މަސްވެރިކަން ފުޅާކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ޅ. ރަތްރުއްހުރާގެ އިރުން 30 މޭލު ބޭރުގައި އަދި ބ. ތުޅާދޫ ހުޅަނގުން 10 މޭލު ބޭރުގައި އައު ދޮށީ ކަނދުފަތިތަކެއް އަޅައިފިއެވެ.

ޅ. ރަތްރުއްހުރާގެ އިރުން 30 މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅާފައިވަނީ އޮކްޓޯބަރ 31 ވަނަ ދުވަހުއެވެ. F11D01-02 ނަންބަރުގެ މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ 05°25.600’N އަދި 74°08.300’E އެވެ.

Ad
d

މީގެއިތުރުން، ބ. ތުޅާދޫ ހުޅަނގުން 10 މޭލު ބޭރުގައި މިއަދު ވަނީ ٻަވަ ކަނދުފަތި އަޅާފައެވެ. G08D01-01 ނަންބަރުގެ މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ 04°59.800’N އަދި 72°40.600’E އެވެ.

މި ދެ ކަނދުފަތި ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުތަކުގެ މަސްވެރިކަން އިތުރަށް ކުރިއަރައިގެން ދިއުން ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. މި ކަނދުފަތިތައް ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުތަކުގެ މަސްވެރިންނަށް، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

Ad
df

ކަނދުފަތި ޤާއިމްކުރުމާއި ވިއުގާ ބެލެހެއްޓުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނާނެ ކަމަށް ވުޒާރާއިން ބުނެއެވެ.

މިފަދަ ވަސީލަތްތަކުގެ ސަބަބުން މަސްވެރިންނަށް ކަނޑުމަތީގައި ހޭދަވާ ވަގުތާއި ހޭދަވާ ތެލުގެ މިންވަރު މަދުވެ، މަސްވެރިކަން ކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.