Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
284 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

މެމްބަރުން ވޯޓުލީގޮތް ނުހިމަނާ، ނައިވާދޫ ކައުންސިލުގެ ނިންމުންތައް އާންމުކުރަން ނިންމައިފި
Thiladhunmathi News

މެމްބަރުން ވޯޓުލީގޮތް ނުހިމަނާ، ނައިވާދޫ ކައުންސިލުގެ ނިންމުންތައް އާންމުކުރަން ނިންމައިފި

ހދ. ނައިވާދޫ ކައުންސިލުން ނިންމާނިންމުންތައް ވަކިން ލިޔެލުމަށްފަހު ހުރިހާ މެމްބަރުންގެ ސޮއިއާއިއެކު ވޯޓްލީގޮތް ނުހިމަނާ އާންމުކުރަން އެ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ 27 މެއި 2021 ގައި ބޭއްވި އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. މިނިންމުން މިގޮތައް ނިންމާފައިވަނީ ކީއްވެތޯ “ތިލަދުން” ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު މުޙައްމަދު ވިދާޅުވެފައިވަނީ ކައުންސިލުގެ...

ލެޓްވިއާ ބޮޑުތަފާތަކުން ބަލިކޮށް ޖަރުމަނު ޔޫރޯއަށް ތައްޔާރު
Sports

ލެޓްވިއާ ބޮޑުތަފާތަކުން ބަލިކޮށް ޖަރުމަނު ޔޫރޯއަށް ތައްޔާރު

ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރި ކަމުގެ ފަހު މެޗުގައި ލެޓްވިއާ އަތުން 7-1 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެ އެ ޓީމުން ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފުރިހަމައަށް ތައްޔާރު ވެއްޖެއެވެ. މުޅި މެޗުގައި ވެސް ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި އެކަނި ވެސް ފަސް ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗުގައި ޖަރުމަނުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ […]

ދިއްދޫގެ ލޮބުވެތި ރައްޔިތުންނާއި މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކަށް އަތޮޅު ހޮސްޕިޓަލުގެ ޝުކުރު!
Thiladhunmathi News

ދިއްދޫގެ ލޮބުވެތި ރައްޔިތުންނާއި މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކަށް އަތޮޅު ހޮސްޕިޓަލުގެ ޝުކުރު!

ހއ. އަތޮޅު ވެރިރަށް ދިއްދޫގައި ކޯވިޑް ބަލިމަޑުކަން ފެތުރި ގިނައަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވް ވުމާއި ގުޅިގެން ބަލިމަޑުކަމުން އަރައިގަތުމަށް، ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން ކުރެވުނު މަސައްކަތުން، ބަލިމަޑުކަން ކޮންޓްރޯލް ކުރެވުމާއި ގުޅިގެން އެ މަސައްކަތަށް ރަށުގެ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި އަދި ރައްޔިތުންދެއްވި އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ހޮސްޕިޓަލުން މިއަދު އާންމުކޮށްފައިވާ ލިޔުމުގައި ވިދާޅުވެފައި ވަނީ މި ބަލިމަޑުކަމު...

ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީން ފަންޑަށް 47849 ރުފިޔާ
Thiladhunmathi News

ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީން ފަންޑަށް 47849 ރުފިޔާ

ހދ.ވައިކަރަދޫގައި ހުރި މުއައްސަސާތަކުގެ މުވައްޒަފުން އިސްނަގައިގެން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހިންގި ފަންޑްރައިޒް ހަރަކާތުން 47849.50 (ސާޅީސް ހަތްހާސް އަށްސަތޭކަ ސާޅިސް ނުވަރުފިޔާ ފަންސާސްލާރި) ލިބިއްޖެއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 02 ޖޫން 2021 އިން 05 ޖޫން 2021 ގެ ނިޔަލަށެވެ. މި ހަރަކާތް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާއިރު، މި ހަރަކާތުގެ ދަށުން ވަނީ އެ ރަށުގެ ހަތަރު މުއައްސަސާއެއްގައި ފަންޑްފޮށި ބަހައްޓާފައެވެ. އެ މުއައް...

