Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,683 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޖަލަށް، 23 ފޯނާއި މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި
Raajje

ޖަލަށް، 23 ފޯނާއި މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި

މާފުށި ޖަލަށް އެތެރެ ކުރަން އުޅުނު 23 ފޯނާއި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ޖަލަށް ވެއްދުން މަނާތަކެތި ޖަލަށް ވައްދަން މަސައްކަތްކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ. މާފުށި ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުށި ޖަލަށް ވައްދަން  އުޅުނު ފޯނުތަކަކާއި  މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 41 އަހ...

ޖަޕާނުން ރާއްޖެއަށް ދޭ އެންމެ ބޮޑު މާލީ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފި
Raajje

ޖަޕާނުން ރާއްޖެއަށް ދޭ އެންމެ ބޮޑު މާލީ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކޯވިޑް-19 އާ ގުޅިގެން ޖަޕާނުން ރާއްޖެއަށް ދޭން ނިންމި 723 މިލިއަން ރުފިޔާ (47.5 މިލިއަން އެމެރިކާ ޑޮލަރު) ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އެކްސްޗޭންޖް އޮފް ނޯޓްސް އަކީ ލޯނުގެ ރަސްމީ އެއްބަސްވުމުގެ ކުރިން ދެ ގައުމުގެ މެދުގައި ލޯން އެއްބަސްވުމާ ގުޅޭ ގޮތުން ސޮއިކުރެވޭ ލިޔުމެވެ. މިއީ މިހާތަނަށް ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދޭ އެންމެ ބޮޑު އެހީކަން ފާހަގަކޮށްލެވެއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން މި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި […]

ޅ އަތޮޅުން 5 ސަރަހައްދެއް ހިމާޔަތްކުރުމަށް ނިންމަވައިފި
Raajje

ޅ އަތޮޅުން 5 ސަރަހައްދެއް ހިމާޔަތްކުރުމަށް ނިންމަވައިފި

ފާދިއްޕޮޅު (ޅ.އަތޮޅު) ން ފަސް ސަރަހައްދެއް ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރައީސް ޞާލިޙް މިގޮތަށް ނިންމެވީ މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކުގަ އެވެ. މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ހިމާޔަތް ކުރެއްވުމަށް ނިންމެވި 5 ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާ...

އެމްއާރުޑީސީގެ ކުރީގެ 4 ބޯޑު މެންބަރަކަށް ދައުވާ ކުރަން ފޮނުވައިފި
Raajje

އެމްއާރުޑީސީގެ ކުރީގެ 4 ބޯޑު މެންބަރަކަށް ދައުވާ ކުރަން ފޮނުވައިފި

މަގުތައް ހެދުމަށް ޑރ. ވަހީދުގެ ސަރުކާރުގައި އުފަށްދަވައި، ހިންގަމުންއައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް (އެމްއާރްޑީސީ) 4 ބޯޑު މެންބަރެއްގެ މަށްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ. މިގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ހަތަރު ބޯޑު މެންބަރުންގެ މަށްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ 2014 ވަނަ އަހަރު އެމްއާރުޑީސީއަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތަށް، ލޭންޑިންގ ކްރާފްޓް ގަންނަ އަގުގެ %50 އަށްވާ […]

ރަސްމާދޫ އިންޖީނުގެއާއި، އޮފީސް އިމާރާތުގެ %55 މަސައްކަތް ނިމިއްޖެ
Raajje

ރަސްމާދޫ އިންޖީނުގެއާއި، އޮފީސް އިމާރާތުގެ %55 މަސައްކަތް ނިމިއްޖެ

ފެނަކައިން ރ. ރަސްމާދޫގައި އިމާރާތް ކުރަމުންދާ އެ ކުންފުނީގެ ރަސްމާދޫ ފެނަކަ ބްރާންޗްގެ އައު އޮފީހާއި، އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަޝްރޫޢުގެ %55 މަސައްކަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ. ފެނަކައިން ބުނީ ރަސްމާދޫ އިންޖީނުގެ ރަށު މެދުގައި ހުރުމުގެ ސަބަބުން ރައްޔިތުން ތަހައްމަލު ކުރަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އައު އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލުކޮށް، އައު އޮފީސް އިމާރާތް ބިނާ ކުރުމުގެ މަޝްރޫޢުގެ %55 ފުރިހަމަ ކުރެވިފައިވާ ކަަމަށެވެ. […]

