ރަސްމާދޫ އިންޖީނުގެއާއި، އޮފީސް އިމާރާތުގެ %55 މަސައްކަތް ނިމިއްޖެ

photo_2020-09-29_19-18-04

ފެނަކައިން ރ. ރަސްމާދޫގައި އިމާރާތް ކުރަމުންދާ އެ ކުންފުނީގެ ރަސްމާދޫ ފެނަކަ ބްރާންޗްގެ އައު އޮފީހާއި، އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަޝްރޫޢުގެ %55 މަސައްކަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ބުނީ ރަސްމާދޫ އިންޖީނުގެ ރަށު މެދުގައި ހުރުމުގެ ސަބަބުން ރައްޔިތުން ތަހައްމަލު ކުރަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އައު އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލުކޮށް، އައު އޮފީސް އިމާރާތް ބިނާ ކުރުމުގެ މަޝްރޫޢުގެ %55 ފުރިހަމަ ކުރެވިފައިވާ ކަަމަށެވެ.

މިމަޝްރޫޢުގެ މަސައްކަތްކުރާ ކޮންޓެކްޓަރާއިއެކު ފެނަކައިން މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 20 ޖެނުވަރީ 2020 ގައެވެ.

މީގެ އިތުރުން ފެނަކައިން ބުނީ ސަރުކާރުގެ ސިޔާސަތުގެ ތެރެން ރައްރަށުގެ 'ދުނބުޅި ބަދިގެ' އެއްހެންހުރި އިންޖީނުގެތައް ޒަމާނީ ފެންވަރުގެ އިންޖީނުގެއަކަށް ބަދަލު ކުރެމުގެ މަޝްރޫޢުގެ ދަށުން, ބ. ދޮންފަނުގެ އިންޖީނުގެ އައު އިމާރާތުގެ %98 ވެސް މިހާރު ފުރިހަމަ ކުރެވިފައި ވާ ކަމަށެވެ.

މިމަޝްރޫޢުގެ މަސައްކަތްކުރާ ކޮންޓެކްޓަރާއިއެކު ފެނަކައިން މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި އިވަނީ 7 ޖުލައި 2019 ގައެވެ.

ފެނަކަ ބ. ދޮންފަނު އިންޖީނުގެ، މިހާރު ވަނީ އައު އިންޖީނު ގޭގެ 98 އިންސައްތަ މަސައްކަތް ނިމިފައި

ފެނަކައިން އެ ކުންފުނީގެ ޚިދުމަތްދޭ ގިނަ ޢަދަދެއްގެ ރަށްރަށުގެ އިންޖީނުގެތަކާއި، އޮފީސްތައް ޒަމާނީ ފެންވަރަކަށް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެންމެ ފަހުން އެ ކުންފުނިން ހާމަ ކުރެއްވި މަޢުލޫމާތު ތަކަށް ބަލާއިރު ރ. ފައިނު އައު އިންޖީނުގެއާއި، އިންޖީނުގޭގެ އައު އޮފީސް އިމާރާތުގެ %91 އަދި ރ. ކިނޮޅަސް އައު އިންޖީނުގެ އިމާރާތުގެ %40 މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފެނަކައިން ވަނީ ށ. މިލަންދޫގައި އިމާރާތް ކުރަމުންދާ މިލަންދޫ ފެނަކަ 03 ފަންގިފިލާގެ އައު އޮފީގެ %38 މަސައްކަތް ނިމިފައިވާ ކަމަށް 24 ސެޕްޓެމްބަރު 2020 ވަނަ ދުވަހު ބުނެފައެވެ. އަދި ހއ. އުލިގަމު އަދި ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވެސް ހަލުވި މިނެއްގައި ކުރެވެމުން ދާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް ފެނަކައިން ގެންދަނީ އަތޮޅު ތެރޭގައި އެކުންފުނިން ޚިދުމަތްދޭ ގިނަ ޢަދަދެއްގެ ރަށްތަކުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތް ކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި