Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
45 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

14 މެޗުން މޮޅުވެ ބަޔާން މިއުނިކުން ރެކޯޑް ހަދައިފި
Sports

14 މެޗުން މޮޅުވެ ބަޔާން މިއުނިކުން ރެކޯޑް ހަދައިފި

މި ސީޒަންގައި ފުރަތަމަ ކުޅުނު 14 މެޗުން ވެސް މޮޅުވެ ޖަރުމަނުގެ ބަޔާން މިއުނިކުން، ފުރަތަމަ 14 މެޗުން މޮޅުވުމުގެ ރެކޯޑް ހަދައިފިއެވެ. މި ސީޒަންގައި ބަޔާނުން ޖަރުމަނު ލީގުގައި މިހާތަނަށް ކުޅުނު 8 މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އެ ޓީމް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ 24 ޕޮއިންޓާއިއެކުއެވެ. މި ސީޒަންގައި މިހާތަނަށް ބަޔާނުން ޖަރުމަނު ކަޕާއި ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުތަކުން ވެސް ވަނީ މޮޅުވެފައެވެ. ޖުމްލަ 14 މެޗުގައި އެ […]

އަމަލުތައް ބެހެއްޓުނުގޮތާއިމެދު ހިތާމަކޮށް ވިނީ މައާފަށް އެދިއްޖެ
Sports

އަމަލުތައް ބެހެއްޓުނުގޮތާއިމެދު ހިތާމަކޮށް ވިނީ މައާފަށް އެދިއްޖެ

މިދިޔަ އާދީއްތަ ދުވަހު ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި އެލް ކްލެސިކޯ މެޗްގައި، ބަދަލުކުރުމުން އަމަލުތައް ބެހެއްޓުނު ގޮތާއިމެދު ހިތާމަކޮށް ވިނީސިއަސް ޖޫނިއާ މައާފަށް އެދިއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލް އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއިއެކުއެވެ. އެ މެޗުގެ 71 ވަނަ މިނެޓުގައި ކޯޗް ޒަބީ އެލަންސޯ ވަނީ ވިނީގެ ބަދަލުގައި ރޮޑްރޮގޯ ކުޅެން ނެރެފައެވެ. […]

އަނެއްކާވެސް ޕެލަސް އަތުން ބަލިވެ ލިވަޕޫލް ކަޓައިފި
Sports

އަނެއްކާވެސް ޕެލަސް އަތުން ބަލިވެ ލިވަޕޫލް ކަޓައިފި

ކްރިސްޓަލް ޕެލަސް އަތުން ބަލިވެ އިނިގިރޭސި ލީގު ކަޕްގެ ދެވަނަ ބުރުން ލިވަޕޫލް ކަޓައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޕެލަސް އަތުން ލިވަޕޫލް ބަލިވެފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މިއީ މި ސީޒަންގައި ޕެލަސް އަތުން ލިވަޕޫލް ބަލިވި ތިންވަނަ ފަހަރެވެ. ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ޕެލަސް އިން ޝީލްޑް އުފުލައިލީ ލިވަޕޫލް ބަލިކޮށްފައެވެ. އެއަށްފަހު ޕްރިމިއާ ލީގުގައި ވެސް ލިވަޕޫލު ވަނީ ޕެލަސްގެ އަތްދަށުވެފައެވެ. ވަރަށް ބޮޑަށް ފޯމު ކަޓާފައި […]

އިތުރު ވަގުތުގައި ބާސާ މޮޅުވިއިރު، ކޯޗަށް ރަތެއް
Sports

އިތުރު ވަގުތުގައި ބާސާ މޮޅުވިއިރު، ކޯޗަށް ރަތެއް

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރި މެޗު، ފަހުވަގުތު ލަނޑު ޖަހައިގެން ބާސާއިން ކާމިޔާބުކުރިއިރު އެ ޓީމްގެ ކޯޗް ހަންސީ ފްލިކްއަށް ރަތްކާޑު ދައްކައިފިއެވެ. އަމިއްލަ ދަނޑުގައި ބާސާއިން މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު 13 ވަނަ މިނެޓުގައި ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޕެޑްރީއެވެ. ބާސާއިން ލަނޑުޖެހިތާ ހަތްމިނެޓް ފަހުން ޖިރޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ ވިޓްސެލްއެވެ. […]

ކޮލިފައިންގައި ލަނޑު ޖެހުމުގެ ރެކޯޑް ރޮނާލްޑޯއަށް
Sports

ކޮލިފައިންގައި ލަނޑު ޖެހުމުގެ ރެކޯޑް ރޮނާލްޑޯއަށް

ވޯލްޑް ކަޕް ކޮލިފައިންގައި ލަނޑު ޖެހުމުގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފިއެވެ. ރޭ ވޯލްޑް ކަޕް ކޮލިފައިންގައި ޕޯޗުގަލް ޕޯޗުގަލް އަމިއްލަ ދަނޑުގައި ނުކުތީ ހަންގޭރީއާއި ދެކޮޅަށެވެ. މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މި މެޗުގައި ޕޯޗުގަލުން ޖެހި ދެ ގޯލު ވެސް ޖަހައިދިނީ އުމުރުން 40 އަހަރުގެ ރޮނާލްޑޯއެވެ. މި ލަޑުތަކާއިއެކު އޭނާވެފައި ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާއަށެވެ. ރޮނާލްޑޯ ކޮލިފައިންގައި މިހާތަނަށް 41 […]