ޝިޕިންގ ޤަވާޢިދު އުވާލުމުން މިނިސްޓަރ ނަހުލާގެ މައްސަލަ އޭސީސީއަށް
Raajje

ޝިޕިންގ ޤަވާޢިދު އުވާލުމުން މިނިސްޓަރ ނަހުލާގެ މައްސަލަ އޭސީސީއަށް

ދިވެހި ރާއްޖޭގެ ޝިޕިން އެޖެންސީގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު އުވާލުމުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ. ޝިޕިންގ އެޖެންސީތަކާއި ވިޔަފާރިވެރިންގެ ތެރެއިން 70 ފަރާތް ސޮއިކޮށް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި މިނިސްޓަރ ނަހުލާއަށް ކުރާ ތުހުމަތަކީ، ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ހުށަނާޅުއްވައި ގަވާއިދު އުވާލެއްވީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައި ދެއްވަން ކަމެވެ. އެކި ވިޔަފާރިތަކުގައި އިސްކޮށް އުޅޭ ގިނަ ބަ...

އިންޑިއާގެ ކޯވިޑް ހާލަތު: ކޮންޓްރޯލްނުވެ، ޢަދަދު 6 މިލިއަނުން މަށްޗަށް
International

އިންޑިއާގެ ކޯވިޑް ހާލަތު: ކޮންޓްރޯލްނުވެ، ޢަދަދު 6 މިލިއަނުން މަށްޗަށް

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19އަށް އަވަށްޓެރި އިންޑިއާއިން 6 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، މަރުވި މީހުންގެ ޢަދަދު ލައްކަ އަކާއި ކައިރި ކޮށްފިއެވެ. މިގޮތުން އިއްޔެއާއި ހަމައަށް އިންޑިއާއިން ވަނީ 6,143,019 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި 96,351 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ. އިންޑިއާއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދު ހަ މިލިއަނަށްވުރެ އިތުރުވިއިރު، އިއްޔެ އެކަނިވެސް އެ ޤައުމުން ވަނީ 69,671 މީހުން މި ބަޔަށް ޕޮޒިޓިވް ވެފައެވެ. އަދި މިމަހުގެ […]

13 ރަށެއްގެ ބޮޑު ދަނޑުގައި ޓާފް އަޅަން ހަވާލުކޮށްފި
Raajje

13 ރަށެއްގެ ބޮޑު ދަނޑުގައި ޓާފް އަޅަން ހަވާލުކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ ތެރެއިން 13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ. ރަށްރަށުގައި ފުޓްބޯޅަ ކުޅޭ ބޮޑެތި ދަނޑުތަކުގައި ޓާފް އެޅުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ހިންގަމުންދާ މަޝްރޫޢުތަކުގެ ދަށުން މިފަހަރު މަސައްކަތް ހަވާލުކުރި 13 ރަށުގައި ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވީއޭއެމްކޯ) އާއެވެ. މިކަމަށް ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއ...

އަޚްލާޤީ، އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ދީނީ ޢިލްމުވެރިންގެ އެހީތެރިކަން ބޭނުންވޭ: ނައިބު ރައީސް
Raajje

އަޚްލާޤީ، އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ދީނީ ޢިލްމުވެރިންގެ އެހީތެރިކަން ބޭނުންވޭ: ނައިބު ރައީސް

މުޖުތަމަޢަށް ކުރިމަތިވެފައިވާ އަޚްލާޤީ އަދި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ދީނީ ޢިލްމުވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން އާލާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއިއެކު އިއްޔެ ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި އެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އިއްޔެ ހަވީރު...

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަގްސަދަކީ، ބޮޑެތި ބޯޓުތައް އައިސް އެ އެއާޕޯޓު ފުރާލުން: ޝާހިދު
Raajje

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަގްސަދަކީ، ބޮޑެތި ބޯޓުތައް އައިސް އެ އެއާޕޯޓު ފުރާލުން: ޝާހިދު

ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަގްސަދަކީ، ބޮޑެތި ބޯޓުތައް އައިސް އެ އެއާޕޯޓު ފުރާލުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު އަލަށް ފެށި ކޯގާ ބޯޓުގެ ފުރަތަމަ ދަތުރުގެ ބޯޓު ބަނދަރުކުރުން ފާހަގަކުރަން އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ “އެގޮތުން ކާގޯ ބޯޓަށް ފަހު، ހދ. ހަނިމާދޫ އެއާޕޯޓު ބޮޑުކޮށް، ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ” ކަމަށާއި “މަގްސަދަކީ، […]

