ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފި
ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ތާރީޚީ ފުރަތަމަ ދަތުރުގައި ކުޅުދުއްފުށީގައި ބަނދަރު ކޮށްފިއެވެ. އިންޑިއާ އާއި ރާޖެއާއި ދެމެދުގައި ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮން ފަށާފައި ވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ. ކުޅުދުއްދުއްފުށިން ރޭ ކޯވިޑްގެ ދެ ކޭހެއް ފެނުމާއި ގުޅިގެން ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީއަށް މަރުޙަބާ ކިޔުމަށް ކުޅުދުއްފުށީގައި ރާވާފައިވާ ހަރަކާތްތައް ވަނީ ކެންސަލްކޮށްފައެވެ. އަދި އެރަށުން ކޯވިޑް ދެ ކޭސް ފެނުމާއި ގުޅިގެން އެ ރަށަށް މީހުން އަރައިފޭބުން މަނާކޮށް، އެރަށް މިހާރު އޮތީ […]