Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
285 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ބާސެލޯނާ އައު އަހަރު ފެށީ މޮޅަކުން
Sports

ބާސެލޯނާ އައު އަހަރު ފެށީ މޮޅަކުން

ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ މަޔޯކާއާއި ބާސެލޯނާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. މަޔޯކާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ކޯވިޑް-19 ގެ ސަބަބުން މި މެޗަށް ބާސާއިން ނުކުމެފައި ވަނީ އެ ޓީމްގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ސްކޮޑުގައި ނުހިމަނައެވެ. މިވަގުތު އެ ޓީމްގެ ޖޯޑީ އަލާބާ، ގަވީ، ޑެމްބެލޭ އަދި ޑެސްޓް ފަދަ ކުޅުންތެރިން ތިބީ ކޯވިޑްގެ ސަބަބުން ކަރަންޓީން ކުރެވިފައެވެ. […]

އައު އަހަރުގެ ފެށުން ރެއާލަށް ނާކާމިޔާބު
Sports

އައު އަހަރުގެ ފެށުން ރެއާލަށް ނާކާމިޔާބު

ސްޕެނިޝް ލަލީގާގެ އެއްވަނާގައި މި ވަގުތު އޮތް ރެއާލް މެޑްރިޑް ފާއިތުވި އަހަރު ރަނގަޅު ފޯމެއްގައި އޮވެ ނިންމާލި ނަމަވެސް މި އަހަރު އެ ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ ގެޓާފޭއާއި ބައްދަލުކޮށް ރެއާލް ބަލިވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 9 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރ މިލިއާޓޯއަށް ހެދުނު ގޯހެއްގެ ފައިދާނަގައި ކާމިޔާބު ކޮށްދީފައި ވަނީ ގެޓާފޭގެ ފޯވާޑް ކުޅުންތެރިޔާ […]

ފަހުވަގުތު އާސެނަލް ބަލިކޮށް ސިޓީން ހިންދެމިލައިފި
Sports

ފަހުވަގުތު އާސެނަލް ބަލިކޮށް ސިޓީން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އާސެނަލްއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު، ސިޓީން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއް ވަނާގައި ފަރަގު ބޮޑު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ އާސެނަލުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މެޗު ފަށައިގެން ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ ސިޓީންނެވެ. ސިޓީގެ ޑި ބްރޭނާ އާސެނަލްގެ އޭރިއާ ތެރެއަށް ހުރަސް […]

ފޯކައިދޫގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ފޯކައިދޫގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފޯކައިދޫގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި ކަމާއި ގުޅިގެން 30 ޑިސެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށް ކަމަށެވެ. މި މަސައްކަތް ކޮށްދިނުމަށް އެދި ބީލަން ހުށަހަޅާ ފަރާތްތަކުން ނަން-ރިފަންޑަބަލް ފީއެއްގެ ގޮތުގައި 500 (ފަސްސަތޭކަ ރުފިޔާ) ގެ ދައްކަ...

ހިރަފުސް ކަޕްގެ ޗެމްޕިއަންކަން ވައިލެޓަށް
Thiladhunmathi News

ހިރަފުސް ކަޕްގެ ޗެމްޕިއަންކަން ވައިލެޓަށް

ހދ.ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމްގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ “ބަދަހި ހިރަފުސް ކަޕް 2021” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވައިލްޓް ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައި ވަނީ 29 ޑިސެމްބަރ 2021 ވީ ބުދަ ދުވަހު ހަވީރު ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ދަނޑުގައެވެ. ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ވައިލެޓާއި ފެމެލީ ބޭކަރީއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމް އޮތީ […]

ނޭކުރެންދޫ ކައުންސިލްގެ ބީ14 ސްޕޯޓްސް ފެސްޓިވަލް ކާމިޔާބު ކަމާއިއެކު ނިންމާލައިފި
Thiladhunmathi News

ނޭކުރެންދޫ ކައުންސިލްގެ ބީ14 ސްޕޯޓްސް ފެސްޓިވަލް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ހދ.ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ބީ14 ސްޕޯޓްސް ފެސްޓިވަލް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި ފެސްޓިވަލްގައި ޖުމްލަ ދެ ކުޅިވަރެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ ފިރިހެން ބޭފުޅުންނަށް ކުރިއަށް ގެންދިޔަ ބީ14 ފުޓްސަލް ކަޕުގެ އިތުރުން ކަނބަލުންނަށް ކުރިއަށް ގެންދިޔަ ބީ14 ހޭންޑްބޯލް ޓޯނަމެންޓެވެ. މި ފެސްޓިވަލް ފަށާފައި ވަނީ 24 ޑިސެމްބަރ 2021 ވީ ހުކުރު ދުވަހު ނޭކުރެންދޫ ފުޓްސަލް ދަނޑުގައެވެ. ފުޓްސަލް ކަޕްގެ ފައިނަލް މެޗު ކުޅެފައި ވަނީ […]

ބާންލީ އަތުން މޮޅުވެ ޕޮއިންޓް ތާވަލުގެ ހަ ވަނައަށް ޔުނައިޓެޑް ޖެހިލައިފި
Sports

ބާންލީ އަތުން މޮޅުވެ ޕޮއިންޓް ތާވަލުގެ ހަ ވަނައަށް ޔުނައިޓެޑް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއް ވެސް ފެނިގެން ގޮސްފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑު އަށް ވަނަ މިނެޓުގައި ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މެކްޓޮމިނޭއެވެ. މެޗުގައި […]

ސިޓީ ފަރަގު ބޮޑުކުރިއިރު، ހިތްދަތި ގޮތަކަށް ޗެލްސީ އެއްވަރު
Sports

ސިޓީ ފަރަގު ބޮޑުކުރިއިރު، ހިތްދަތި ގޮތަކަށް ޗެލްސީ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގައި ފަރަގު ބޮޑުކުރިއިރު ފަހު ވަގުތު ލަނޑުޖަހައި ބްރައިޓަންއިން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 16 ވަނަ މިނެޓުގައި ޑި ބްރޭނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފިލް ފޯޑެންއެވެ. ފޯޑެން މިލަނޑު […]

ކޮމަންވެލްތު ގޭމްސްގެ ދަންމަރަށް ރާއްޖެއިން ރަސްމީކޮށް މަރުހަބާ ކިޔައިފި
Raajje

ކޮމަންވެލްތު ގޭމްސްގެ ދަންމަރަށް ރާއްޖެއިން ރަސްމީކޮށް މަރުހަބާ ކިޔައިފި

ބަރމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ބަރމިންގހަމް 2022- ކްއީންސް ބެޓްން) އަށް ދިވެހިރާއްޖެއިން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ. ކުއީންސް ބެޓަންއަށް މަރުހަބާ ދެންނެވުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ބައިވެރިވެ ވަޑައިގަންނަވާފައެވެ. މީގެއިތުރުން ނައިބް ރައީސް ފައިޞަލް ނަސީމް ވެސް ވަނީ އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި، ކޮ...

ފެރާން ޓޮރޭސް ބާސާއަށް
Sports

ފެރާން ޓޮރޭސް ބާސާއަށް

އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީއަށް ކުޅެމުންއައި ސްޕެއިންގެ ޒުވާން ފޯވާޑް ފެރާން ޓޮރޭސް ބާސެލޯނާއާއި ގުޅިއްޖެއެވެ. އުމުރުން 21 އަހަރުގެ ޓޮރޭސް ބާސެލޯނާއާއި ގުޅިފައަވަނީ 46.3  މިލިއަން ޕައުންޑަށެވެ. ސްޕެއިންގެ ވެލެންސިއާއިން ޓޮރޭސް ސިޓީއަށް ބަދަލުވެފައި ވަނީ ފާއިތުވު އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ސިޓީއަށް އޭނާ ވަނީ 43 މެޗު ކުޅެދީ 16 ގޯލު ޖަހައިދީފައެވެ. ޓޮރޭސް ބާސާއާއިއެކު ހަދާފައިވާ އެއްބަސް ވުމުގެ ދަށުން 2027 ވަނަ އަހަރުގެ ނިޔަލަށް، އޭނާ ބާސާގައި މަޑުކުރަން ޖެހޭނެއެވެ. […]

ލެސްޓާ އަތުން ލިވަޕޫލް ބަލިވެއްޖެ
Sports

ލެސްޓާ އަތުން ލިވަޕޫލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ލެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗު ލެސްޓާއިން ކާމިޔާބު ކޮށްފިއެވެ. ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ލިވަޕޫލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެ ޓީމްގެ އިތުބާރު ފޯވާޑް މުޙައްމަދު ޞަލާހް ފޮނުވާލި ޕެނަލްޓީ ލެސްޓާގެ ކީޕަރ ޝްމައިކަލް ވަނީ މަތަކޮށްފައެވެ. ޝްމައިކަލްގެ […]

"ވައިކަރަދޫ ޔޫތު ކުލަބް ސްޕޯޓްސް އެކަޑަމީ" ގެ ފެށުން އައު އަހަރުގެ ފުރަތަމަ ދުވަހު
Thiladhunmathi News