ފިނޭ ވީއެސްއާރުސީން އިންތިޒާމް ކޮށްގެން ފަލަސްތީނަށް އެހީވުމަށް ހާއްސަ ހަރަކާތެއް
News

ފިނޭ ވީއެސްއާރުސީން އިންތިޒާމް ކޮށްގެން ފަލަސްތީނަށް އެހީވުމަށް ހާއްސަ ހަރަކާތެއް

ހދ. ފިނޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއްކަމުގައިވާ ވީއެސްއާރުސީގެ ފަރާތުން އިންތިޒާމް ކޮށްގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހާއްސަ ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން ވީއެސްއާރުސީގެ ވައިސް ޕްރެޒިޑެންޓް ހުސެއިން ނާޝިދު ބުނެފައިވަނީ މި ހަރަކާތް ކުރިއަށް ގެންދިމަށް ރާވާފައިވަނީ ހަތް ދުވަހުގެ މުއްދަތަކަށް ކަމަށެވެ. މި ހަރަކާތުގައި ބޭނުންކުރެވޭ ފަންޑުފޮށި ކޮންމެ ދުވަހެއްގެ ހަވީރު ރަށުގެ އެ...

ކޭއާރުއެޗްގައި އަނެއްކާވެސް ކާމިޔާބު ބޮޑު އޮޕަރޭޝަނެއް، 2.4 ކިލޯ ސިސްޓެއްނަގައި ތާރީޚުގެ ތެރެއަށް!
Thiladhunmathi News

ކޭއާރުއެޗްގައި އަނެއްކާވެސް ކާމިޔާބު ބޮޑު އޮޕަރޭޝަނެއް، 2.4 ކިލޯ ސިސްޓެއްނަގައި ތާރީޚުގެ ތެރެއަށް!

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ވިހަންއައި މާބަނޑު އަންހެނެއްގެ އޯވަރީގައި އުފެދިފައިވާ ބޮޑު ސިސްޓެއް ނެގުމަށްޓަކައި އެ ހޮސްޕިޓަލުން ތާރީޚީ އަދި ކާމިޔާބު ބޮޑު އޮޕަރޭޝަނެއް ކޮށްފިއެވެ. ރ. އަތޮޅު ހުޅުދުއްފާރުން ކޭއާރުއެޗްއަށް ވިހެއުމަށް އައި މާބަނޑު އަންހެން މީހާގެ ވާތްފަރާތު އޯވަރީގައި އުފެދިފައިވާ ސިސްޓުގެ ދިގުމިނުގައި 24 ސެންޑިމީޓަރު، ފުޅާމިނުގައި 20 ސެންޓިމީޓަރު އަދި ބަރުދަނުގައި 2.4 ކިލޯ (2400 ގުރާމް) ހުރިއިރު، މިއީ އޯވަރީގައި އުފެދިފައިވާ މިފަދަ ބޮޑު ސިސްޓެއް ނެގުމަށްޓ...

ތިލަދުންމަތީ ހުނަރުވެރިން: "ވުމެން ވޯލްޑް ޗެމްޕިއަނަކަށް" ވުމަކީ ލައިސާގެ ހުވަފެނެއް!
Report

ތިލަދުންމަތީ ހުނަރުވެރިން: "ވުމެން ވޯލްޑް ޗެމްޕިއަނަކަށް" ވުމަކީ ލައިސާގެ ހުވަފެނެއް!

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ، ބްލިސް، މަރިޔަމް ލައިސާ އަބްދުއްރަޝީދަށް ޗެސްއަކީ ކުޅިވަރެއްކަން އެނގިފައިވަނީ ވެސް މީގެ ހަތަރު އަހަރެއްހާ ދުވަހުގެ ކުރިންނެވެ. 2017 ވަނަ އަހަރުއެވެ. ދެ ކުލައިގެ ގޮޅިތަކެއް ޖަހާފައިވާ ބޯޑެއް ބުކްޝޮޕުން ފެނުނުއިރު އެއީ ކީއްކުރާ ކޯޗެއްކަން ވެސް އޭނާއަށް ނޭނގުނެވެ. ނަމަވެސް ބުކްސޮޕުން އެ ފެނި ގަންނަން ޝަޢުޤު އުފެދުނެވެ. މިއީ މި ކުޅިވަރުގެ ތެރެއަށް ވަދެވެން މެދުވެރިވި ފުރަތަމަ ސަބަބެވެ. ލައިސާއަކީ ކަންކަން ދަސްކުރުމަށް ވަރަށް ޝަޢުޤު ހުންނަ ކުއްޖެކެވެ. ވުމާއެކު […]

އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުޞަތު ޤައުމީ ބެޑްމިންޓަން ކުޅުންތެރިޔާ ނާބާހާއަށް
Sports

އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުޞަތު ޤައުމީ ބެޑްމިންޓަން ކުޅުންތެރިޔާ ނާބާހާއަށް

މި އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގައި ވާދަކުރުމުގެ ފުރުޞަތު ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާޤް (ނަބާހާ) އަށް ލިބިއްޖެއެވެ. ޓްރައިޕާޓައިޓް ސްލޮޓެއްގައި ނަބާހާއަށް އޮލިމްޕިކްސްގެ ޖާގައެއް ލިބިގެން ގޮސްފައިވާއިރު، ނަބާހާ ވެގެން ގޮސްފައިވަނީ ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުޞަތު ރާއްޖެއިން ހޯދި ފުރަތަމަ އަންހެން ކުޅުންތެރިޔާއަށެވެ. މީގެކުރިން ބެޑްމިންޓަނުން އޮލިމްޕި...

ފަލަސްތީނު ފަންޑަށް ހަނިމާދޫއާއި ކުމުންދޫން 87325 ރުފިޔާ
Thiladhunmathi News

ފަލަސްތީނު ފަންޑަށް ހަނިމާދޫއާއި ކުމުންދޫން 87325 ރުފިޔާ

ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދިޔަ އުދުވާންގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކަށް އެހީތެރިވުމުގެ ގޮތުން ހދ. ހަނިމާދޫއާއި ހދ. ކުމުންދޫގައި ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ. އެގޮތުން އެދެރަށުގައި ހިންގުނު ހަރަކާތުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބެހެއްޓުނު ފަންޑުފޮށިތަކުން 87325.7 (އައްޑިހަ ހަތްހާސް ތިންސަތޭކަ ފަންސަވީސް ރުފިޔާ ހަތްދިހަ ފަސް ލާރި) ލިބިފައިވެ އެވެ. ހަނިމާދޫގައި...

މާލޭގެ ބައެއް މިސްކިތްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި
Raajje

މާލޭގެ ބައެއް މިސްކިތްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން މާލޭ ސަރަހައްދުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ނަމާދުކުރުން ހުއްޓުވާފައި އޮތްއޮތުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިމުން ގެނެސްފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ މާލޭ ސަރަހައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތެއްގައި ވަކިވަކިން ނަމާދުކުރުމުގެ ހުއްދަދީ، އެ މިސްކިތްތަކުގައި ވުޟޫކުރުމާއި ފާހާނާ ކުރެވޭނޭ އިންތިޒާމް ހަމަޖައްސާފައެވެ. މިކަމާއި ގުޅިގެން އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ ކ...

ރެއާލްގެ ކޯޗަކަށް އަނެއްކާވެސް އެންޗެލޯޓީ
International

ރެއާލްގެ ކޯޗަކަށް އަނެއްކާވެސް އެންޗެލޯޓީ

2013 ވަނަ އަހަރުން 2015 ވަނަ އަހަރަށް ރެއާލްއަށް ކޯޗުކޮށްދިން ކާލޯ އެންޗެލޯޓީ އަނެއްކާވެސް ރެއާލުގެ ކޯޗަކަށް ހަމަޖައްސައިފިއެވެ. އެންޗެލޯޓީ ރެއާލްގެ ކޯޗުކަމާއި ހަވާލުވުމުގެ ފުރުޞަތު ލިބުމާއިއެކު އޭނާ ކޯޗުކޮށްދެމުން އައި ޕްރިމިއާ ލީގުގެ ޓީމެއް ކަމަށްވާ އެވަޓަންގެ ކޯޗުކަމުން ވަނީ އަންގާރަ ދުވަހު ވަކިވެފައެވެ. އެންޗެލޯޓީ ވަނީ އެވަޓަންއިން ވަކިވެފައި މިވަނީ 18 މަސްދުވަހު އެ ޓީމަށް އިރުޝާދު ދިނުމަށް ފަހުއެވެ. އެންޗެލޯޓީ ރެއާލާއި މިފަހަރު ހަވާލުވެފައި މިވަނީ ތިން އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ […]

