މޫސުން ގޯސްނަމަ، އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގައި ކަމަަށް އެ އިދާރާ އިން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ މޫސުން ގޯސްވެ، އިންތިހާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ނުބޭއްވިއްޖެނަމަ، ދެން ބާއްވާނީ ރައްޔިތުންގެ މަޖިލީހުގައި ކަމަށެވެ. މުއިއްޒުގެ އެދިވަޑައިގަތުމަށް އެމަނިކފާނު ހުވާ ކުރައްވާ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމުގެ ތައްޔާރީތައ...
މުޙައްމަދު އަފްރާޙް
އިސްރާއީލުގެ ޔަހޫދީން އއ. މަތިވެރިއަށް އެރުން ހުއްޓުވައިދިނުމަށް އެދި ދައުލަތުގެ އިދާރާތަކަށް އެ ރަށު ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން މިގޮތަށް ގޮވައިލީ އެރަށު ހުރިހައި ކައުންސިލަރުންގެ އިއްތިފާގުން ނެރުއްވާފައިވާ ގަރާރެއްގައެވެ. އެ ގަރާރުގައި މުސްލިމުންގެ މުޤައްދަސް ބިމަށް އަރައިގަނެ، މުސްލިމް އަޚުންނާއި އުޚުތުންނަށް އަނިޔާ ދެމުންދާ ޔަހޫދީ އިސްތިޢުމާރީންނަށް މަތިވެރީގެ ވެށިން އަމާންކަންކަމާއި ހިޔާވަހިކަން ދޭކަށް އެއްވެސް ރައްޔިތަކު ނޭދޭ ކަމަށް ވަނީ ބުނެފައެެވެ. އަދި އެއީ އެރަށުގެ ސަ...
މުޙައްމަދު އަފްރާޙް
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ. މި ބަޖެޓުގެ ޖުމްލަ އަކީ 49.5 ބިލިއަން ރުފިޔާ އެވެ. އެ ވުޒާރާ އިން މަޖިލީހަށް އިއްޔެ ފޮނުއްވާފައިފައި ބަޖެޓަކީ މި އަހަރުގެ ބަޖެޓާ އަޅާބަލާ އިރު، 200 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމުން މި އަހަރުގެ ބަޖެޓް 49.3 ބިލިއަން ރުފިޔާއަށް އަރާއިރު، އަންދާޒާ ކުރައްވާފައިވަނީ މި އަހަރު ނިމޭއިރު ދައުލަތުގެ ހަރަދު 47 ބިލިއަން […]
މުޙައްމަދު އަފްރާޙް
ދަތިކަމުގެ ތެރޭން ކާމިޔާބީޔާބީއަށް ވާސިލްވި ޅ. ނައިފަރު ބައެއް މީހުންގެ ހަޔާތުގެ ވާހަކަތަކުގެ މައްޗަށް، އެރަށު މަދްރަސަތުލް އިފުތިތާހުގެ ގްރޭޑް 10 ގެ ދަރިވަރަކު ލިޔުނު ފޮތުގެ ކޮޕީއެއް ތައުލީމީ ވަޒީރު ޑރ. އައިޝަތު އަލީ އަށް ހަދިޔާ ކޮށްފިއެވެ. މި ފޮތް ލިޔެފައިވަނީ އެ ސްކޫލުގެ ގްރޭޑް 10 ގައި ތައުލީމު ހާސިލުު ކުރަމުންދާ ދަރިވަރު، އަޙްމަދު ޝަޔާން އަންވަރު އެވެ. އޭނާގެ މި ފޮތަކީ ދަތި އުނދަގޫތަކާއެކު ވެސް ކާމިޔާބީއާ ހަމައަށް ވާސިލުވި، ނައިފަރުގެ […]
މުޙައްމަދު އަފްރާޙް
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް މިއަދު ބާއްވާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ކުރިއަށް ގެންދަން އުޅެނީ ގަވާއިދާ ޚިލާފަށްކަމަށް ވިދާޅުވެ މަޖިލީހުގައި ތިއްބަވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން އިހުތިޖާޖު ކުރަންފަށައިފިއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށްމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން، 49 މެންބަރުންގެ ސޮޔާއި އެކު އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާއިރު، މި މައްސަލާގެ ނޯޓިސް ނަޝީދަށް ފޮނުވާފައި ވަނީ 1...
