ކޮޕާ އެމެރިކާ: ބްރެޒިލްއާއި ކޮލަމްބިއާއަށް މޮޅެއް
ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް ފުޓުބޯޅަ މުބާރާތް ކަމަށްވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މި މުބާރާތް ހޯމަ ދުވަހު ބްރެޒިލްގައި ފަށާފައިވާއިރު މުބާރާތް ހުޅުވި މެޗުގައި ބައްދަލު ކޮށްފައިވަނީ ގްރޫޕް ބީގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލްއާއި ވެނެޒުއޭލާއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ބްރެޒިލުންނެވެ. ބްރެޒިލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑު […]