ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި އެންމެބޮޑަށް ވަކާލާތު ކުރައްވާ ދިވެއްސަކީ އަދާލަތު ޕާޓިގެ ރައީސް، ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ 2021 ވަނަ އަހަރު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލަށް ބޭއްވި ސައިކަލު ބުރު ހުއްޓުވުމަށްފަހު، އިޒްރާއީލުން ޣައްޒާ އަށް މިހާރު ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ނިކުތުމުން ފާޑުކިޔުން އަމާވެފައިވާ...
މުޙައްމަދު އަފްރާޙް
ސިވިލް ކޯޓު ގާޒީކަމަށް 15 ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ވިދާޅުވެއްޖެއެވެ. އެ ކޯޓަށް ގާޒީ އެއް ހޯދަން ޖޭއެސްސީން ޢިއުލާން ކުރީ މި އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އެ ޢިއުލާނަށް ސުން ގަޑި މިމަހުގެ 19ގައި ހަމަވިއިރު 15 ބޭފުޅަކު ކުރިމަތިލައްވާފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ. އިއުލާނުގެ މުއްދަތު ހަމަވި އިރު އެމަގާމަށް ކުރިމަތިލެއްވީ 17 ބޭފުޅުންނަކީ: މުހައަމަދު ނިޒާމް، މއ. މޮޑަންކޮމެޓް/މާލެ ނަފީލް މުހައްމަދު، ލަކީ ހޯމު/ގއ. […]
ޔުމްނާ ޢަލީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތެރޭގައި އަޑުގަދަ ކުރަމުންދިޔަ ޗައިނާ އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ވީއައިއޭ ތެރޭގައި އެހެން މީހުންނަށް އުނދަގޫކޮށް، ބޭއަދަބީ ޢަމަލުތައް ހިންގަމުން ދަނިކޮށް ހައްޔަރުކުރި ޗައިނާ އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. މި ހިނގާ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނައީ ވީއައިއޭ ތެރޭގައި އެހެން މީހުންނަށް އުދަނގޫވާ ގޮތަށް އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން...
މުޙައްމަދު އަފްރާޙް
އައިޖީއެމްއެޗް ކައިރީގައި ހަމަލާދީ މަރާލި ނޫރު އާދަމް ހަސަންފުޅުގެ މައްސަލާގައި ކުށް ސާބިތުވި ކުއްޖާގެ މައްޗަށް މަރުގެ އަދަބު ދެވެން ނެތުމުން އޭނާގެ މައްޗަށް އަލުން އަދަބު ކަނޑައަޅަން ހައި ކޯޓުން އަންގައިފި އެވެ. މާޗް، 2015 ގައި ގްރޫޕަކުން ގޮސް ނޫރު އާދަމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އެ ކުއްޖާ މަރަން […]
ހުސައިން ހަބީބް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް)އާ ގުޅޭ ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ފުލުހުން އެ އިދާރާއިގެ މައި އޮފީހަށް މިއަދު ވަދެއްޖެއެވެ. މާފަންނު ސްޓޭޑިއަމް ހުޅަނގުގައި ހުންނަ އެފްއޭމުގެ މައި އޮފީސް ”އެފްއޭއެމްހައުސް”ގައި ފުލުހުން ހަރަކާތެރިވަމުން އަންނައިރު، ފުލުހުން އެތަނަށް ވަދެފައި ވަނީ ފައިސާގެ ހިޔާނާތް ހިންގާފައިވާކަމަށް ތުހުމަތުކުރެވިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަކަށް ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައ...
ޔުމްނާ ޢަލީ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް ދެވަނަ ފަހަރަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ. އެޗްއާރުސީއެމުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް އަލުން ހުޅުވައިމިލީ، އެ ކޮމިޝަންގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ އަދަދަކަށް އެ މަޤާމަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އެޗްއާރުސީއެމްގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2023 އޮކްޓޫބަރ...
ޔުމްނާ ޢަލީ
3.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފިއެވެ. އެ އިދާރާ އިން ވިދާޅުވީ މިއީ ކުރިއާ އަދި އެއާކާގޯ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ 3 ޝިޕްމެންޓު ކަމަށެވެ. މީގެ ތެރެއިން ފުރަތަމަ ޝިޕްމެންޓް އަތުލައިގަނެފައިވަނީ މިދިޔަ ސެޕްޓެމްބަރ 27 ވަނަ ދުވަހު ކުރިއާ ސާވިސް މެދުވެރިކޮށް ޖަރުމަންވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނުމު...
މުޙައްމަދު އަފްރާޙް
މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސް ކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. މުއިއްޒު އެގޮތަށް ގޮވާލެއްވީ، ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ދެ ބިދޭސީއަކު މަރުވެފައިވަނިކޮށެވެ. މުއިއްޒު ވިދާޅުވީ މަކުނުދޫގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި ދެ މީހަކު މަރުވި ހަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށެވެ. މަކުނުދޫގައި އެފަދަ ހާދިސާއެއް ހިނގި އިރު، ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި މިދި...
