ހަށިވިއްކި މައްސަލައެއްގައި ދެ މީހަކު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މީގެ ހަތް އަހަރު ކުރިން ހަށިވިއްކި މައްސަލައެއްގައި ޖަލަށްލާން މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ ސ. ހިތަދޫ، ސްޕަންޖްގޭ މަރްޔަމް އަޝްފާ އާއި ނ. ވެލިދޫ، ގުލިސްތާނުގޭ އާއިޝަތު ރިޒްނާގެ މައްޗަށެވެ.

Ad
rt

އެ ދެމީހުންގެ މައްޗަށް އިއްވި ހުކުމުގެ ތަފުސީލީ ރިޕޯޓް ކޯޓުން އާންމެއް ނުކުރެ އެވެ. ނަމަވެސް ކޯޓުން ބުނީ ކުށް ސާބިތުވީ އެ ދެމީހުން ވެސް ޝަރީއަތުގައި ދައުވާއަށް އިންކާރު ކުރިޔަސް, ދައުލަތުން ހުށަހެޅި ހެކިތަކުން ކަމަށެވެ.

އެ ކުށުގެ އުގޫބާތެއްގެ ގޮތުންއެ ދެމީހުން ކުރެ ކޮންމެ މީހަކު ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކުރީ ކަމަށް ކޯޓުން ބުންޏެވެ.