ފައިނު އިންޖީނުގޭގެ %91، ކިނޮޅަސް އިންޖީނުގޭގެ %40 މަސައްކަތް ނިމިއްޖެ
Raajje

ފައިނު އިންޖީނުގޭގެ %91، ކިނޮޅަސް އިންޖީނުގޭގެ %40 މަސައްކަތް ނިމިއްޖެ

ރ. ފައިނު އައު އިންޖީނުގެއާއި، އިންޖީނުގޭގެ އައު އޮފީސް އިމާރާތުގެ %91 އަދި ރ. ކިނޮޅަސް އައު އިންޖީނުގެ އިމާރާތުގެ %40 މަސައްކަތް ނިމިއްޖެ ކަމަށް ފެނަކައިން ބުނެފިއެވެ. މި ގޮތުން ފެނަކައިން ބުނީ ރ. ފައިނުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން އިމާރާތް ކުރެވެމުންދާ އައު އިންޖީނުގެއާއި، އިންޖީނުގޭގެ އޮފީސް އިމާރާތުގެ %91 ވަނީ ފުރިހަމަ ކުރެވިފައި ވާ ކަމަށެވެ. މީގެ އިތުރުން އެ އަތޮޅު ކިނޮޅަސް އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ […]

ކާގޯ ފެރީއާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް
Raajje

ކާގޯ ފެރީއާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު މިއަދު ފެށުނު ކާގޯ ފެރީ ދަތުުރުތަކާއެކު ދެ ގައުމުގެ އެކުވެރިކަން އިތުރަށް ބަދަހިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ތާރީޚީ ފުރަތަމަ ދަތުރުގައި ކުޅުދުއްފުށީގައި އެ ފެރީ ބަނދަރު ކުރީ މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ. “މި ދަތުރުތަކާއެކު ރާއްޖެެ-އިންޑިއާގެ އެކުވެރިކަން އިތުރަށް ބަދަހިވެ ގައުމަށް އިތުރު ކުރިއެރުން އަންނާނެ އެވެ،” ކާގޯ ފެރީގެ ފުރަތަމަ ދަތުރާ ގުޅިގެން ރައީސް ޞާލިޙް ކުރެއ...

ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައި ދިޔުމާ ގުޅޭގޮތުން ހޭލުންތެރި ކުރުމަށް ވެބިނާއެއް ބާއްވައިފި
Raajje

ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައި ދިޔުމާ ގުޅޭގޮތުން ހޭލުންތެރި ކުރުމަށް ވެބިނާއެއް ބާއްވައިފި

ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާއި، އެފަދަ ކަންކަމާ ގުޅޭ ޚަބަރާއި މަޢުލޫމާތު މުވާސަލާތުކުރުމުގައި ބައިނަލްއަޤުވާމީ ގޮތުން ގެންގުޅޭ އުޞޫލުތަކަށް ދިވެހި މީޑިއާ އަހުލުވެރިކޮށް، ބާރުވެރިކުރުވުމަށް ވެބިނާއެއް ބާއްވައިފިއެވެ. މިއަދު ކުރިއަށް ގެންދިޔަ މި ވެބިނާއަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިސްނަގައިގެން އެއް ދުވަހުގެ މުއްދަތަށް ރާވާ ހިންގި ވެބިނާއެކެވެ. މި ވެބިނާގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ޢަލީ ނަޛީރު ދެއްކެވި ވާހަކާގައި ވިދާޅުވީ ހަރުކަށި ފިކުރާއި...

ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ސިއްހީ ސާމާނު ހަދިޔާކޮށްފި
Raajje

ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ސިއްހީ ސާމާނު ހަދިޔާކޮށްފި

ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ސިއްހީ ސާމާނު ޙަވާލުކޮށްފިއެވެ. މިއަދު ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި މިނިސްޓްރީ އޮފް ހެލްތުއާއި ޙަވާލުކޮށްދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ. މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތު ވަގ...

ހުޅުވާލެވޭ ކޮންމެ ދޮރަކީ އިޤްތިސާދަށް އަންނަ ދިރުމެއް: ޝާހިދު
Raajje

ހުޅުވާލެވޭ ކޮންމެ ދޮރަކީ އިޤްތިސާދަށް އަންނަ ދިރުމެއް: ޝާހިދު

އިންޑިއާގެ ކޮޗިންއިން ކުޅުދުއްފުށްޓާއި ދެމެދު ކާގޯ ފެރީގެ ދަތުރުތައް ފެށިގެން ދިޔުމަކީ މުޅި ބޮޑުތިލަދުންމަތީގެ ތަރައްގީގެ ބިންގާ ކަމަށާއި ހުޅުވާލެވޭ ކޮންމެ ދޮރަކީ އިޤްތިސާދަށް އަންނަ ދިރުމެއްކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ކޮޗިން ކާގޯ ފެރީ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެއްތަނެއްގައި ހުންނަ މުދާ އަނެއް ތަނަކަށް ގެނައުމަށް މަގުފަހިކޮށްދިނުމަކީ ހަޤީޤީ ދިރުން ކަމަށެވެ. މިއީ އަޅުގަނޑުމެން އެކަމަކާއި މެދު ފަޚުރުވެރިވާން ޖެހ...