ފަސޭހަކަމާއިއެކު ފްރާންސް މޮޅުވިއިރު އެމްބާޕޭއަށް އަނިޔާވެއްޖެ
Sports

ފަސޭހަކަމާއިއެކު ފްރާންސް މޮޅުވިއިރު އެމްބާޕޭއަށް އަނިޔާވެއްޖެ

ފީފާ ވޯލްޑް ކަޕް، ޔޫރަޕް ކޮލިފައިންގެ ގްރޫޕް ޑީ ގައި ރޭ ފްރާންސާއި އަޒަރުބައިޖާން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ފްރާންސުން ކާމިޔާބުކުރިއިރު، އެ ޓީމްގެ ތަރި ކިލިއަން އެމްބާޕޭއަށް އަނިޔާވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ފްރާންސް މޮޅުވީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފްރާންސަށް ލަނޑުޖަހައި ލީޑު ނަގައިދިނީ އެމްބާޕޭއެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން އެންމެ ފަހުން ކުޅުނު ދިހަ މެޗުގައި ވެސް އެމްބާޕޭ ވަނީ ލަނޑު ޖަހާފައެވެ. އެމްބާޕޭގެ […]

އަލްޖީރިއާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
Sports

އަލްޖީރިއާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

އަންނަ އަހަރު އެމެރިކާއާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް އަލްޖީރިއާ ކޮލިފައިވެއްޖެއެވެ. އަލްޖީރިއާ ވޯލްޑް ކަޕް ޖާގައެއް ކަށަވަރު ކޮށްފައި ވަނީ ރޭ 3-0 ގެ ނަތީޖާއިން ސޯމާލިއާ ބަލިކޮށްގެންނެވެ. މި މެޗަކީ ސޯމާލިއާގެ އަމިއްލަ ދަނޑުގައި ކުޅެން ޖެހޭ މެޗެއް ނަމަވެސް ފީފާގެ މިންގަނޑަށް ފެތޭ ދަނޑެއް ނެތުމާއި ގުޅިގެން މި މެޗު ކުޅެފައިވަނީ އަލްޖީރިއާގައެވެ. އެފްރިކާ ބައްރުގެ ކޮލިފައިންގައި އަލްޖީރިއާ އޮތީ ގްރޫޕް ޖީގައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަލްޖީރިއާ […]

ސަލާހްގެ ލަނޑު ޖެހުމުގެ ރެކޯޑާއިއެކު މިސްރު ވޯލްޑް ކަޕަށް
Sports

ސަލާހްގެ ލަނޑު ޖެހުމުގެ ރެކޯޑާއިއެކު މިސްރު ވޯލްޑް ކަޕަށް

އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުޅޭ ވޯލްޑް ކަޕްގެ ކޮލިފައިންގައި، މިސްރުން ޖިބޫޓީއާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ. މިސްރަކީ އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް އެފްރިކާއިން ކޮލިފައިވީ ތިންވަނަ ޓީމެވެ. މީގެކުރިން ކޮލިފައިވެފައިވާ ދެޓީމަކީ މޮރޮކޯއާއި ޓިއުނީޝިއާއެވެ. މި މެޗުގައި މިސްރުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދނީ ސަލާހްއެވެ. މި ދެ ލަނޑާއިއެކު ވޯލްޑް ކަޕް ކޮލިފައިންގައި އެފްރިކާ […]

ޕެލަސްގެ ރެކޯޑް ނިމުމަކަށް، ހާލަންޑްގެ ލަނޑުން ސިޓީއަށް މޮޅެއް
Sports

ޕެލަސްގެ ރެކޯޑް ނިމުމަކަށް، ހާލަންޑްގެ ލަނޑުން ސިޓީއަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އިން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އައިއިރު، ހާލަންޑްގެ ލަނޑުން މެންޗެސްޓާ ސިޓީ ހަނި ގޮތަކަށް މޮޅުވެއްޖެއެވެ. ސިޓީއާއި ބްރެންޓް ފޯޑް ބައްދަލުކުރި މެޗު، ސިޓީން ކާމިޔާބުކުރީ 1-0 ހެ ނަތީޖާއިންނެވެ. ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީއަށް ޖަހައިދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އާލިން ހާލަންޑެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން މި ސީޒަންގައި މިހާތަނަށް ހާލަންޑް ކުޅުނު 11 މެޗުގައި […]

