ރަސްމީ ބަންދު ދުވަހު މަސަައްކަތްކޮށްފިނަމަ، ހާޟިރީ އެލަވަންސް ލިބޭގޮތް ހަދައިފިއެވެ. މި ބަދަލު ގެނައީ މިނިސްޓްރީ އޮފް ފިނޭންސް އިން އާންމުކޮށްފައިވާ ދައުލަތުގެ ޕޭ ފްރޭމްވޯކްގެ އިސްލާހުގައެވެ. އެގޮތުން ސިވިލް ސާވަންޓުން ރަސްމީ މަސައްކަތު ދުވަހުގެ އިތުރުން، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަހު ޑިއުޓީ އުސޫލުން މަސައްކަތް ކުރާނަމަ، ހާޟިރީ އެލަވަންސް ދޭންޖެހޭ ގޮތަށް މިހާރުވަނީ ޕްރޭމްވޯކް ގައި ހިމަނާފައެވެ. އެހެން ނަމަވެސް، އިސްލާހުގައިވާ ގޮތުގައި، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި...
މުޙައްމަދު އަފްރާޙް
ދުނިޔެއަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ހުނަރު އިތުރުކުރަން މަސައްކަތް ކުރުން މުހިންމު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، ވިލާ ނޯޓިކާ ރިސޯޓުގައި މިއަދު ފެށި “ކޯޗިންގ މާސްޓަރ ކްލާސް” ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު ހެނދުނު ކުރިއަށް ދިޔަ މިރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ހަލުވި ދުވެއްޔާއި އެކު ބަދަލުވަމުން އަންނަ ދުނިޔޭގައި،...
ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުވާ މީހަކު ދޫކޮށްލުމުގައި ދައުލަތުގެ އިހުމާލުތައް ފޮރުވަން “މަލަން އަޅަން” ހައި ކޯޓަށް އަންނަނީ ކަމަށް ބުނެ ހައި ކޯޓުގެ ހޫނު ހަމަލާތަކެއް ދައުލަތަށް އަމާޒުކޮށްފި އެވެ. މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލީ ފަސް އަހަރު އެ މީހާގެ ކުށުގެ ރެކޯޑެއް ނެތުމުން ކަމަށް ބުނެ އެވެ. އެ މީހާ ހައްޔަރުކުރި ކޮޓަރިން، މަސްތުވާތަކެތި ކިރަން ބޭނުންކުރާ ކަށްޓާ އާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ […]
ހުސައިން ހަބީބް
ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފިއެވެ. މިއަދުގެ ޖަލްސާ ހެނދުނު 9 ޖެހިއިރު ފެށުމަށް ނިންމާފައިވީނަމަވެސް ގަޑިޖެހުނުއިރުވެސް ކޯރަމް ހަމަވާ ވަރަށް ތަޅުމުގައި މެމްބަރުން ނެތުމުގެ ސަބަބުން މެމްބަރުން ހަމަވޭތޯ ގާތްގަނޑަކަށް 10 މިނެޓު ވަނީ މަޑުކޮށްފައެވެ. އެހެންނަމަވެސް ޖަލްސާގެ ކޯރަމް ހަމަވާ މިންވަރަށް މެމްބަރުން ހަމަވެފައި ނުވާތީ މިއަދުގެ ޖަލްސާ ވަނީ ނިންމައިލާފައެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ކޯރަމް ބެލް ޖެހުމަށް ފަ...
މުޙައްމަދު އަފްރާޙް
އއ. އުކުޅަހުގައި ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ފަރާތުން އަޅާ ސިޓީ ހޮޓާ 2025 ވަނަ އަހަރުގެ އޭޕްރީލްގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އުކުޅަހުގައި ސިޓީ ހޮޓަލެއް އެޅުމަށް ކާނި ހޮޓެލްސް އާއި އެ ރަށު ކައުންސިލާ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ނޮވެމްބަރު މަހުގެ 22 ގައެވެ. އެ ރަށުގައި ސިޓީ ހޮޓަލެއް އެޅުމަށް ކާނި ހޮޓެލްސް އަށް ލިބުނީ އޯޕަން ބިޑެއް ކާމިޔާބުކޮށްގެންނެވެ. ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ސީއީއޯ އަދި […]
މުޙައްމަދު
ކުންފުނީގެ އެއްވެސް މުހިންމު ލިޔެކިޔުމެއް ނައްތާނުލައި ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވިދާޅުވެއްޖެއެވެ. އެ ކުންފުނިން މިހެން ވިދާޅުވީ އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ކ. ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ ނެރުއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި ވިދާޅުވެފައިވަނީ އެކުންފުނީގެ މުހިންމު އެއްވެސް ލިޔެކިއުމެއް ކުންފުނިން ނައްތާލާފައި ނުވާނެ ކަމަށާއި ނައްތާލާފައިވަނީ ގިނަދުވަސްވެފ...
މުޙައްމަދު އަފްރާޙް
މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަން މިއަދު އިއުލާން ކުރައްވައިފިއެވެ. ނަރީޝް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށެވެ. މާލޭގެ މޭޔަރު ކަމުގެ ޒިންމާއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ވާގިފުޅާ އެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ނިންމަވާފައިވާ ކަމަށެ...
މުޙައްމަދު
ބައެއް މުއައްސަސާތަކުން ލިޔެކިޔުންތައް ނައްތާލާތީ އެކަން ހުއްޓުވައިދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ. އެ ކޮމިޝަނުން އެ ކަމަށް އެދިފައި މިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް، ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ކ. ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެފައި ވަނިކޮށެވެ. އަދި އަދި ސަރުކާރުގެ އެހެން ބައެއް މުއައްސަ...
