Skip to main content

ސަލާމާ ޢަބްދުލް ޢަލީމް

Contributor
🇲🇻 ތިލަދުން Desk
429 Stories
1,982 Reads

Published on ތިލަދުން (Thiladhun) by ސަލާމާ ޢަބްދުލް ޢަލީމް

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން؟ (8)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން؟ (8)

” މި ސެމިސްޓަރގެ ޓެސްޓް އޮވޭ މާދަމާ! އަހަންނަށް މިރޭ ނޭނގެ ކިޔެވޭނެ ކަމެއްވެސް” ޖުމާ އެހެން ބުނުމާއެކު ޒާރާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭރުވެސް މުއާޒް ހުރީ ވީ ގޮތެއް ނޭނގިގެން ޒާރާއާ ވާހަކަ ދައްކަން ބޭނުން ވެފައެވެ. ”  ކޮންމެ ގޮތެއް ވިޔަސް ދޮންމަންމަ ގާތަށް ހައިދަރުދާނެ.. މިދުވަސްކޮޅު މާ ބޮޑަށް ބޭރަށް ނުނިކުންނައްޗޭ!” ކަންބޮޑުވުން ފާޅުކުރުމަށްވުރެ ބޮޑަށް ޒާރާ މަސައްކަތްކުރީ، ޖުމާއަށް ހިތްވަރު ދިނުމުގެ ގޮތުން ހަމަޖެހޭގޮތް ދައްކާށެވެ. ނަމަވެސް އޭރު އޭނާގެ […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން؟ (7)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން؟ (7)

” ނޫން! އަޅުގަނޑު ނުދާނަން.. ބައްޕަ ނެތް ތަނެއްގައި އަޅުގަނޑަކަށް ނޫޅެވޭނެ” އަސަރާއެކު ޒާރާއަށް ބުނެލެވުނެވެ.  އެއާއެކު ހިނިތުންވެލަމުން ވާހިދު ޒާރާގެ ބޮލުގައި ފިރުމާލިއެވެ. ” ނޫނޭ! ދަރިފުޅުގެ ދިރިއުޅުން ބިނާ ކުރުމަށްޓަކައި ދެންވެސް ކުރަން ޖެހުނު ކޮންމެ ކަމެއް ބައްޕަ ކުރާނަން.. ކައިވެންޏަށްފަހު ދަރިފުޅު ކިހިނެއް މިގޭގައި އުޅޭނީ؟ ދެން މުއާޒަށް ކިހިނެއް ވަކި މިރަށަށް އާދެވޭނީ؟ އެހެންވީމަ އެންމެ ރަނގަޅުވާނީ ދަރިފުޅު އެރަށުގައި އުޅެން ދިޔައީމަ! ޖުމާއާ ޝާމްވެސް އެތިބީނު ބައްޕަގާތު” ބައްޕަގެ ވާހަކަތައ...

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން (6)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން (6)

” އަހަރެން މިރަށުން ދާނީ ޒާރާ ގޮވައިގެން” މުއާޒްގެ ޖުމްލައިން ޒާރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއާއެކު އޭނާގެ މޫނުމަތިން ހާސްކަމުގެ އަސަރުތައް މުއާޒަށް ފެނުނެވެ. ” އުނހު! މިހާރަކު ނޫން.. މިހާރަކު އަހަންނަކަށް ނުދެވޭނެ.. އެހެން ނޫނަސް މުއާޒް ތި ދައްކަނީ ކުޑަކަމެއްގެ ވާހަަކައެއް ނޫނެއްނު..” ތެޅިގަނެފައި ޒާރާއަށް ބުނެވުނެވެ. ” އެކަމަކު..ތިގޭގައި އެންމެ ހިނދުކޮޅަކުވެސް ޒާރާ ބަހައްޓާކަށް އަހަންނަކަށް ކުޅަދާނައެއް ނޫނޭ.. ޤަބޫލުކޮށްބަލަ! އަހަރެން ޒާރާދެކެ މިވާ ލޯބީގެ މިންވަރު ޚުދު އަހަންނަށްވެސް ބުނެދޭ...