މުޙައްމަދު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކުގައި އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ކަމަށް ބުނެ، އިންތިހާބީ ރައީސްގެ އޮފީހުން ދެއްކި ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ އެސްޓީއޯއަށް ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގައި ސޮއިނުކޮށް މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމ...
މުޙައްމަދު
ފަލަސްތީނުުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް ހަމަހިމޭން ހިނގާލުމެއް ބާއްވަައިފިއެވެ. ދިވެހި ޖަމިއްޔާއެއް ކަމަށްވާ “ރައިޓް މޫވްމަންޓް” އިން އިންތިޒާމުކޮށްގެން މާލޭގައި ރޭ ބޭއްވި މި ހިނގާލުމުގައި ގިނަ އަދަދެއްގެ މީހުންނާއި ކުޑަކުދިން ބައިވެރިވެފައިވާއިރު، މި ހިނގާލުމުގެ ބައިވެރިން ވަނީ އިސްރާއީލް ބޮއިކޮޓްކޮށް، ޕާސްޕޯޓް މަނާކުރުމަށް ގޮވައިލާފައެވެ. މީގެ އިތުރުން ތަފާތު އެކި ޝުއޫރުތައް ވަނީ ހާމަކޮށްފައެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބިކަމާއި އެމީހުން އެކަނިވެރ...
މުޙައްމަދު އަފްރާޙް
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރުމަށް ހިމަނުއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓު ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އާ ސަރުކާރުން ހިމަނަން ބޭނުންވާ ކަންކަން ހިމެނުމުގެ ފުރުސަތު މި ސަރުކާރުން ދީފައިވާ ކަމަށެވެ. އެގޮތު...
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމަށް ބަދަލުގެ ގޮތުގައި ގެ ދެ ރަށާއި ފަޅަކާއި 30 މިލިއަން ރުފިޔާ ދޭން އުޅޭތޯ ބެއްލެވުމަށް އޭނާ ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވައިފިއެވެ. ރައީސް އޮފީހަށް ރޮޒެއިނާ ފޮނުއްވި ސިޓީގައި ވަނީ އެ އޮފީހުގެ ބަދަލުދޭ ކޮމިޓީ އޭނާއަށް ގެއްލުމުގެ ބަދަލަކަށް 2 ރަށާއި ފަޅަކާއި 30 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ރާއްޖޭގެ އޮންލައިން ނޫހެއް ކަމުގައިވާ “ދެންމެ” ނޫހުގައި ލިޔެފައި އޮތުމުގެ […]
މުޙައްމަދު އަފްރާޙް
އިސްރާއީލުގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރަން އެގައުމުގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ. އެ މިނިސްޓްރީން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި އޮތީ “އިސްރާއީލާ ދެކޮޅަށް ރާއްޖޭގައި އޮތް މާހައުލު ވަރުގަދަވަމުންދާ” ކަމަށެވެ. އެހެންކަމުން އެ ގައުމުގެ ރައްޔިތުން މިވަގުތު ރާއްޖެ ޒިޔާރަތް ކުރުން ރަނގަޅު ނޫން ކަމަށް ބުނެފައި ވެއެވެ. މި ހިނގާ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަން ފެށި ގަތުލްއާންމާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ދިވެހިން ދަނީ...
މުޙައްމަދު އަފްރާޙް
މިއަހަރު ސެޕްޓެމްބަރު މަހު އޮތް ރިޔާސީ އިންތިޚާބުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ބަލިވާން މެދުވެރިވެ އެންމެ ބޮޑު ސަބަބަކީ ސަރުކާރުގެ ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން ކަންކުރިގޮތުން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ވެރިކަމުގައި ތިބެ އެމްޑީޕީން ނުކުތީ އެއް ބުރުން އިންތިޚާބު ކާމިޔާބު ކުރުމަށެވެ. އެމްޑީޕީގެ މުޅި ކެމްޕޭންގައި ވެސް އިސްކުރި މައި ގަނޑު އެއް އަޒުމަކީ އެޔެވެ. ނަމަވެސް...
ޔުމްނާ ޢަލީ
ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ގޮވައި ކުޅުދުއްފުށީގައި ހާލު ސީރިއަސްވި މީހާ އިތުރުފަރުވާ އަށް މާލެ ގެނެސްފިއެވެ. އޭނާ މާލެ ގެނެސްފައިވަނީ އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓުގައި މިއަދު ހަވީރުއެވެ. އަދި އޭނާއަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫ ގައެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެމީހާގެ ކަނާއަތް ވަނީ ވަރަށްބޮޑަށް ޒަހަމްވެފައެވެ. މިއީ އުމުރުން 37 އަހަރުގެ މީހެކެވެ. ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ގޮވައި ކުޅުދުއްފުށީ...
މުޙައްމަދު އަފްރާޙް