13 ރަށެއްގެ ބޮޑު ދަނޑުގައި ޓާފް އަޅަން ހަވާލުކޮށްފި

photo_2020-09-28_19-47-09

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ ތެރެއިން 13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ.

ރަށްރަށުގައި ފުޓްބޯޅަ ކުޅޭ ބޮޑެތި ދަނޑުތަކުގައި ޓާފް އެޅުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ހިންގަމުންދާ މަޝްރޫޢުތަކުގެ ދަށުން މިފަހަރު މަސައްކަތް ހަވާލުކުރި 13 ރަށުގައި ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވީއޭއެމްކޯ) އާއެވެ.

މިކަމަށް ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުންއެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފްއެވެ. އަދި ވީއޭއެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުބައިރުއެވެ.

މިފަހަރު ބޮޑު ދަނޑުގައި ޓާފް އެޅުމަށް ހަވާލުކުރެވުނު ރަށްތައް

  • ށ. ފުނަދޫ
  • ށ. ފޯކައިދޫ
  • ށ. މިލަންދޫ
  • ނ. ކުޑަފަރި
  • ނ. ވެލިދޫ
  • ޅ. އޮޅުވެލިފުށި
  • ރ. ދުވާފަރު
  • ރ. މާކުރަތު
  • ކ. މާފުށި
  • ކ. ގުޅި
  • ކ. ގުރައިދޫ
  • އއ. ރަސްދޫ
  • ވ. ކެޔޮދޫ

މި 13 ރަށުގެ ދަނޑުގައި ޓާރފް އެޅުމަށް އެވޯޑް ކުރެވިފައިވަނީ 38,214,943.03 މިލިއަން ރުފިޔާއަށެވެ. ކޮންމެ ލޮޓެއްގެ މަސައްކަތް ވެސް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައި ވަނީ ބަޔާންކުރެވިފައެވެ.

ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ 100 ބޮޑު ފުޓުބޯޅަ ދަނޑު އެޅުމުގެ މަޝްރޫއުގެ ތެރެއިން މިހާތަނަށް ފަސް ދަނޑެއްގެ މަސައްކަތް ވަނީ ނިންމާލައިފަ އެވެ. އަދި އިތުރު ދަނޑުތަކުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިގޮަތައް ދ.ކުޑަހުވަދޫ ދަނޑުވެސް ހަދައިފި..މަސައްކަތް ހަވާލުކުރިތާ 6މަސް ވެއްޖެ… އަދި އެންމެ ވެލިފުކެއްވެސް ގުޑުވާނުލެވޭ….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *