ހަނިމާދޫގައި ޒަމާނީ ކުނިކޮށި ހެދުމަށް ބޭނުންވާ ފައިސާ މިހާރުވަނީ ހަމަޖެހިފައި: ކައުންސިލް
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ޒަމާނީ ކުނިކޮށި ހެދުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ހަނިމާދޫއާއި ގުޅުންހުރި މުހިންމު ކަންތައްތަކާއި މަޝްވަރާ ކުރެއްވުމަށް، ބައެއް މިނިސްޓްރީތަކާއި ބައްދަލުކުރެއްވުމަށް ރަސްމީ ދަތުރެއްގައި ހަނިމާދޫ ކައުންސިލުގެ ހުރިހާ މެމްބަރުން މިވަގުތު ތިއްބެވީ މާލޭގައެވެ. ހަނިމާދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް މަޝްވަރާކުރެއްވުމަށް އެ ކައުންސިލުން ވަނީ އިއްޔެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލ...