އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) ގެ އިމަޖެންސީ ރޫމަށް މިރޭ ގެންދިޔަ 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިކުއްޖާ ވަނީ ކޯވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިއީ ހދ. ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ.
މިއާއި އެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިވަނީ 170 އަށް އަރާފައެވެ.
މި ބަލީގައި ރާއްޖެއިން ވެސް ގިނައިން ނިޔާވަމުން އައިސްފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި ފުރަތަމަ ކުއްޖާއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ ނިޔާވެފައިވަނީ 12:10 ހާއިރު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. އެ ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުގައި ވެސް މަޢުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!