މާދަމާ ރޭ ހަނދުކޭތަ ހިފާތީ ކޭތަ ނަމާދު ކުރަން ނިންމައިފިއެވެ.

ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލުގެ އިދާރާ އަދި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކަށް ފޮނުއްވި ސާކިއުލާ އެއްގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ހިނގާ އޮކްޓޯބަރު މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ރޭ ހަނދުކޭތައެއް ހިފާނެ ކަމަށެވެ.

Ad
rt

މި ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭގަޑިން އެރޭ 11:01 ގައި ކަމަށާއި ކޭތަ އެންމެބޮޑަށް ހިފާފައި ހުންނާނީ އެރޭ މެންދަމުން އަލިވެ، 1:14 ގައި ކަމަށެވެ.

މީގެ އިތުރުން ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން އެރޭ މެންދަމުން އަލިވެ، 3:26 ގައި ކަމަށް ވެސް އެ ވުޒާރާ އިން ވަނީ ވިދާޅުވެފައެވެ.

އެހެންވެ، މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ހުންނަ އެންމެބޮޑު މިސްކިތުގައި އޮކްޓޯބަރު 23 ވާ ހޮނިހިރު ދުވަހުގެ ރޭ މެންދަމުން އަލިވެ 1:15 ގައި ކޭތަނަމާދު ކުރެވޭނޭ އިންތިޒާމު ކައުންސިލު އިދާރާތަކުން ހަމަަޖައްސައި ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި ކޭތަ ނަމާދުގެ ހުތުބާ 23 އޮކްޓޯބަރު ދުވަހުގެ ހެނދުނު އެ ވުޒާރާގެ ވެބްސައިޓަށް އަޕްލޯޑު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.