ޔުމްނާ ޢަލީ
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މާލީ ވަޒީރު އިބްރާހީމް އަމީރު ވަޑައިނުގެންނެވުމަށް ނިންމަވައިފިއެވެ. ދައުލަތުގެ ބަޖެޓު މިއަދުގެ ޖަލްސާ އަށް ހުށައެޅުމަށް އެޖެންޑާކޮށްފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ހުށައަޅާފައިވަނިކޮށެވެ. އެހެންކަމުން ފިނޭންސް މިނިސްޓަރު ވަނީ ބަޖެޓު މަޖިލީހަށް ހުށައެޅުމާއި ގުޅޭގޮތުން ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާ ހޯއްދަވާފައެވެ. އަދި ނިންމެވީ މަޖިލީހަށް ބަޖެޓު ހުށައެޅުމ...
މުޙައްމަދު އަފްރާޙް
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ދަރިފުޅާއެކު ސައިކަލުގައި ވަޑައިގަންނަވަނިކޮށް މީހަކު މަރުގެ އިންޒާރު ދީފިއެވެ. މޫކޭ ރޭ 21:30 ގައި މީހެއްގެ ފޮޓޯ ”އެކްސް”ގައި ހިއްސާކުރައްވަމުން ލިޔުއްވާފައިވާ ގޮތުގައި އެ މީހާ ވަނީ މޫކޭ ދަރިފުޅާއެކު ސައިކަލުގައި ވަޑައިގަންނަވަނިކޮށް އަވުގުރާނަ ގޮވައި، މާރާމާރީ ހިންގާފައެވެ. ”އަދި ދަރިފުޅާއި އަޅުގަނޑު މަރާލާނެ ކަމަށްބުނެ އިންޒާރުވެސް ދީފައި” މޫކޭ ވިދާޅުވެފަވެއެވެ. މީނާ ވަނީ މިއަދު ހަވީރު އަޅުގަނޑު ދަރިފުޅާއި...
ޔުމްނާ ޢަލީ
ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޕީޖީ އޮފީސް 10،000ރ. އިން ޖޫރިމަނާ ކުރަން މެޖިސްޓްރޭޓް ކޯޓަކުން ހުކުމްކޮށްފި އެވެ. ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ޖިނާއީ މައްސަލައަކާ ގުޅިގެން ބައެއް މައުލޫމާތު ހާމަކުރަން އެ ކޯޓުން އެންގި އެންގުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދުކުރި އެވެ. ނަމަވެސް ޕީޖީން އެގޮތަށް އަމަލެއް ނުކުރެ އެވެ. ފޭދޫ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ތަކުރާރުކޮށް ފުރުސަތު ދިނުމުން ވެސް ޕީޖީން އެ އަމުރަށް އަމަލު ކޮށްފައިނުވާތީ އެއީ […]
ހުސައިން ހަބީބް
ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، ޔާމީން އަބުދުލްޤައްޔޫމަށް މިހާރު ލިބެންދާ ހުރިހާ ލުއިތަކެއްގެ ޝުކުރު ހައްގުވަނީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކަމަށް މަޑަވެލިދާއިރާގެ ކުރީގެ މެންބަރު، ޕީޕީއެމްގެ ސެނެޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މުއާޒް މިހެން ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި ރިޔާސީ ގަނޑުވަރު، މުލިއާގޭގައި ވަރަށް ސީނިއާކޮށް މަސައްކަތް ކުރެއްވި ބޭފުޅަކު ރައީސް ޔާމީން ގޭކޮޅަށް ބަދަލު ކުރެއްވުމާއި ގުޅިގެން ރައީސް ޞާލިޙަށް ޝުކުރު އަދާ...