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން؟ (5)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން؟ (5)

” އެންމެ ކުޑައިރުއްސުރެ ދޮންމަންމަ އަހަރެމެންނަށް ކުރަމުންދާ އަނިޔާ ބައްޕައަށް ފެންނާނެ! ބައްޕަގެ ކުރިމަތީގައިވެސް އެވަރަށް އެއްޗެހި ގޮވާ އަނިޔާވެސް ކުރޭ! އެކަމަކު އޭރުވެސް… މިހާރުވެސް… ދޮންމަންމައަށް ވިސްނައިދިނުމުގެ ބަދަލުގައި ބައްޕަ ވިސްނައިދެނީ އަހަރެމެންނަށް! މިއަދު ހިތަށް އަރާ އަހަރެމެންގެ މަންމަ އެހާ އަވަހަށް އަހަރެމެން ދޫކޮށްފައި ދިޔައީ ކީއްވެބާވައޭ؟” ޖުމާގެ ޖުމްލައިން ވާހިދަށް ދެލޯ މަރާލެވުނެވެ. އެއާއެކު ޖުމާ ދުއްވައިގަތީ ދޮރާއި ދިމާލަށެވެ. އޭނާ ދިޔަ ގޮތަކަށް ގެއިން ނިކުތުމުން ޒާރާއަށްވ...

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން؟ (4)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން؟ (4)

ކަަައުންޓަރު ކައިރީގައި ހުރި ސޭޓު ސިހުނީ މުއާޒްގެ އަޑަށެވެ. އޭނާ އަވަސް އަވަހަށް ބޯ ޖަހާލަމުން ފޯނު ނެގިއެވެ. އޭރު ސޭޓުގެ މޫނުމަތީގައިވެސްވަނީ ސުވާލު އުފެދިފައި ހުރި ކަމުގެ އަސަރުތަކެވެ. ” މިހާރުތޯ؟ ” ” އާނ! ހަމަ މިހާރު” މުއާޒް އެހެން ބުނުމަށްފަހު ފިހާރައިން ނިކުމެގެން ދިޔައެވެ. *** ” ކީއްކުރަން އުލިގަމަށް ދަނީ ؟ ” ނަޖީބުގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިގެން އިރުކޮޅެއް ވަންދެން މުއާޒަށް ހުންނަން ޖެހުނެވެ. ” އަދި އިހަށް […]

ކުރުވާހަކަ: ހާދަ ލޯބިންނޭ ހިނިތުންވަނީ އޭނާ
Column

ކުރުވާހަކަ: ހާދަ ލޯބިންނޭ ހިނިތުންވަނީ އޭނާ

ޑްރެސިންގޓޭބަލްގެ ކުރިމަތީގައި ހުރި ގޮނޑީގައި އަހަރެން އިށީނދެލީ އޮފީހަށް ދާން ތައްޔާރުވާށެވެ. އަހަންނަކީ އަބަދުވެސް ރީތިކަމަށް ވަރަށް ލޯބިކުރާ އަންހެން ކުއްޖަކީމެވެ. ޚާއްސަކޮށް އޮފީހަށް ދާއިރު އަހަރެން ބަލަނީ ވީހާވެސް ބޮޑަށް ނަލަވެގެން ދެވޭތޯއެވެ. އަހަންނަށް ލިބޭހާ ފައިސާ، ޚަރަދު ކުރަނީވެސް އަހަރެންގެ ޒީނަތަށް ބޭނުންވާ ސާމާނު ގަތުމަށެވެ. އަހަރެން ދެކޭގޮތުގައި އެފަަދަ ޚަރަދުތައް ކުރުމަކީ ޚުދު އަހަރެންގެ އަމިއްލަ އުފަލެވެ. މިދުނިޔޭގެ އުފާވެރިކަން ހޯދުމަށްޓަކައި މަސައްކަތް ކުރަންވެސް ޖެހޭނީ ހަމަ ތ...