މުޙައްމަދު އަފްރާޙް
އިސްތިއުމާރީ ޒަޔަނިސްޓް އިސްރާއީލުން ހައްދުފަހަނާ އަޅާފައިވާ އަނިޔާއާއި ކުރިމަތިވެފައިވާ ފަލަސްތީނަށް ނ. ކެނދިކުޅުދޫ ރައްޔިތުންގެ ފަރާތުން 124،400 ރުފިޔާ ހަދިޔާ ކޮށްފިއެވެ. އޮކްޓޫބަރު 7 ގައި ފަލަސްތީނުގެ ހަމާސްގެ މުޖާހިދުން ފަލަސްތީނުގެ މިނިވަންކަމުގެ ދިފާއުގައި ދިން ކުއްލި ހަމަލާތަކަށްފަހު އަނިޔާވެރި އިސްރާއީލުން އަންނަނީ ފަލަސްތީނުގެ އިމާރާތްތައް ފުނޑުފުޑުކޮށް ކުށެއްނެތް މައުސޫމް އެތައް ކުޑަކުދިންނާއި އެކި އުމުރުގެ މީހުން ޝަހީދުކޮށް ލާއިންސާނީ އަނިޔާވެރިކަން ހިންގަމުންނެވެ. ފަލަސްތީނުގެ މުސްލި...
ޔުމްނާ ޢަލީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އދ. ގައި ތަގްރީރު ކުރައްވަން ކުރެއްވި ދަތުރުފުޅުގެ ހަރަދާއި ދަތުރުގެ ތަފްސީލުތައް ހާމަކުރަން އެންގި މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ. އދ. ގައި ތަގްރީރު ކުރެއްވުމަށް ރައީސާއި ދައުލަތުގެ އިސް ބޭފުޅުންގެ ވަފުދެއް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކާއި ތަފްސީލު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން އޮތީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. އެ […]
ހުސައިން ހަބީބް
ދިވެހި ރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނާ ޚިލާފަށް ބައެއް މުއައްސަސާ ތަކުން ލިޔެކިޔުން ނައްތާލާ މައްސަލަ ބެއްލެވުމަށް ދިވެހި ފުލުހުންނަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަހްމަދު ތޯރިގު މިއަދު ގޮވާލައްވައިފިއެވެ. ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ މީސް މީޑިއާގައި އާންމުވެފައެވެ. އަދި ސަރުކާރުގެ އެހެން ބައެއް މުއައްސަސާތަކުން ވެސް ލިޔުންތައް ނައްތާލަމުން އަންނަކަ...
ޔުމްނާ ޢަލީ
ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން “ބިންވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމާއި، “ގެދޮރުވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމަށް ހުޅުވާލާފައިވާ ފުރުސަތު މާދަމާ ހަމަވާނެއެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި، ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 ގޯއްޗަށް ވަނީ ހުޅުވާލާފައެވެ. މި ފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގިރާވަރު އުތުރުފަޅުންނެވެ. މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. ގޯތ...
ޔުމްނާ ޢަލީ
އަލްމަރްޙޫމް ސަމަރުބުލޫ އިބްރާހިމް މަނިކަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް އިންޤިލާބީ އެތައް ބަދަލުތަކެއް ގެނެސްދެއްވި ވަރަށް ޚިދުމަތްތެރި ބޭފުޅެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ބޭއްވި ތަޢުބީނުގެ ޖަލްސާގައި ރޭ ދެއްކެވި ވާހަކަފުގައެވެ. ވެރިރަށް މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ސަމަރު ބްލޫ އިބްރާ...
ޔުމްނާ ޢަލީ
ރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ދާއިމީ ހުއްދަ ހޯދަން ފުރިހަމަކުރަން ޖެހޭ ބާ އިމްތިހާނުގައި މި އަހަރު 149 ދަރިވަރުން ބައިވެރިވެ އިމްތިހާނު ފުރިހަމަކޮށްފިއެވެ. އެ ކައުންސިލުން ނެރުއްވި ނުސްބަޔާނެއްގައި ވިދާޅުވެފައިވަނީ މި އިމްތިހާނު ފަރުމާކޮށްފައިވާނީ ރާއްޖޭގެ ބާ ކައުންސިލް އަދި އިނގިރޭސި ވިލާތުގެ ސޮލިސިޓާސް އިމްތިހާނު ކުރާ ކެޕްލާން ފައިނޭންޝަލް ލިމިޓެޑާ ގުޅިގެން ކަމަށެވެ. މާލޭގައި ބޭއްވި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 99.33 ޕަސެންޓު ދަރިވަރުން އިމްތިހާނަށް ހާޟިރުވެފައިވާ ކަމަށާއި މި އިމްތި...
މުޙައްމަދު އަފްރާޙް
އަންނަ 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ހުރިހައި ގޮނޑިއަކަށް ވާދަކުރުމަށް ނިންމައިފިއެވެ. އެ ޕާޓިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ މަަޖިލީހުގެ 93 ގޮނޑިއަށް ވާދަކުރުމުގެ މަސައްކަތް އެޕާޓީން ކުރާނެ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލިހުގެ ދާއިރާތައް 76 ދާއިރާއަށް މަދުކޮށް، މަޖިލިސް އިންތިހާބު ކ...
މުޙައްމަދު އަފްރާޙް