ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީި ރިޒްކާލްޓަން ފަރި ރިސޯޓް ކައިިރީގައި އޮތް ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ.
އެހެންވެ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ހާދިސާގެ ރިފޯޓް ލިބިފައިވަނީ 07:37 ހާއިރު ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ.
ސަފާރީގައި ތިބި ޓޫރިސްޓުންނާއި ކުރޫއިން އެހެން ލޯންޗަކަށް ނަގާފައިވާ ކަމަށާއި މީހަކަށް އެއްވެސް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ނުލިބޭކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!