ޔުވެންޓަސްގެ ކޯޗަކަށް އަނެއްކާވެސް އެލެގްރީ
ޔުވެންޓަސްގެ ކޯޗުގެ މަގާމުގައި ހުރި އަންދުރޭ ޕިރްލޯ އެ މަޤާމުން ވަކިކޮށް، އެ މަޤާމަށް ޔުވެންޓަސްއަށް ކުރިންވެސް ކޯޗުކަން ކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ މަސިމިލިއާނޯ އެލެގްރީ ހަމަޖައްސައިފިއެވެ. އުމުރުން 42 އަހަރުގެ ޕިރްލޯ ޔުވެންޓަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ނިމިދިޔަ ސީޒަން ފެށެން ކުޑަތަން ވެފައިވަނިކޮށް އޭރުގެ ކޯޗަކަށްހުރި މައުރީޒިއޯ ސައްރީ ވަކިކުރުމަށް ފަހުއެވެ. ޕިރްލޯ ޔުވެންޓަސްއާއި ހަވާލުވިއިރު އެ ޓީމްވަނީ ވިދިވިދިގެން ނުވަ ފަހަރު ސީރިއާ އޭގެ ތަށި ކާމިޔާބު ކޮށްފައެވެ. ނަމަވެސް...