ހަމަލާދީފިނަމަ އީރާނުގެ އާ އަމާޒަކަށް އޭއައި އާއި ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް
- އެމެރިކާއާއި އިޒްރޭލުން އަލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ
- އެ ދެ ގައުމުގެ މެދުއިރުމަތީގެ ބައިވެރިންގެ ސަރަހައްދީ ޑޭޓާ ސެންޓަރުތަކާއި
އެމެރިކާގައި ބަހައްޓާފައިވާ އިރާގުގެ ބޭރު ފައިސާގެ ރިޒާވުން ކުރިއަށް އޮތް މުއްދަތުގައި ތިން ބިލިއަން ޑޮލަރުގެ ނަގުދު ފައިސާ އިރާގަށް ފޮނުވުމަށް އެމެރިކާއިން ނިންމާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ. މި ފައިސާ އެ ގައުމަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ވިދިވިދިގެން ހަ ފަހަރެއްގެ މަތިން، ކޮންމެ ފަހަރަކު 500 މިލިއަން ޑޮލަރެވެ. އެމެރިކާގެ ފެޑެރަލް ރިޒާވުން އިރާގުގެ މަރުކަޒީ ބޭންކަށް ފޮނުވާ މި ފައިސާއަކީ އެމެރިކާ ސަރުކާރުން އެ ގައުމަށް ދޭ މާލީ އެހީއެއް ނުވަތަ […]
އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީ (ކަނޑުގެ ސިފައިން) އާއި ރޯޔަލް އެއާފޯސް (ވައިގެ ސިފައިން) އަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް އީރާނުން ރަސްމީކޮށް ކަނޑައަޅައި، އިނގިރޭސި ޖާސޫސީ އިދާރާ އެމްއައި6 އަކީ “ދުޝްމަން ގްރޫޕެއް” ގެ ގޮތުގައި ބްލެކްލިސްޓް ކޮށްފިއެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން މި ނިންމުން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީ ކަމަށްވާ އިރްނާ (އިރްނާ) މެދުވެރިކޮށް އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މި ފިޔަވަޅަކީ އިނގިރޭސިވި...
ފިލިޕީންސްގެ ދެކުނުގައި އޮންނަ މުސްލިމް މިންޑަނާއޯގެ ބަންގްސަމޯރޯ އޮޓޮނޮމަސް ރީޖަން (ބާމް) ގެ އިންތިޚާބީ ފުރަތަމަ ސަރުކާރުގެ ޗީފް މިނިސްޓަރަކަށް، ކުރީގެ ހަނގުރާމަވެރި ކޮމާންޑަރު އަބްދުއްރައޫފް “ސެމީ ގެމްބާ” މަކަކުއާ ތާރީޚީ ވޯޓަކުން އިންތިޚާބުކޮށްފިއެވެ. ކޮޓަބާޓޯ ސިޓީގައި 30 އޮކްޓޫބަރު 2026 ގައި ކުރިއަށްދިޔަ މި ވޯޓުގައި އޭނާ މި މަގާމު ކާމިޔާބު ކުރެއްވީ އެތައް އަހަރެއްގެ ދިގު ހަމަނުޖެހުންތަކަކަށް ފަހުގައެވެ. ޖުމްލަ 80 ގޮނޑި ހިމެނޭ ބަންގްސަމޯރޯ ޕާލިމަންޓުގައި ނެގި މި ވޯޓުގައި، މަކަކުއާ ވަނީ […]
އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތަކުގައި ބޮޑު ކުރިއެރުމެއް ލިބި، ދެ ފަރާތުގެ ދެމެދުގައި އިބްތިދާއީ ފިޔަވަޅުތަކަކަށް އެއްބަސްވެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޤަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރި މި މަޝްވަރާތަކުގައި އެއްބަސްވެވުނު ކަންކަން ކަށަވަރުކުރުމުގެ ބައިނަލްއަޤްވާމީ ޖާމިނުދާރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ޗައިނާއާއި ރަޝިއާއެވެ. ލަންޑަނުގައި ހިންގާ، ޤަތަރުގެ “އަލްޢަރަބީ އަލްޖަދީދު” އިން އެންމެ ފުރަތަމަ ރިޕޯޓްކުރި ގޮތުގައި، މި އިބްތިދާއީ އެއްބަސްވުމަކަށް އާދ
އީރާނުން ދިން މިސައިލާއި ޑްރޯން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ސީދާ ގޮތެއްގައި ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރުގެ މާއްދީ ގެއްލުން ލިބިފައިވާ ކަމަށް ޕެންޓަގަންގެ އަންދާޒާތަކާ ހަވާލާދީ ދަ ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފިއެވެ. އަދި ހަލާކުވި ހާޑްވެއާ އާއި އޮޕަރޭޝަނަލް ގެއްލުންތައް ހިމެނުމުން މި އަދަދު 15 ބިލިއަން ޑޮލަރާ ހަމައަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ޕެންޓަގަންގެ އެސެސްމެންޓްތަކާ ހަވާލާދީ ނޫހުގައި ބަޔާންކޮށްފައިވާ ގޮތ
ދުޝްމަނުންގެ ފަރާތުން ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް، ޖޯގްރަފީގެ އެއްވެސް ހައްދެއް ނެތި އަދި ލަސްކުރުމެއްނެތި ވަރުގަދަ ރައްދެއް ދިނުމަށާއި، އެމެރިކާއާއި އިސްރާއީލުގެ އަމާޒުތައް އީރާނުގެ ހަމަލާތައް ފޯރާ ހިސާބަށް ގެނައުމަށް އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ އެ ޤައުމުގެ އަސްކަރިއްޔާއަށް އަމުރުކުރައްވައިފިއެވެ. މި އަމުރުތައް ނެރުއްވާފައިވަނީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާއި އީރާނުގެ ހަތިޔާރުއެޅި ސިފައިންގެ އިސް ކޮމާންޑަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެ
ޕޯލެންޑުގެ ސަރުކާރާއި އެ ގައުމުގެ ޝަރުއީ ދާއިރާއާ ދެމެދު ބޮޑު ކޯޅުމެއް އުފެދި، ވެރިރަށް ވޯސޯގައި ހުންނަ ކޮންސްޓިޓިއުޝަނަލް ޓްރައިބިއުނަލްގެ ކޮންޓްރޯލް ހޯދުމަށް ފުލުހުން ނެރެ، ކޯޓުގެ އިސްވެރިން މަގާމުން އެކަހެރިކުރުމާ ގުޅިގެން ސިޔާސީ ގޮތުންނާއި މުއައްސަސާތަކުގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ފެށިއްޖެއެވެ. މި މައްސަލައިގެ ސަބަބުން ގައުމުގެ ގާނޫނުއަސާސީއާ ގުޅޭ ބޮޑު ކާރިސާއެއް މިހާރު ވަނީ އުފެދިފައެވެ. ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް އިސްވެ ހުންނަވާ ވެރިކަންކުރާ އިއްތިހާދުން ވަނީ އެ ގައުމުގެ ކޮންސްޓިޓި
އަރުމީނިއާގެ ޤާނޫނު ހަދާ މަޖިލިސް (ނޭޝަނަލް އެސެމްބްލީ) ގެ ޖަލްސާއެއްގެ ތެރޭގައި ސަރުކާރު ހިންގާ ޕާޓީއާއި އިދިކޮޅު މެންބަރުންގެ މެދުގައި ބޮޑު ތަޅާފޮޅުމެއް ހިނގައި، ގޮނޑި އުކައި، މޭޒުތައް ވައްޓާލައި ހިންގި ހަމަނުޖެހުންތަކުގައި ބައެއް މެންބަރުން ޒަޚަމްވެއްޖެއެވެ. ވެރިރަށް ޔެރެވަންގައި ހުންނަ މަޖިލިސް އިދާރާގައި ބުރާސްފަތި ދުވަހު ހިނގި މި ހާދިސާއަކީ މި މަހުގެ ތެރޭގައި އެ މަޖިލީހުގައި ހިނގައިދިޔަ މިފަދަ ދެވަނަ ކުރިމަތިލުމެވެ. މި ކުރިމަތިލުން ހިނގާފައިވަނީ ބޮޑުވަޒީރު ނިކޮލް ޕަޝިނިޔަންގެ ވެރިކަންކުރާ
އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން ބޮޑެތި އަސްކަރީ ހަރަކާތްތަކެއް ފެށުމާމެދު ވިސްނަމުންދާ ދަނޑިވަޅެއްގައި، އެ ޤައުމާ ދެކޮޅަށް އެޅިދާނެ އަސްކަރީ ފިޔަވަޅުތަކުގެ އިޚްތިޔާރުތަކާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ވެރިޔާ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި މައުލޫމާތު އަރުވައިފިއެވެ. އެމެރިކާގެ ދަ ވޯލް ސްޓްރީޓް ޖާނަލް ނޫހުން އެމެރިކާގެ އޮފިޝަލުންނާއި އެ ބައްދަލުވުމުގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޑްމ
އިޒްރޭލުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ބަރުލަމާނީ އިންތިޚާބުގެ ވޯޓު ގުނައި ނިމުނުއިރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިއްތިހާދަށް ކާމިޔާބު ކުރެވުނީ 53 ގޮނޑި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއާއެކު 120 މެންބަރުންގެ މައްޗަށް އެކުލެވޭ ކްނެސެޓް (ބަރުލަމާން) ގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 61 ގޮނޑި އެއްވެސް ބަޔަކަށް ހަމަނުވެ، ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އޭނާއަށް މިވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. އިޒްރޭލުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީއާ ހަވާލާދީ އެ ގައުމުގެ ‘ޔައިނެޓް’ ނޫހުން ބުރ
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި، ބޭރުން ފަރުވާ ހޯދަންޖެހިފައިވާ ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރަފާހު ބޯޑަރު ހުޅުވައިދިނުމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އަނެއްކާވެސް ގޮވާލައިފިއެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި ފަރުވާއަށް ފުރުމުގެ ހުއްދައަށް އިންތިޒާރު ކުރަމުންދަނިކޮށް، ބޯޑަރު ބަންދުވެފައި އޮތުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާއިން ބޭރު
ހޮރުމުޒް ކަނޑުއޮޅީގެ އިރުމަތީ ސަރަހައްދުން ދަތުރުކުރި އެމެރިކާގައި އުފައްދާފައިވާ އެމްކިއު-1 މަރުކާގެ ޑްރޯނެއް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހުއްޓުވައި ގޮއްވާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އައިއާރްޖީސީއާ ހަވާލާދީ އީރާނުގެ ސެމީ-އޮފިޝަލް ނޫސް އެޖެންސީ “އިސްނާ” އިން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައެވެ. އިސްނާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހޮރުމުޒް ކަނޑުއޮޅީގެ އިރުމަތިން، އީރާނުގެ ސިރީކް އައްސޭރިފަށާ ދިމާލު ވައިގެ ސަރަހައްދުގައ
އެމެރިކާއާއެކު ވެވޭ އެއްބަސްވުމެއް ތަންފީޒުކުރުމަށް ހުށަހަޅާފައިވާ މުއްދަތު ހަތް ދުވަހުން ހަތަރު ދުވަހަށް ކުރުކުރުމާއެކު، ސުލްހައިގެ މަގު އަލިކުރުމަށް އީރާނުން އާ ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މިއީ ދެ ފަރާތުގެ ދެމެދުގައި އަލުން އަސްކަރީ ކުރިމަތިލުމެއް ހިނގިޔަ ނުދިނުމުގެ ގޮތުން، ނޮވެމްބަރު ހަތަރެއްގެ ކުރިން ތުރުކީގައި ބައްދަލުވުމެއް ބޭއްވުމަށް މެދުވެރިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އައި ހުށަހެޅުމެކެވެ. ”އަލް އަރަބިއްޔާ އިންގްލިޝް” އިން އެ ނޫހަށް މައުލޫމާތު ދިން މަސްދަރުތަކާއި ހަވާލާދީ
ބްރެޒިލްގެ ސުޕްރީމް ކޯޓުން ޕާސްޕޯޓް ހަވާލުކުރަން އަމުރުކޮށްފައި ވަނިކޮށް، ސިއްރިއްޔާތުގައި އެ ގައުމުން ފިލައިގެން އެމެރިކާއަށް ދިއުމަށްފަހު، ބްރެޒިލްގެ އާ ރައީސަކީ އަދި ހައްގުވެރި ވެރިޔަކީ އޭނާ ކަމަށް އެ ގައުމުގެ ކަނާތުފިޔައިގެ ރިޔާސީ ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯ އަމިއްލައަށް އިއުލާންކޮށްފިއެވެ. އާއިލާއާއެކު ފްލާވިއޯ އެމެރިކާގެ މިއާމީއަށް އެތެރެވުމާއެކު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އޭނާއަށާއި އާއިލާއަށް އެމެރިކާގެ ވިސާ ދޭނެކަން ހާމަކޮށްފައެވެ. ނިމިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އ