ހދ. ހަނިމާދޫ ގައި ކޮމިއުނިޓީ ސްކައުޓް ތައާރަފް ކުރަން ނިންމައިފިއެވެ.
އެރަށު ކެތިއަރާ ޖަމިއްޔާއިން ނެރެފައިވާ އިއުލާނެއްގައި ބުނީ މި މަސައްކަތް ކުރަމުންދަނީ އެ ޖަމިއްްޔާ އާއި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކަމަށެވެ.
އެގޮތުން ފުރަތަމަ މި ގްރޫޕު ހެދުމަށްޓަކައި ބޭނުންވާ ރޯވަރ ސްކައުޓަށް ބޭޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މި ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 26 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން އެ އިއުލާނުގައި ވަނީ ސްކައުޓުގައި އުޅެފައި ނުވާ ފަރާތްތަކަށް ވެސް މި ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށެވެ.
ކެތިއަރާ ޖަމިއްޔާ އިން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މެ މަހުގެ 21 ވާ އާދިއްތަ ދުވަހުގެ އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ ހާރިސް މުހައްމަދު ފޯނު ނަމްބަރ 7676480 އަށް ގުޅައި، ނަން ނޯޓު ކުރުމަށް އެދޭ ކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ޖަމިއްޔާގެ ޚަޒާންދާރު ފިރާގު މުހައްމަދު ފޯނު ނަމްބަރު 7692878 އަށް ގުޅުމަށް ވަނީ އެދިފައެވެ.
ކެތިއަރާ ޖަމިއްޔާއަކީ ސްކައުޓުންގެ ގޮތުގައި މަސައްކަތްކުރާ މެންބަރުންތަކެއް ތިބި ޖަމިއްޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!