ކޮންސްޓްރަކްޝަން ދާއިރާ އަށް ހާއްސަ ވުޒާރާ އެއް އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ރޭ ބޭއްވި ހަފުލާއެއްގައި އެމަނިކުފާނު ވިދާޅުވީ އެ ދާއިރާ އަށް ހާއްސަ ވުޒާރާއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އެ ދާއިރާ އަށް އެއްބާރުލުން ކުރިއަރުވަން ކުރެވޭނެ ކަންކަން އެބަހުރި ކަމަށާއި އެގޮތުން އަބަދު އެހެން މިނިސްޓްރީއެއްގެ ދަށުގައި […]
މުޙައްމަދު އަފްރާޙް
ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ދޫކުރުމުގެ ފުރަތަމަ ފިޔަވަހީގައި ގޯތި ލިބުނު މީހުންނަށް ލިޔުން ހަވާލުކޮށް ގޯތި ދޫކުރުމުގެ މަސައްކަތްތައް އަމާޒު ހިފާފައިވާ ތާރީހަށް ނިންމައިލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ ހަވާލާދީ ރާއްޖޭގެ ބައެއް އޮންލައިންތަކުގައި ބުނެފައި ވަނީ ސަރުކާރުން އިއުލާންކޮށްފައިވާ ތާރީހަށް ނިމޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ގޯތި ދޫކުރުމާއި ގުޅޭ މަސައްކަތްތައް...
މުޙައްމަދު އަފްރާޙް
އަންނަ 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ އަންހެނުންނަށް އެހީތެރިކަން ދިނުމަށް ވިޔަފާރިވެރިންގެ ކިބައިން އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިސްނަގައިގެން ދިވެހި ވިޔަފާރިވެރިންތަކެއް ބައިވެރިވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވީހާ ވެސް ގިނަ އަންހެނުންނަށް ރައްޔިތުންގެ މަޖިލިހުން ފ...
މުޙައްމަދު އަފްރާޙް
ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ލިސްޓެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފިއެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި މިވަގުތު އެ ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ހުރިހައި އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓު އާންމުކޮށްފައިވާ ކަމަށެވެ. މި ހިނގާއޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އާންމުކުރި މި ލިސްޓާއި ގުޅޭގޮތުން އޭނާ އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހައި އެންމެންގެ މަ...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، ޔާމީން އަބުދުލްޤައްޔޫމްގެ ގޭ ބަންދަށް ދިން ލުޔާއެކު ޕާޓީ އޮފީހަށް ވަޑައިގެން ރޭ ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފިއެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އޮކްޓޯބަރު 1 ވަނަ ދުވަހު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް ފުރަތަމަ ވެސް އެދިވަޑައިގެންފައި ވަނީ އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވ...
ޔުމްނާ ޢަލީ
އިންތިގާލީ މަރުހަލާގެ ތެރޭގައި އާބަންކޯ އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އެފަދަ މަސައްކަތެއް ނުކޮށް، މަޑުޖައްސާލަން އިންތިހާބީ އޮފީހުން މިއަދު ގޮވާލައިފިއެވެ. އިންތިހާބީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ބަދަލުވަމުންދާ މި މަރުހަލާ ހިނގަމުންދާ ދަނޑިވަޅުގައި އާބަންކޯ އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެ...
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ޝަރީއަތް އަވަސް ކުރަން ވަކި ހާއްސަ ކަމެއް ނުދެވޭނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބު ވިދާޅުވެއްޖެ އެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ގޮއްވާލި ބޮމުގެ މައްސަލާގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، އިސްހާގައި، […]
ހުސައިން ހަބީބް
ފަލަސްޠީނުގެ މައްސަލައަކީ އަޅުގަނޑުމެން ދިވެހިންގެ ލެއާއި ހިތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް ކަމަށާއި، އެ ރައްޔިތުންނަށްޓަކައި އަޑުއުފުލައި، ހެޔޮ ދުޢާކޮށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބެއްކަމަށް މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ފުވައްމުލައް ސިޓީކައުންސިލް ގުޅިގެން ފަލަސްޠީނާ ގުޅޭ ގޮތުން ބޭއްވި ”ފަލަސްޠީން ފޯރަމް” ގައި ދެއްކެވި ވާ...
ޔުމްނާ ޢަލީ
ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާޙީމް ނަސީމް، ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ. މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލިސް މެންބަރުކަން ކުރައްވަމުން އައި ނަސީމް ޕީއެންސީއަށް ސޮއިކުރެއްވިކަން ހާމަކުރީ، ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ޕީއެމުން ”އެކްސް”ގައި ކުރި ޕޯސްޓެއްގައެވެ. ނަސީމް ޕީއެންސީއާއި ގުޅިވަޑައިގެން އޭނާގެ މެންބަރޝިޕް ފޯމު ހަވާލުކުރައްވާފައި ވަނީ ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އާއެވެ. Rayyithunge Majlis ge Thu...
