ސަރުކާރުން ލިބެންޖެހޭ ފައިސާ، މީރާގެ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި
ދައުލަތުގެ އިދާރާތަކުން ލިބެންޖެހި ނުލިބި ހުރި ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާއާ އަޅައިކެނޑޭނެ (ލޭން ދޭނުގެ ހިސާބުގައި އަރަނީން ދަރަނި ކަނޑައިލުން ނުވަތަ ގިނައަދަދަކުން މަދު އަދަދެއް ކަނޑައިލުން) އިންތިޒާމު ހަމަޖައްސައިފިއެވެ. މާލީ ވުޒާރާއާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދައުލަތުގެ އެއްވެސް އިދާރާއަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާނަމަ، މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެ ފައިސާއާ އަޅައިކެނޑ...