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (3)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (3)

” މީ އަހަރެން… އެނގިއްޖެތަ؟ ” ފަށާނެ ގޮތެއް ނުވިސްނިގެން މުއާޒަށް ބުނެވުނެވެ. ” ލައްބަ! އެނގިިއްޖެ! ކަލްކިޔުލައިޓަރ ލިބުމުން ބައްޕަ އުޅުނު ފައިސާދޭން.. އެކަމަކު ހިފައިގެން އައި މީހާ ބުނީ ބޮސް ބުނެފައޭ އޮތީ ނުހިފާށޭ! އެހެންވެ އަޅުގަނޑުމެން މިތިބީ ނުހަނު ކަންބޮޑުވެފައި.. އެކަމަކު ގުޅާލަންވެސް ނުކެރިފަ މިހުރީ” ޒާރާ ވާހަކަ ދެއްކީ ނުހަނު އިޙްތިރާމާއިއެކުގައެވެ. އޭނާގެ ވާހަކަތައް އަޑުއަހަން ހުރި މުއާޒް ކުރު ހިނިގަނޑެއް ޖަހާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. ” ޒާރާ ގާތު […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (2)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (2)

” ދޮންތާ! ” ދަތްވިކާލުމަށްފަހު ޖުމާ ޒާރާއަށް ގޮވާލުމުން އޭނާ ނަންބަރު ކިޔާލިއެވެ. އެއާއިއެކު މުއާޒް އެ ނަންބަރު ފޯނުގައި ސޭވްކޮށްލީ    ” ޕަރީ ” ގެ ނަމުންނެވެ. ” މި އަތޮޅަކަށް އުލިގަމު ފެރީއެއްވެސް ނޯންނާނެ! ދެން ކިހިނެއްތޯ ޑެލިވަރ ކުރަނީ؟ ” ހިނގައިގަންނަން އުޅެފައި ޖުމާ ހުއްޓުނީ ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށެވެ. އެއާއިއެކު މުއާޒް ހިނިތުންވެލަމުން އަނެއްކާވެސް ޒާރާގެ މޫނަށް ބަލައިލިއެވެ. ” ދެން ލޯންޗެއްގައިވިޔަސް ފޮނުވައިދޭނަން.. ” މުއާޒްގެ ޖުމްލަ ނިމުމާއިއެކު […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (ފުރަތަމަ ބައި)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (ފުރަތަމަ ބައި)

މިއަދަކީ ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ ސަލާ ”ތިލަދުން” އަށް ވާހަކަ ލިޔަންފެށިތާ އެއް އަހަރުފުރޭ ދުވަހެވެ. މި މުނާސަބާގައި ސަލާއަށް މަރުޙަބާ ކިޔަމެވެ. މިދިޔަ އެއް އަހަރުގެ ތެރޭގައި ސަލާ ވަނީ ނުހަނު ރީތި، ހިތްގައިމު ވާހަކަތަކެއް މި ނޫސް މެދުވެރިކޮށް ގެނެސްދީފައެވެ. ސަލާގެ ”ތިލަދުން”އާއިއެކު މިވީ އެއް އަހަރު ނިންމައި، އައު އަހަރަކަށް މި ފަށަނީ ކިޔުންތެރިންނަށް ސަލާގެ ހަދިޔާއަކުންނެވެ. އައު ވާހަކައެއް ކިޔުންތެރިންނަށް އަރިސް ކުރަމުންނެވެ. މި ވާހަކައިގެ ފުރަތަމަބައި މިއަދު ގެނެސްދިން ނަމަވެސް […]

ސިލްސިލާ ވާހަކަ: ޝިކާޔަތު (ފަހުބައި)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (ފަހުބައި)

