ކުޅުދުއްފުށީ ގޮނޑުދޮށުން ވެއްޔާއި އަކިރި ނުނަގަން އިލްތިމާސް ކޮށްފި
ހދ.ކުޅުދުއްފުށި ސިޓީގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނުނެގުމަށް އެ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. ކުޅުދުއްފުށީގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމުގެ މައްސަލައާއި ގުޅިގެން 24 ޖަނަވަރީ 2022 ވީ ހޯމަ ދުވަހު އެ ރަށު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް ގިނަ ފަރާތްތަކުން އެ ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ ރަށްގިރުމަށް މެދުވެރިވެ ރަށަށް މިކަމުގެ ނޭދެވޭ އަސަރު ކުރާނެ […]