ވަގަށް ޗޮކުލެޓު ކައިގެން 15 ދުވަހަށް ބަންދުކުރީ، އާންމުކޮށް ހޮޓާތަކުން ކައިގެން ފިލާ މީހެއް!
ރެޑްވޭވް ޕްލާޒާއިން 14 ރުފިޔާގެ ޗޮކުލެޓެއް ވަގަށް ނަގައި ކެއުމުގެ މައްސަލައިގައި ހދ. ހަނިމާދޫ، ޝުރައިޚު ޝަރީފް (37 އަހަރު) 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މިއީ މީގެ ކުރިންވެސް ހޮޓާތަކުން ކައިގެން ބިލު ނުދައްކައި ފިލައިގެން އުޅޭ މީހެއްކަން އެނގިފައިވެއެވެ. މި މައްސަލައިގައި ޝުރައިޚު ވަނީ ރެޑްވޭވް ޕްލާޒާއަށް ވަދެ، “ސްކިނާ” ބްރޭންޑުގެ 50 ގްރާމްގެ ޗޮކުލެޓެއް ވަގަށް ނަގައި، އެ ކާލުމަށްފަހު އޭގެ ކަރުދާސްގަނޑު ޖީބަށް ލައިފައެވެ. މި މަންޒަރު ފިހާރައިގެ […]