ކުރީގެ އަދަދާއިގުޅޭ، ޔަޝްމީ މަޑުމަޑުން ގޮސް ހާރޫންގާތު ހުއްޓުނެވެ. އަދި ހާރޫންގެ މޭގައި ބޯޖައްސާލީވެސް ރަހީލަށް ބަލަމުންނެވެ. އެއާއިއެކު ރުޅިގަދަވެފައި ހުރެ ރަހީލް ނިކުމެގެން ދިޔައެވެ. އެހިނދު ހާރޫން ޔަޝްމީގެ ގައިގައި ބައްދާލަމުން ނިތްކުރިއަށް ބޮސްދިނެވެ. *** ހަވީރުގެ ވަގުތެވެ. ޒޫނާ އިނީ ޖާވިދްގެ އިންތިޒާރުގައެވެ. އުނގުމަތީގައި ބާލީސް ބާއްވާލައިގެން އިނދެ އޭނާ ކެތްތެރިކަމެއް ނެތި ވަގުތު ގުނަމުން ދިޔައެވެ. ޒޫނާ އެހެން އިންނަތާ މާގިނައިރުތަކެއް ނުވެ ޖާވިދް އައިސް ދޮރު ހުޅުވާލިއެވެ. އަދި ވަރުބަލިކަ...

ސިލްސިލާ ވާހަކަ: ޝިކާޔަތު (73)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (73)

ކުރީގެ އަދަދާއިގުޅޭ، އެ އުފާވެރިކަން އެއްފަރާތްކޮށްލާފައި އަނެއްކާވެސް އޭނާގެ މޫނުމަތީގައި ކުރަހާލީ ޔަޝްމީގެ ސޫރައެވެ. ޔަޝްމީގާތު ރަސްމީކޮށް ކައިވެންޏަށް އެދުމަށްޓަކައި އޭނާވަނީ ކެތްމަދުވެފައެވެ. އެހެންކަމުން ފޯނުން ގަޑި ބަލައިލެވުނީވެސް ޔަޝްމީ ދެކިލުމަށް އެދި ހިތް ތެޅޭވަރު ބާރުވަމުންދާތީއެވެ. ކާރުން ފައިބައިގެން އައިސް އެންމެ ފުރަތަމަވެސް ރަހީލް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ދިގު ދަތުރަކަށްފަހު ތާޒާ ވެލައިގެން ނޫނީ ޔަޝްމީގާތަށް ދާން އޭނާ ބޭނުމެއް ނޫނެވެ. އަތުގައި އޮތް މާބޮނޑި އެނދުމަތީގައި ބޭއްވު...

ސިލްސިލާ ވާހަކަ: ޝިކާޔަތު (72)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (72)

ކުރީގެ އަދަދާއިގުޅޭ،  ” ކޮންތާކަށް އަހަރެން ތިގެންދަނީ ؟” ޔަޝްމީގެ އަތުގެ ކުޑަހުޅުގައި ބާރުބާރަށް ހިފުމަށްފަހު އޭނާ ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުންނާށެވެ. ނަމަވެސް އަތަށް ބާރު ލުމަށްފަހު ޔަޝްމީ އަތް ފޮޅުވާލީ ނުހަނު ބާރަށެވެ. އޭރު އޭނާއަށް މާނޭވާ ލެވެމުންދެއެވެ. މޫނުމަތީގައިވަނީ ނުތަނަވަސްކަމާއި ހިތްދަތިކަމުގެ އަސަރު ތަކެވެ. ޔަޝްމީ އަތް ފޮޅުވާލުމާއިއެކު، ހާރޫން ފަސްއެނބުރި ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ” ކީއްކުރަން އަހަރެން ތި ގެންދަނީ؟ އަހަރެން ބޭނުމެއް ނޫނޭ ހާރޫންއާއެކު ދާކަށް! ” ޔަޝްމީއ...

