“މެޖެސްޓީ 62” ނަމަކަށް ކިޔާ ޔޮޓްގައި މިއަދު ރޯވި އަލިފާން އެއްކޮށް ނިއްވާލައިފިއެވެ. މި ހާދިސާ ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 07:37 ހާއިރު އެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކުއެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު އެތަނުގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އެ ޔޮޓްގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރެވުނީ، އެމްއެންޑީއެެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން […]
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޔާސީ ގޮތުން ބާރުވެރި ވުމަށް ރައްޔިތުން ވަނީ ހަރުދަނާ ބިންގަލެއް އަޅާފައި ކަމަށާއި، ދެންއޮތީ އެ ބިންގަލުގެ މައްޗަށް ސިޔާސީގޮތުން ނުފޫޒުގަދަ ރަށަކަށް ވުމުގެ މަސައްކަތް ކުރުންކަމަށާއި، އެކަން ކުރެވޭނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕޮޓެންޝިއަލް ހުރި އެ ރަށު މީހުންނަށް އެރަށު ރައްޔިތުން ފުރުސަތު ދީގެން ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް ފޭސްބުކްގައި ލިޔުއްވާފައިވާގޮތުގައި ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީސް އިންތިހާބުގައި...
ޔުމްނާ ޢަލީ
ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީި ރިޒްކާލްޓަން ފަރި ރިސޯޓް ކައިިރީގައި އޮތް ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ. އެހެންވެ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާގެ ރިފޯޓް ލިބިފައިވަނީ 07:37 ހާއިރު ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ. ސަފާރީގައި ތިބި ޓޫރިސްޓުންނާއި ކުރޫއިން އެހެން ލޯންޗަކަށް ނަގާފައިވާ ކަމަށާއި މީހަކަށް އެއްވެސް އަނިޔާއެއް ލިބުނު ކަމުގެ...
މުޙައްމަދު އަފްރާޙް
މާދަމާ ރޭ ހަނދުކޭތަ ހިފާތީ ކޭތަ ނަމާދު ކުރަން ނިންމައިފިއެވެ. ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލުގެ އިދާރާ އަދި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކަށް ފޮނުއްވި ސާކިއުލާ އެއްގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ހިނގާ އޮކްޓޯބަރު މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ރޭ ހަނދުކޭތައެއް ހިފާނެ ކަމަށެވެ. މި ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭގަޑިން އެރޭ 11:01 ގައި ކަމަށާއި ކޭތަ އެންމެބޮޑަށް ހިފާފައި ހުންނާނީ އެރޭ މެންދަމުން އަލިވެ، 1:14 ގައި ކަމަށެވެ. […]
މުޙައްމަދު އަފްރާޙް
އިންޑިއާ ސިފައިން ބޭލުމަށް މަސައްކަތް ކުރައްވަނީ އިންޑިއާއާ ޒާތީ ކަމެއް އޮވެގެން ނޫން ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމެރިކާގެ ބުލޫމްބާގް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. މުުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން އިންޑިއާގެ ހައިކޮމިޝަނާ ބައްދަލުކުރައްވަައި މިހައިތަނަށް ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށެވެ. އަދި ބޭނުންފުޅުވެވަޑައިގަންނަވަނީ ރާއްޖެ އަކީ ހަގީގީ މާނައިގައި ފުރިހަމަ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ މަސްވެރިކަންކުރި 5 މަސް ބޯޓު ފުރަން ހުއްދަދީފިއެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދަށް ވަދެ، ޤާނޫނާ ހިލާފަށް މަސްވެރިކަން ކުރަންއުޅުނު ބޭރުގެ 5 މަސްބޯޓެއް ދޫކޮށްލީ ޖޫރިމަނާ ފައިސާ ދެއްކުމުން ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ ޖޫރިމަނާ ދެއްކުމުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކޯސްޓް ގާޑުން ހިފެހެއްޓި ސްރީލަންކާގެ 5 މަސްބޯޓު ކަމަށާއި މިއިން ކޮންމެ ބޯޓެއް ވަނީ 1 ލައްކަ […]
މުޙައްމަދު އަފްރާޙް
ރާއްޖޭގައި އެންމެފަހުން ވުޖޫދުވި ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” ގެ މެމްބަރޝިޕް ޑްރައިވް ކެމްޕޭން މިއަދު އިފްތިތާހްކުރަން ނިންމައިފިއެވެ. ދަ ޑިމޮކްރެޓްސް އިން ބުނިގޮތުގައި އެ ޕާޓީގެ މެމްބަރޝިޕް ޑްރައިވް ކެމްޕޭން މިއަދު ވަނީ އިފްތިތާހްކުރުން ހަމަޖެހިފައެވެ. މި ހަރަކާތް އިފްތިތާހް ކުރުން އޮންނާނީ މިއަދު ހަވީރު 16:00 ގައި އެ ޕާޓީގެ މައި ހަރުގެ (ހައުސް އޮފް ޑިމޮކްރެޓްސް) ގައި ކަމަށް ވެސް އެ ޕާޓީން ބުނެއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް […]
ޔުމްނާ ޢަލީ
ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ. ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ތެރެއިން އިއްޔެ މި ޚިދުމަތް ފަށާފައި ވަނީ ގްރޭޓާ މާލޭ ސަރަހައްދަށެވެ. މިކަމަށްޓަކައި މާލޭގެ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި މިޚިދުމަތް ފައްޓަވާދެއްވީ ސިއްހަތާބެހޭ ވަޒީރު އަޙްމަދު ނަސީމެވެ. މި ޚިދުމަތާއި ގުޅޭގޮތުން ސިއްހަތާބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި މިޚިދުމަތް ތައާރަފް ކުރުމުގެ މައިގަނޑު މަޤްސަދަކީ މެޑިކަލް އެމަރޖެންސީތަކާއި އެކްސިޑެންޓްތަކުގާ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް ނަގާ އިތުބާރުނެތްކަމުގެ ވޯޓުގައި ނަޝީދު ވަކިކުރުމަށް ވޯޓުލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގުރޫޕު (ޕީޖީ ގްރޫޕް) އިން ތުރީލައިން ވިޕް ނެރެފި އެވެ. ތުރީލައިން ވިޕަކީ އޭގެ މައްޗަށް މެންބަރުން ޢަމަލުކުރަން ލާޒިމްކުރުވާ އުސޫލަކަށްވާއިރު، ނަޝީދު ވަކިކުރަން ތުރީލައިން ވިޕް ނެރުމަށް ފާސްވީ މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރު...
