ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ މަސްވެރިކަންކުރި 5 މަސް ބޯޓު ފުރަން ހުއްދަދީފިއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދަށް ވަދެ، ޤާނޫނާ ހިލާފަށް މަސްވެރިކަން ކުރަންއުޅުނު ބޭރުގެ 5 މަސްބޯޓެއް ދޫކޮށްލީ ޖޫރިމަނާ ފައިސާ ދެއްކުމުން ކަމަށެވެ.
އެ މިނިސްޓްރީން ވިދާޅުވީ ޖޫރިމަނާ ދެއްކުމުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކޯސްޓް ގާޑުން ހިފެހެއްޓި ސްރީލަންކާގެ 5 މަސްބޯޓު ކަމަށާއި މިއިން ކޮންމެ ބޯޓެއް ވަނީ 1 ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ ބޯޓެއް 1 ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައިވަނީ އެ ބޯޓުތަކުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން މަސް ބާނާފާއި ނުވިނަމަވެސް ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދަށް ގަވައިދާ ހިލާފަށް ވަނުމުން ކަމަށެވެ.
އެހެންކަމުން ޖޫރިމަނާގެ ގޮތުގައި ޖުމުލަ 5 ލައްކަ ރުފިޔާ ވަނީ ދައުލަތަށް ދައްކާފައެވެ.
2019 ވަނަ އަހަރު ފާސްކޮށްފައިވާ މަސްވެރިކަމުގެ އައު ގާނޫނު އައިފަހުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދަށް ވަދެ ގާނޫނާ ހިލާފަށް މަސްވެރިކަންކޮށްފައިވާ ބޭރުގެ 20 މަސްބޯޓެއްގެ މައްސަލަ ބަލައި އެ އުޅަނދުތައް ޖޫރިމަނާ ކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދަށް ވަދެ ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުމަކީ ގާނޫނީ ކުށަކަށްވާއިރު، ދާ ޖަހައިގެން މަސްވެރިކުރުމާއި، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި، އެންވެރިކަން ފިޔަވައި، ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުމާއި ގޮވާއެއްޗެއް ނުވަތަ ވިހައެއް ނުވަތަ ކެމިކަލްއެއް ބޭނުންކޮށްގެން ވެސް މަސްވެރިކަން ކުރުމަކީ މަސްވެރިކަމުގެ ގާނޫނާ ހިލާފުވާކަންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!