އައިޖީއެމްއެޗް އީއާރުގައި ފަރުވާދެމުންދިޔަ 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
Raajje

އައިޖީއެމްއެޗް އީއާރުގައި ފަރުވާދެމުންދިޔަ 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) ގެ އިމަޖެންސީ ރޫމަށް މިރޭ ގެންދިޔަ 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިކުއްޖާ ވަނީ ކޯވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިއީ ހދ. ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. މިއާއި އެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިވަނީ 170 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން ވެސް ގިނައިން ނިޔާވަމުން އައިސްފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ. މިއީ މި ބަލީގައި […]

ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރ: ރަށަށް ފޫނުބެދޭވަރު ގެއްލުމެއް ވެދާނެ!
Thiladhunmathi News

ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރ: ރަށަށް ފޫނުބެދޭވަރު ގެއްލުމެއް ވެދާނެ!

ހދ. ހަނިމާދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރ ރަސްމީކޮށް ހުޅުވާފައިވަނީ 31 މާޗް 2019 ގައެވެ. އެ ސެންޓަރު ރަސްމީކޮށް ހުޅުއްވައި ދެއްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހެވެ. އެދުވަސްވަރު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ތިލަދުން މައްޗަށް ކުރެއްވި ދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގެން އެ ސެންޓަރ ރަސްމީކޮށް ހުޅުއްވައި ދެއްވި ނަމަވެސް އެތަނުގައި ޚިދުމަތް ދޭން ފަށާފައިވަނީ އޭގެ އެތައް ދުވަހެއް ފަހުންނެވެ. ހަނިމާދޫގައި...

އެސްޓީއޯގެ އެހީގައި ބައިނަލްއަގުވާމީ ފެންވަރުގެ މެރިޓައިމް ކޯހެއް ހެދުމުގެ ފުރުސަތު ހުޅުވާލައިފި
Business

އެސްޓީއޯގެ އެހީގައި ބައިނަލްއަގުވާމީ ފެންވަރުގެ މެރިޓައިމް ކޯހެއް ހެދުމުގެ ފުރުސަތު ހުޅުވާލައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން، އެސްޓިއޯގެ ފުލް ސްކޮލަޝިޕްގެ ދަށުން ބައިނަލް އަޤުވާމީ ފެންވަރުގެ މެރިޓައިމް ކޯހެއް ފުރިހަމަ ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެސްޓިއޯއިން ހުޅުވާލާފައިވާ މި ފުރުޞަތުގައި ފުރިހަމަ ކުރުމަށް ފުރުޞަތު ލިބިގެނަދާ ކޯހަކީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ޤަބޫލްކުރާ ފެންވަރުގެ ސެޓްފިކްޓެއް ލިބޭ ކޯހެކެވެ. މި ކޯހުގެ ނަމަކީ “ޕްރޮފިޝެންސީ ބޭސިކް އޮއިލް އެންޑް ކެމިކަލް ޓޭންކާ އޮޕަރޭޝަ...

ޔޫރަޕްގެ ޗެމްޕިއަންކަން ޗެލްސީއަށް
Sports

ޔޫރަޕްގެ ޗެމްޕިއަންކަން ޗެލްސީއަށް

ޔޫރަޕްގެ ކުލަބްތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ޗެލްސީން ހޯދައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ޕޯޗުގަލްގެ ޕޯޓޯގެ އެސްޓާޑިއޯ ޑޮ ޑްރާގޯ ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗު ޗެލްސީން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިން މެންޗެސްޓާ ސިޓީ ބަލިކުރުމަށް ފަހުއެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ގިނަ […]