ޔުމްނާ ޢަލީ
ހަށިވިއްކި މައްސަލައެއްގައި ދެ މީހަކު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. މީގެ ހަތް އަހަރު ކުރިން ހަށިވިއްކި މައްސަލައެއްގައި ޖަލަށްލާން މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ ސ. ހިތަދޫ، ސްޕަންޖްގޭ މަރްޔަމް އަޝްފާ އާއި ނ. ވެލިދޫ، ގުލިސްތާނުގޭ އާއިޝަތު ރިޒްނާގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް އިއްވި ހުކުމުގެ ތަފުސީލީ ރިޕޯޓް ކޯޓުން އާންމެއް ނުކުރެ އެވެ. ނަމަވެސް ކޯޓުން ބުނީ ކުށް ސާބިތުވީ އެ […]
ހުސައިން ހަބީބް
މާލޭގައި އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭ ކަލާފާނު ސްކޫލް ކައިރީ އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައްސަލަ އިއްޔެ އެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން މި މައްސަލަ ތަހުގީގުކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. މާލޭގައި އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ފެންމަތިވެފައިވާއިރު، މާލޭގެ ކެނެރީ މަގުގައި ރޭ 22:00 ހާއިރު ވެސް ވަނީ މާރާމާރީއެއް ހިނގާފައެވެ. މި މައްސ...
ޔުމްނާ ޢަލީ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެލާ ދާއިރާގެ ކުރީގެ ރައީސް އަހްމަދު ޣާލިބު ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ކެލާ ދާއިރާއަށް ވާދަކުރުމަށް އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމާ އެކަން ޢިއުލާންކޮށްފިއެވެ. ޣާލިބާއެކު އޭނާ އަށް ތާއީދުކުރާ ޕިޕީއެމްގެ މެމްބަރުންތަކެއް މިހާރުގެ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އާ ގުޅުނީ މި އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. ކެލާ ދާއިރާގެ މަޖިލިސް 2024 އެމްޑީޕީގެ ޕްރައިމަރީގައި […]
ޔުމްނާ ޢަލީ
ސަރުކާރުން ހުޅުވައިލާފައިވާ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ މުއްދަތު ހަމަވި އިރު، ފްލެޓަށް 21،000 އަށްވުރެ ގިނަ ފޯމު އަދި ގޯއްޗަށް އެދި 19،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފިއެވެ. މި މުއްދަތު ހަމަވެފައިވަނީ މިއަދު މެންދުރު ފަހު 3 ޖެހިއިރުއެވެ. އެ ސްކީމްތަކުގެ ދެވަނަ ބުރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުށަހެޅީ 21،247 ފޯމު ހުށަހަޅާފައިވާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާން 19،347 ފޯމު ވަނީ ހުށަހަޅާފައެވެ. ގެދޮރުވެރިޔާ […]
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލީހުގެ 2024 ވަނައަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުށަހެޅިފައިވާ ޝަކުވާތަކަށް 2023 ނޮވެމްބަރު 5 ގެ ކުރިން، އީސީ އިން ގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅި ފަރާތްތަކަށް އީސީ އިން ނިންމާ ނިންމުން، ސަބަބާއެކު އަންގާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ދާއިރާ...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ސަރުކާރުގެ ހިއްސާއެއް ނެތް ކަމަށް އެ މައްސަލަ މޮނިޓާ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އައްބާސް ވިދާޅުވީ ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި، އެމަނިކުފާނާ ސިޔާސީ ގޮތުން ފިކުރު ތަފާތު […]
މުޙައްމަދު އަފްރާޙް