ޔުމްނާ ޢަލީ
އިޙްތިރާމަކީ އެންމެ ދުވަހަކުން ލިބޭނެ އެއްޗެއް ނޫންކަމަށާއި، އިޙްތިރާމު ހޯދުމަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާތައް ތެދުވެރިކަމާއެކު އަދާކުރުމަށް ނައިބު ރައީސް ފައިޞަލް ނަޞީމް އިލްތިމާސް ކުރައްވައިފިއެވެ. ނައިބު ފައިޞަލް ނަޞީމް މި އިލްތިމާސް ކުރެއްވީ، މިއަދު މެންދުރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކުރިއަށްގެންދިޔަ ފަހި މުސްތަޤްބަލް ސްޕީކަރ ސީރީސް 2023ގައި ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ އިޙްތިރާމަކީ އެންމެ ދުވަހަކުން ލިބޭނެ އެއްޗެއް...
ޔުމްނާ ޢަލީ
އިންތިގާލީ މަރުޙަލާގައި ދައުލަތުގެ ހަރު މުދަލާއި ފައިސާއާގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ގާނޫނީ އިންތަކުގެ ތެރެއިން ކަންކަން ކުރިޔަށް ގެންދިޔުމަށާއި އިންތިގާލީ މަރުހަލާގެ ރޫހަށް އިހުތިރާމުކުރުމަށް އިންތިގާލީ އޮފީހުން އިލްތިމާސް ކުރައްވައިފިއެވެ. އެ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާއަކީ އާ ސިޔާސަތުތަކަކަށް ރައްޔިތުން އާނބަސް ބުނެ، އާ ސަރުކާރަކަށް ދައުލަތުގެ ކަންކަން ހަވާލުކުރުމަށް ނިންމި ނިންމުމާ ގުޅިފައިވާ މަރުޙަލާ ކަމަށެވެ. އަދި މި...
މުޙައްމަދު އަފްރާޙް
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް 22 މިލިއަން ރުފިޔާ އަށް ސިފައިންގެ ވެލްފެއާ ކުންފުންޏާ ހަވާލުކޮށްފިއެވެ. މުއިއްޒާއި ހުސެއިން ހުވާ ކުރައްވާ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް 3،000 އަށް ވުރެ ގިނަ މީހުންނަށް ދައުވަތު ދިނުމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ނިންމައިފައެވެ...
މުޙައްމަދު
ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔަކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފިއެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމާއި އިސް ގާޒީ ކަން ވެސް ކުރެއްވި އަދި ރާއްޖޭގައި ހިނގައިދިޔަ ބޮޑެތި ބައެއް މައްސަލަތައް ފަނޑިޔާރެއްގެ ހައިސިއްޔަތުން ބެއްލެވި ޝަކީލް ރިޓަޔާ ކުރައްވަން ޖޭއެސްސީ އަށް ހުށަހެޅި ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް އެ ކޮމިޝަނުން ނުނިންމައެވެ. ފަނޑިޔާރަކު އަމިއްލަ އަށް ރިޓަޔަކުރައްވަން ހުށަހެޅުއްވިޔަސް، ރިޓަޔާ ވެވޭނީ ކޮމިޝަނުން އެގޮތަށް ފާސްކޮށްފި...
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ މިއަދު ބަލައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ފުރަތަމަ އެޖެންޑާކުރީ އިއްޔެއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބުދ...
ޔުމްނާ ޢަލީ
ކޮންސްޓްރަކްޝަން ދާއިރާ އަށް ހާއްސަ ވުޒާރާ އެއް އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ރޭ ބޭއްވި ހަފުލާއެއްގައި އެމަނިކުފާނު ވިދާޅުވީ އެ ދާއިރާ އަށް ހާއްސަ ވުޒާރާއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އެ ދާއިރާ އަށް އެއްބާރުލުން ކުރިއަރުވަން ކުރެވޭނެ ކަންކަން އެބަހުރި ކަމަށާއި އެގޮތުން އަބަދު އެހެން މިނިސްޓްރީއެއްގެ ދަށުގައި […]
މުޙައްމަދު އަފްރާޙް