ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން، އެސްޓިއޯގެ ފުލް ސްކޮލަޝިޕްގެ ދަށުން ބައިނަލް އަޤުވާމީ ފެންވަރުގެ މެރިޓައިމް ކޯހެއް ފުރިހަމަ ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެސްޓިއޯއިން ހުޅުވާލާފައިވާ މި ފުރުޞަތުގައި ފުރިހަމަ ކުރުމަށް ފުރުޞަތު ލިބިގެނަދާ ކޯހަކީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ޤަބޫލްކުރާ ފެންވަރުގެ ސެޓްފިކްޓެއް ލިބޭ ކޯހެކެވެ.
މި ކޯހުގެ ނަމަކީ "ޕްރޮފިޝެންސީ ބޭސިކް އޮއިލް އެންޑް ކެމިކަލް ޓޭންކާ އޮޕަރޭޝަން ޓްރެއިނިން" އެވެ. މި ކޯސް ފުރިހަމަ ކުރުމުން ކޮންމެކަހަލަ ތެޔޮ ޓޭންކަރެއްގައި ވެސް މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިގެންދާނެއެވެ.
އެސްޓީއޯ އަބަދުވެސް ފާހަގަ ކުރެވެނީ އެކިދާއިރާތަކުން މީހުން ބިނާކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުނ އަންނަ ކުންފުންޏެއްގެ ގޮތުގައެވެ.
މިގޮތުން ބަލައިލާއިރު މީގެކުރިން އެ ކުންފުނީގެ ޚަރަދުގައި ރާއްޖޭގައި ވަނީ ގިނައަދަދެއްހެ ފާމަސިސްޓުން ވެސް ތަމްރީން ކޮށްފައެވެ.
މި ކޯހަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކޯހަށް އެދި ހުށަހަޅާ ފޯމާއި އަދި ބޭނުންވާ އެހެނިހެން ލިޔެކިޔުންތަކާއިއެކު އެސްޓީއޯއަށް މެއިލް ކުރަމުން ގެންދިއުމަށް އެ ކުންފުނިން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!