ފުރަތަމަ ބައްޔާއިއެކު ބާސާއަށް އެއްވަނަ ގެއްލިއްޖެ
Sports

ފުރަތަމަ ބައްޔާއިއެކު ބާސާއަށް އެއްވަނަ ގެއްލިއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ސެވިއްޔާ ބައްދަލުކުރި މެޗު، 4-1 ގެ ތަފާތު ބޮޑު ނަތީޖާއިން ސެވިއްޔާ ކާމިޔާބު ކޮށްފިއެވެ. ފާއިތުވި ހަފްތާގައި ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސާ ވީބައްޔަކީ، ސީޒަންގައި އެ ޓީމް ވީ ފުރަތަމަ ބައްޔެވެ. ނަމަވެސް ރޭ ސެވިއްޔާއާއި ދެކޮޅަށް ބާސާ ނުކުތުމާއި ހަމައަށް އެ ޓީމް ލީގުގައި ބަލިވެފައިނުވެއެވެ. ރޭ ސެވިއްޔާ އަތުންވީ ބޮޑު ބައްޔަކީ ލީގުގައި ވީ ފުރަތަމަ ބައްޔެވެ. މި ބައްޔާއިއެކު ބާސާއަށް ވަނީ ޕޮއިންޓް ތާވަލުގެ […]

ވިނީގެ ލަނޑުތަކުން ވިޔަރެއާލް އަތުން ރެއާލް މޮޅުވެއްޖެ
Sports

ވިނީގެ ލަނޑުތަކުން ވިޔަރެއާލް އަތުން ރެއާލް މޮޅުވެއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު، ރެއާލުން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ރެއާލުގެ ފަރާތުން ގިނަ އެޓޭކްތަކެއް ފެނިގެންދިޔަ ނަމަވެސް ހާފު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗުގެ ފުރަތަމަ ލަނޑު ދެވަނަ ހާފު ފެށިތާ ދެވަނަ މިނެޓުގެ ތެރޭ ޖަހައިދިނީ ވިނީސިއަސްއެވެ. އަރިމަތިން ބޯޅަ ހިފައިގެން […]

ފަހުވަގުތު ޗެލްސީގެ އަތްދަށުވެ ލިވަޕޫލް ވެއްޓިއްޖެ
Sports

ފަހުވަގުތު ޗެލްސީގެ އަތްދަށުވެ ލިވަޕޫލް ވެއްޓިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ލިވަޕޫލް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ޗެލްސީން ކާމިޔާބު ކޮށްފިއެވެ. މި މެޗުގެ ކުރިން ޗެލްސީ ލީގުގައި ކުޅުނު ދެ މެޗުން ވަނީ ބަލިވެފައެވެ. އެންމެ ފަހުން ޗެލްސީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗެއްގައި އެ ޓީމަށް ރަތްކާޑު ދައްކާފައިވާއިރު، ރޭ މެޗުގައި އެ ޓީމުގެ ކޯޗް، މަރެސްކާއަށް ވަނީ ރަތްކާޑު ދައްކާފައެވެ. ލިވަޕޫލްގެ އޭރިއާތެރެއިން ގަނާޗޯއަށް ފައުލްކުރިކަމަށް ބުނެ އަމަލުތައް ބެހެއްޓި ގޮތުން މަރެސްކާއަށް […]

ހަނިމާދޫގައި އައިޑީކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި
Thiladhunmathi News

ހަނިމާދޫގައި އައިޑީކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ. އެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައި ވަނީ ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރ މަހު ހދ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހަނިމާދޫއަށް ވަޑައިގެން ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހަނިމާދޫގައި ޕާސްޕޯޓް ހެދުމުގެ ހިދ...

ޔަމާލް އަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާއި ދުރަށް
Sports

ޔަމާލް އަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާއި ދުރަށް

ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ އެޓޭކަރ ލެމީން ޔަމާލްގެ އުކުޅުވަޅަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިއްޖެއެވެ. އުމުރުން 18 އަހަރުގެ ޔަމާލް އަށް އަންނަނީ ކައިރިކައިރީގައި އަނިޔާގެ މައްސަލަ ކުރިމަތިވަމުންނެވެ. ޔަމާލްގެ އުކުޅުވަޅަށް އެންމެ ފުރަތަމަ އަނިޔާވެފައި ވަނީ ސެޕްޓެމްބަރ މަހު އޮތް އިންޓަނޭޝަނަލް ބްރޭކްގައި ގައުމީ ޓީމްގައި ހުއްޓައެވެ. އެ އިންޓަނޭޝަނަލް ބްރޭކްގައި ސްޕެއިން ކުޅުނު ދެ މެޗުގައި ވެސް އޭނާ ކުޅުނެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ އެ ދެމެޗު ވެސް […]

ތިންފަހަރު ޖެހުމުން ވެސް ޕެނަލްޓީ މަތަކޮށްފި
Sports

ތިންފަހަރު ޖެހުމުން ވެސް ޕެނަލްޓީ މަތަކޮށްފި

ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ރޯމާއާއި ފްރާންސްގެ ލިލް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ލިލް އިން ކާމިޔާބު ކޮށްފިއެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ ހަވަނަ މިނެޓުގައި ލިލް އަށް ޖަހައިދިނީ ހެރަލްޑްސަންއެވެ. މެޗުގެ ދެވަނަ ހާފުގައި އެޓޭކިން ބައެއް ބަދަލުތަކާއިއެކު ރޯމާއިން އެޓޭކް ރަނގަޅުކުރިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނެޓަށްވެފައި ވަނިކޮށް ރޯމާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. […]