"ވައިކަރަދޫ ޔޫތު ކުލަބް ސްޕޯޓްސް އެކަޑަމީ" ގެ ފެށުން އައު އަހަރުގެ ފުރަތަމަ ދުވަހު

ހދ.ވައިކަރަދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ، ވައިކަރަދޫ ޔޫތު ކުލަބުން އިސް ނަގައިގެން “ވީވައިސީ ސްޕޯޓްސް އެކަޑަމީ” ގެ ނަމުގައި އެކަޑަމީއެއް 01 ޖަނަވަރީ 2022 ވާ ހޮނިހިރު ދުވަހު ފެށުމަށް ތައްޔާރު ވެއްޖެއެވެ. ވައިކަރަދޫގައި އެކި ކުޅިވަރުތަކުން މޮޅެތި ކުޅުންތެރިން އުފެއްދުމުގެ މަޤުޞަދުގައި ފަށާ މި އެކަޑަމީގައި ތިން ކުޅިވަރެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ފުޓްބޯޅައާއި ވޮލީބޯޅައިގެ އިތުރުން ހޭންޑްބޯޅައެވެ. މިވަގުތު ފުޓްބޯޅައާއި ވޮލީބޯޅަ ހާއްސަ ކޮށްފައ...

ހޯރަފުށީ ކުލަބް ޖީއެސްގެ ވޮލީބޯލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ޕޮލިހަށް
Thiladhunmathi News

ހޯރަފުށީ ކުލަބް ޖީއެސްގެ ވޮލީބޯލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ޕޮލިހަށް

ހއ.ހޯރަފުށީ ކުލަބް ޖީއެސްގެ ވޮލީބޯލް ޓޯނަމެންޓް 2021 ގެ ޗެމްޕިއަންކަން ހޯރަފުށީ ޕޮލިސްޓޭޝަނުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވަނީ 26 ޑިސެމްބަރ 2021 ވީ އާދީއްތަ ދުވަހުގެ ރޭ ހޯރަފުށީ ސްޕޯޓްސް އެރީނާ ވޮލީ ކޯޓުގައެވެ. ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ހޯރަފުށީ ޕޮލިސްޓޭޝަންއާއި ހޯރަފުށީ ފެނަކަ ބްރާންޗްގެ ޓީމެވެ. މި މެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ތަށި ހޯރަފުށީ ޕޮލިސް ޓީމުން ވަނީ އުފުލާލާފައެވެ. މެޗުގެ ސެޓްތައް […]

ހިލޭ ސްޕީޗް ތެރަޕިސްޓަކަށް ދެއްކޭ ޕްރޮގްރާމެއް ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން ފަށަނީ
Thiladhunmathi News

ހިލޭ ސްޕީޗް ތެރަޕިސްޓަކަށް ދެއްކޭ ޕްރޮގްރާމެއް ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން ފަށަނީ

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ސްޕީޗް ތެރަފިސްޓެއް އެ ރަށަށް ގެނެސް އެ ޚިދުމަތް ބޭނުންވެފައިވާ ފަރާތްތަކަށް ހިލޭ ދެއްކުމުގެ ފުރުޞަތުލިބޭ ޕްރޮގްރާމެއް ފެށުމަށް އެ ކުލަބުން ތައްޔާރުވެއްޖެއެވެ. އެ ކުލަބުންވަނީ މީގެ މަހެއްހާ ދުވަސްކުރިން ސްޕީޗް ތެރަޕީ ބޭނުންވާ ފަރާތްތަކުގެ ނިސްބަތް ދެނެގަތުމުގެ ގޮތުން މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓް ކުރުމަށް ފުރުޞަތު ހުޅުވާލާފައެވެ. އެ ފުރުޞަތުގެ ދަށުން ސާޅީހަށްވުރެ ގިނަފަރާތް ރަޖިސްޓަރީ ކުރި ނަމަވެސް އިތުރަށް އެ […]

"އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2021" ފަށައިފި
Thiladhunmathi News

"އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2021" ފަށައިފި

ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2021 ފަށައިފިއެވެ. މި މުބާރާތް ފަށާފައި ވަނީ 24 ޑިސެމްބަރ 2021 ވީ ހުކުރު ދުވަހުގެ ރޭ އިހަވަންދޫ ހުރަވީ ފުޓްބޯޅަ ދަނޑުގައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބާއި އިހަވަންދޫ ސެންސިޓީއެވެ. މި މެޗު 1-0 […]