ހދ. ހަނިމާދޫ ކައުންސިލުގެ ގުރުއާން ކްލާހުގައި ބައިވެރިވާނެ ދަރިވަރުން ހޯދަން އިއުލާން ކޮށްފިއެވެ.

އެ އިދާރާ އިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މިއީ އުމުރުން 4 އަހަރާއި 17 އަހަރާއި ދެމެދުގެ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގުމަށް ނިންމާފައިވާ ގުރުއާން ކުލާހެއް ކަމަށެވެ. އަދި މި ކުލާހުގައި ބައިވެރިވާ ދަރިވަރުންގެ ފީ އަކީ މަހަކު 200 ރުފިޔާ ކަމަށެވެ.

Ad
d

މި ކުލާހުގައި ބައިވެރިވާން އެދޭ ދަރިވަރުން "ޤުރްއާން ކްލާހަށް ވަނުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށް ފަހު، އެ ކައުންސިލަށް ހުށަހެޅުމަށް ވަނީ އެދިލައްވާފައެވެ. އަދި މި ފޯމު، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 ން މެންދުރުފަހު 2 ޖަހަންދެން ލިބެން ހުންނާނެ ކަމަށް ވެސް ވިދާޅުުވެފައި ވެއެވެ.

Ad
df

ހަނިމާދޫ ކައުންސިލުން ވިދާޅުވީ ފޯމު ހުށަހަޅާނީ މިއަދުން ފެށިގެން މި މަހުގެ 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1 ޖެހުމުގެ ކުރިން ކަމަށެވެ.