިނދުކޮޅެއްގެ އިޙްސާސަކުން ހިތުގައި އުފެދޭ ޢަޒުމް ވަރުގަދަވެގެންދެއެވެ. ހދ. މަކުނުދޫ އަނބުހަރީގޭ ފާޔިދު ފައުޒީގެ ބަރުދަން ލުއި ކުރުމުގެ އުނދަގޫ ދަތުރުގެ ފެށުމަކީ ވެސް އެފަދަ ކުޑަ ވަގުތުކޮޅެކެވެ. ގާތް ރަޙްމަތްތެރިއެއްގެ ކައިވެނީގެ ޙަފްލާއަކަށް ގަމީސް ގަންނަން  ރައްޓެހިންނާއެކު އޭނާ، އެރޭ ފިހާރައަށް ދިޔައީ ވަރަށް ފޮނި އުއްމީދާއެކުއެވެ. ރާވާ...

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (26)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (26)

20 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ: ” އާނ.. ޖައްސާލަން ބޭނުމީ.” މާޔާ ބުންޏެވެ. ” އޯކޭ އެހެންވިއްޔާ. ” އާއިޒް ބުންޏެވެ. މާޔާގެ ހިތަށް ތަދުވިއެވެ. ކައިވެނި ލަސްކުރަން ބޭނުންވިކަމަށް ބުނުމުން ވެސް އާއިޒް އެކަމާ ސުވާލެއް ނުކުރީމައެވެ. އެހާ ފަސޭހައިން އޭނާ ދިޔަދޭތީއެވެ. ނަމަވެސް އޭނާ ބޭނުންވީ ޝަކުވާ ނުކޮށް ގެއަށް ދާށެވެ. ކާރެއް ހުއްޓުވައިގެން އެއާ ދިމާލަށް ދިޔަ އިރު ވެސް އާއިޒް އެ ހުރިތާ ހުއްޓެވެ. މާޔާ ކާރަށް އެރުމާއެކު އާއިޒް ވެސް […]

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (25)
Column

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (25)

16 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ: ” ބައްޕައޭ؟” ފިރާޝާއަށް ސުވާލު ކުރެވުނެވެ. ” ދެން އަވަސްކޮއްބަލަ.” މާޒިން ތަންކޮޅެއް ބާރަށް އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެެވެ. ގެއަށް ނުގޮސް މާޒިން ކުޑައިރުކޮޅަކު މަޑުކޮއްލީ ފިރާޝާގެ ފޯނުކޯލް ލިބެންދެނެވެ. އޭރު ވެސް އޭނާގެ ހިތް ވަރަށް ބާރަށް ތެޅެމުން ދެއެވެ. ރޭގަނޑުގެ ހިމޭންކަމުގެ ސަބަބުން އޭނާގެ ހިތަށް ލިބުނު ހަމަޖެހުން މިހާރު ގެއްލިއްޖެއެވެ. އަތުގައި އޮތް ފޯނުގެ ސްކްރީނަށް ކަޅިޖަހައި ނުލައި ބަލަހައްޓައިގެން ހުރި އިރު، އޭނާއަށް އިވެނީ އޭނާގެ […]