ޔުމްނާ ޢަލީ
ފަލަސްތީނުގެ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އިން ކުރިއަށް ގެންދާ ”ޣައްޒާ އެމާޖެންސީ ރިލީފް 2023” ފަންޑަށް 23 މިލިއަން ރުފިޔާ އާއި 13000 ޑޮލަރު ލިބިއްޖެއެވެ. އައިއޭސީ މި ފަންޑަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަނީ ފައިސާ ފޮނުވާފައެވެ. އޭގެ ތެރޭގައި އަމިއްލަ ފަރުދުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ރަށްރަށުންނާއި، ސިޓީތަކުންނާއި އެކި މުއައްސަސާތަކުން ވެސް ވަނީ އެހީގެ ފައިސާ މި ފަންޑަށް ފޮނުވާފައެވެ. އައިއޭސީން ވަނީ 28 އޮކްޓޯބަރުގެ ނިޔަލަށް އެ […]
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމްގެ ބަންދަށް އިތުރު ލުއިތަކެއް ރޭ ދީފިއެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އޮކްޓޯބަރު 1 ވަނަ ދުވަހު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް ފުރަތަމަ ވެސް އެދިވަޑައިގެންފައި ވަނީ އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، ކުރީގެ ރައީސް ޔާމީން […]
ޔުމްނާ ޢަލީ
މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރު ކުރުމަށް ހަދާފައިވާ ހައިވޭގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތައް ނަގައި އެކެއް ނޫނީ ދެ ރަށުގައި އެ ތަކެތި ހަރު ކުރަން ނިންމާފައިވާ ކަމަށް އިންތިހާބީ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ސެންޓްރަލް ޕާކްގައި އޮތް ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މާލެ އިން ހުޅުމާލެ އަށް އަންނަ އިރު ހައިވޭ […]
މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާތާ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުން ދޭ ގޮތަށް ބަދަލު ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ސެންޓްރަލް ޕާކްގައި އޮތް ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ދޭން ޖެހޭ ހުޅުމާލެ މުނިސިޕަލްގެ ހިދުމަތްތައް އާބަންކޯ އިން ދެމުން އަންނާތީ އެކަން ބަދަލު ކުރުމަކީ އެމަނިކުފާނު...
މުޙައްމަދު
ފަލަސްތީނަށް އެހީވުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުންމަތީ ދެމިތިބުމަށް އަދާލަތު ޕާޓީ އިން ގޮވައިލައިފިއެވެ. އެ ޕާޓީ އިން މިހެން ގޮވައިލީ ކޮށްފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ަވނީ ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން އުޅޭ ސިޙްޔޫނީން ޣައްޒާއިން ފެނާއި، ކާނާއާއި، ބޭސްފަރުވާ އަދި ކަރަންޓާއި މުވާޞަލާތީ ޚިދުމަތް ކަނޑައިލުން ކުށްވެރިކޮށްފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޤަތުލުޢާންމު ހައްދުންނެއްޓިފައިވާ މިދަނޑިވަޅުގައި ފަލަސްޠީނުގެ މުސްލިމުންނާއި ޤުދުސް...
މުޙައްމަދު އަފްރާޙް
އިދިކޮޅު ޕީޕީއެމްގެ ނަމުގައި ފޭކް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. ޕީޕީއެމްގެ ނަމުގައި ރެއިން ފެށިގެން މީހުންގެ ފޯނުތަކަށް ފޮނުވަމުން ދަނީ، ޕެކޭޖް ޑެލިވަރީގެ ހިދުމަތް ދޭ ޑީއެޗްއެލްގެ ލިންކެއް ހިމެނޭ މެސެޖެކެވެ. ޕެކެޖް ޑެލިވާ ނުވަނީ ފައިސާ ނުދައްކާތީ ކަމަށާއި، ލިންކަށް ވަދެ އެކަން ފުރިހަމަ ކުރުމަށް މެސެޖުގައި ބުނެފައިވެއެވެ. ޕީޕީއެމުން ބުނީ އެ ސްޕޭމް މެސެޖުތަކެއް ކަމަށާއި އޭގައި ހިމެނޭ ލިންކަށް ނުވަނުމަށް އެދޭ ކަމަށެވެ. ޑީއެޗްއެލްގެ ޕެކޭޖަކަށް ފައިސާ […]
މުޙައްމަދު