ލިވަޕޫލް ދެވަނައަށް
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ލިވަޕޫލުން ޖެހިލައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލްގެ ފޯވާޑް ލައިންގައި ހިމެނޭ އެންމެ މުހިންމު ދެ ކުޅުންތެން ކަމަށްވާ މިސްރުގެ މުޙައްމަދު ސަލާހާއި ސެނަގަލްގެ ސަޑިއޯ މަނޭ މިވަގުތު އެފްރިކަން ކަޕް އޮފް ނޭޝަންގައި ވާދަކުރުމަށް ޤައުމީ ޓީމާއި ގުޅިފައި ވުމުން މި މެޗަށް […]