ސިލްސިލާ ވާހަކަ: ޝިކާޔަތު (71)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (71)

ކުރީގެ އަދަދާއިގުޅޭ، ހެނދުނުގެ ހިތްގައިމު ވަގުތެވެ. ހޮޓެލުން ނިކުމެގެން އައިސް ރަހީލް ކާރަށް އެރުމާއެކު ބާރު ދުވެލީގައި ހޮޓެލްގެ ގޭޓުން ކާރު ނިކުމެއްޖެއެވެ. އެމަންޒަރު ބަލަން ދުރުގައި އޮތް ކާރުގައި އިން ހާރޫން އަވަސް އަވަހަށް ކާރުގެ ތެރެއިން ނިކުމެގެން ގޮސް އެ ހޮޓެލަށް ވަނެވެ. އެއަށްފަހު ރިސެޕްޝަނާ ދިމާލަށް ހިނގައިގަތީ އަވަސް ހިތަކައިގެންނެވެ. ނަމަވެސް އޭނާގެ އަވަސް ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އެއްވެސް ގެސްޓަކު އުޅޭ ކޮޓަރިއެއްގެ ނަންބަރު ރިސެޕްޝަނުން ނުދޭނެކަން ހަނދާން ވުމުންނެވެ. އެއާއިއެކު...

ސިލްސިލާ ވާހަކަ: ޝިކާޔަތު (70)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (70)

ކުރީގެ އަދަދާއިގުޅޭ، ޔާނިޝްއަށް ދެމުންދާ ތަރުބިއްޔަތަކީ ހާރޫންގެ ކަށިން ހިތްވަރު ނެރެގެން ދޭ ތަރުބިއްޔަތެވެ. އެހެންކަމުން ޔާނީޝް ބޮޑުވަމުން އަންނަނީ ހާރޫން ބޭނުންވާފަދަ ބަސްއަހާ ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައެވެ. ހާރޫންއަށް މިހާރު ލިބެމުންދާ ހަމައެކަނި އުފަލަކީވެސް އެއީއެވެ. *** ފާއިޒާ އިނީ ގޭ ސިޓިންގރޫމްގައި ޓީވީ ބަލާށެވެ. މީގެ ދެއަހަރު ކުރިން ޝާކިރު މިދުނިޔެއިން ވަކިވެގެން ދިޔުމުން އޭނާވަނީ ނުހަނު އެކަނިވެރިވެފައެވެ. ކިތަންމެ ގިނަ ދުވަސްވީ ނަމަވެސް ޝާކިރުގެ ހަނދާންތަކަށް ފަނޑުވުމެއް ނާދެއެވެ....

ސިލްސިލާ ވާހަކަ: ޝިކާޔަތު (69)
Column

ސިލްސިލާ ވާހަކަ: ޝިކާޔަތު (69)

ކުރީގެ އަދަދާއިގުޅޭ،  ” ދެން އަޅާނުލާ! ހިނގާބަލަ މިތަނުން ނިކުންނަން.. މިހާރު އަޑުގަދަ ކަމުން ބޮލުގައި އެބަ ރިއްސާ! ” ރަހީލް ހިނގުން ބާރުކޮށްލުމުން ޔަޝްމީއަށް އަނެއްކާވެސް ފަހަތް ބަލައިލެވުނެވެ. އޭރުވެސް އޭނާގެ ލޯމަތިން އެ މައުސޫމް މޫނު ފެންނަހެން ހީވެއެވެ. *** ދޮރާށި ހުޅުވާލުމަށްފަހު ޒޫނާ ބޭރަށް ނިކުމެ ހުރީ ޖާވިދްގެ އިންތިޒާރުގައެވެ. އޭރު މާދުރުން އަންނަ ޖާވިދްގެ ސައިކަލް ފެނި، ޒޫނާގެ މޫނުމަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ. ” އަނހާ! މަންމަގެ ލޯބިލޯބި ކަމަނާ! […]