Skip to main content
Topic Archive

#ހދ ހިރިމަރަދޫ

54 Stories filed
ހިރިމަރަދޫ ޑޮމިނޭޓާސްގެ ފުޓްސަލް މުބާރާތާއި ފައިގަތަޅާ ފޯރި ފަށައިފި
Thiladhunmathi News

ހިރިމަރަދޫ ޑޮމިނޭޓާސްގެ ފުޓްސަލް މުބާރާތާއި ފައިގަތަޅާ ފޯރި ފަށައިފި

ހދ. ހިރިމަރަދޫ ކުލަބް ޑޮމިނޭޓާސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، އެ ކުލަބުގެ ފުޓްސަލް މުބާރާތާއި ފައިގަތަޅާ މުބާރާތް ފަށައިފިއެވެ. ފިރިހެނުންނަށް ހާއްސަ ކޮށްގެން “ޑޮމިނޭޓާސް ފުޓްސަލް ކަޕް 2023” ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތް ފަށާފައިވަނީ ރޭގައެވެ. ރޭ މި މުބާރާތުގެ ދެ މެޗު ކުޅުނެވެ. ފުރަތަމަ މެޗުގައި ރޭ 20:30 ގައި ބައްދަލުކުރީ އެފްސީ ޓައިޓަންސްއާއި އެމްޑަބްލިއުއެސްސީއެވެ. މި މެޗު 11-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޓައިޓަންސްއެވެ. […]

ހިރިމަރަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓުވާފައެއް ނުވާނެ: ކައުންސިލު
Thiladhunmathi News

ހިރިމަރަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓުވާފައެއް ނުވާނެ: ކައުންސިލު

ހދ. ހިރިމަރަދޫ ފެނާއި ނަރުދަމާގެ މަސައްކަތާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި އެއީ ހަގީގަތް ނުބަލައި ފަތުރާ ވާހަކަތަކެއް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން މިހެން ބުނީ، އެ މަސައްކަތް ކައުންސިލުން ހުއްޓުވާފައިވާކަމަށާއި ކައުންސިލުގެ ނައިބު ރައީސް ބަދުނާމުކޮށް، ކަން ހިނގިގޮތް އާންމު ރައްޔިތުނަށްއޮޅޭގޮތަށް ވާހަކަތައް ފަތުރާކަމަށް ބަޔާންކޮށް، އެކަމަށް ރައްދު ދީ ނެރުނު ނޫސް ބަޔާނުގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ކައުންސިލުން ފާސްކޮށް 15 މާރޗު 2015 ގައި ގެޒެޓުކޮ...

ހިރިމަރަދޫ ކައުންސިލް މެންބަރު ޖުވައިރިޔާ އެމްޑީޕީއަށް ސޮއިކޮށްފި
Thiladhunmathi News

ހިރިމަރަދޫ ކައުންސިލް މެންބަރު ޖުވައިރިޔާ އެމްޑީޕީއަށް ސޮއިކޮށްފި

ހދ. ހިރިމަރަދޫ ކައުންސިލް މެމްބަރު އާއިޝަތު ޖުވައިރިޔާ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކޮށްފިއެވެ. ޖުވައިރިޔާ އެމްޑީޕީއަށް ސޮއިކޮށް، ފޯމު ހަވާލުކޮށްފައި ވަނީ މިއަދު އެވެ. ޖުވައިރިއާ އެމްޑީޕީއާއި ގުޅުނު ފޯމާއި ހަވާލުވެފައި ވަނީ އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާޢީލް (ފަޔާ) އެވެ. ޖުވައިރިއާ އެމްޑީޕީއާއި ގުޅުމަށް ބޭއްވި ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލްޣަފޫރު މޫސާ (ގަޕޯ) އާއި، އެމްޑީޕީ ހަނިމާދޫ ދާއިރާގެ ރައީސް ޝާހިދު ވެސް ވަނީ ބަ...

ހިރިމަރަދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ ފަށައިފި
Thiladhunmathi News

ހިރިމަރަދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ ފަށައިފި

ހދ. ހިރިމަރަދޫ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ. އެއް އަހަރުގެ ތެރޭގައި ނިންމުމަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 8,752,398.95 (އަށް މިލިއަން ހަތްލައްކަ ފަންސާސް ދެހާސް...

ހިރިމަރަދޫ ކައުންސިލް ޤުރުއާން މުބާރާތް އަންނަ ޖޫން މަހު
Thiladhunmathi News

ހިރިމަރަދޫ ކައުންސިލް ޤުރުއާން މުބާރާތް އަންނަ ޖޫން މަހު

ހދ. ހިރިމަރަދޫ ކައުންސިލްގެ ފަރާތުން ބާއްވާ، “ހިރިމަރަދޫ ކައުންސިލް ޤުރުއާން މުބާރާތް 2022” އަންނަ ޖޫން މަހު ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. ހިރިމަރަދޫ ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، އެ ކައުންސިލުން މި އަހަރު ބާއްވާ ޤުރުއާން މުބާރާތް މިއަހަރުގެ ޖޫން 24 އަދި 25 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މިމުބާރާތް ހުޅުވާލާފައި ވަނީ ހިރިމަރަދޫ ރައްޔިތުންގެ ޤުރުއާން ކްލާހުގެ ދަރިވަރުންނަށެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިކުރައްވަން ބޭނުންވާ އެ ޤުރ...

ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ނުކެނޑުމަށް ހިރިމަރަދޫ ކައުންސިލުން އިލްތިމާސް ކޮށްފި
Thiladhunmathi News

ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ނުކެނޑުމަށް ހިރިމަރަދޫ ކައުންސިލުން އިލްތިމާސް ކޮށްފި

ހދ. ހިރިމަރަދޫގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ނުކެނޑުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެކަން ހާމަކޮށް ހިރިމަރަދޫ ކައުންސިލުން އިއްޔެ އާންމު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ބައެއް ފަރާތްތަކުން ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތަކަށް ގެއްލުންދީ، ކަނޑައި ހަދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ކެނޑުމާއި، އެންދުމާއި، ގެއްލުން ދިނުމުގެ އިތުރުން ހޭޅިފަށް ހިމެނޭ ސަރަޙައްދުން ތަންތަނ...

ހިރިމަރަދޫގައި ޖަމާއަތްތެރިކަމަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ހިންގަނީ
Thiladhunmathi News

ހިރިމަރަދޫގައި ޖަމާއަތްތެރިކަމަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ހިންގަނީ

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާއިން އެ ރަށުގައި ޖަމާއަތްތެރިކަމަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 17 އޭޕްރިލް 2022 އިން 19 އޭޕްރިލް 2022 އަށެވެ. މި ޕްރޮގްރާމުގައި ހިމެނިގެން ދީނީ ނަސޭހަތް ދިނުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން...

ހިރިމަރަދޫ ގޮނޑުދޮށުގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ނެތް: ފުލުހުން
Thiladhunmathi News

ހިރިމަރަދޫ ގޮނޑުދޮށުގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ނެތް: ފުލުހުން

ހދ. ހިރިމަރަދޫ ގޮނޑުދޮށުގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ފެންނަން ނެތްކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ. ފުލުހުން ބުނީ ހިރިމަރަދޫ ގައި މީހަކު މަރުވެފަ އޮއްވާ ފެނިފައިވާކަމުގެ މައުލޫމަތު އިއްޔެގެ 13:30 އެހާކަންހާއިރު ފުލުހުންނަ ލިބިފައިވާކަމަށެވެ. މަރުވެފަ އޮއްވާ ފެނިފައިވަނީ 71 އަހަރުގެ އަންހެނެކެވެ. އެމީހާ ފެނިފައިވަނީ ހިރިމަރަދޫ އަތިރިމަތިން ރާޅު ޖަހާ ހިސާބު މޫދުގައި އޮއްވާކަމަށާއި މިހާތަނަށް ބެލިބެލުމުން ހަށިގަންޑުގައި އެއްވެސް ޒަހަމެއް ފެންނާކަށް ނެތްކަމަށް...

ހިރިމަރަދޫގައި އިތުރު މިސްކިތެއް، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރާނެ
Thiladhunmathi News

ހިރިމަރަދޫގައި އިތުރު މިސްކިތެއް، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރާނެ

ހދ ހިރިމަރަދޫގައި މިސްކިތެއް އިމާރާތްކުމުގެ އެއްބަސްވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ހިރިމަރަދޫގައި މިސްކިތެއް އިމާރާތް ކުރުމަށް އިސްލާމިކް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއި އެކުއެވެ. މި އެއްބަސްވުމުގައި ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އިސްމާއިލް ޖަލީލެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ އިސްލާމިކް މިނިސްޓާ ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މި މިސްކިތުގެ ޢަމަލީ މަ...

ހިރިމަރަދޫ ބަނދަރު ސަރަޙައްދުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ހިރިމަރަދޫ ބަނދަރު ސަރަޙައްދުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ހދ. ހިރިމަރަދޫ ބަނދަރު ސަރަހައްދުގައި ރަށުގެ ނަން ރަމްޒު ކޮށްދޭ މޮނިއުމެންޓެއް ހަދާއިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ. ހިރިމަރަދޫ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޮނިއުމެންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިންވެސް އިއުލާނު ކޮށްފައިވާނެ ކަމަށާއި އެ އިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށައަޅާފައިނުވާތީ ދެވަނަ ފުރުސަތަކަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ޑިސެމްބަރ 2021 ވާ އަ...

ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި
Thiladhunmathi News

ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ހދ. ހިރިމަރަދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް، ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ފަށައިފިއެވެ. މިއަދު ހިރިމަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދައިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއާއި ހދ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ސިރާޖާއި އެރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދުއެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު އެރަ...

ހިރިމަރަދޫ އަންހެނުންނަށް ހާއްސަކޮށްގެން ފަޔަރ އެވެއަރނެސް ސެޝަނެއް
Thiladhunmathi News

ހިރިމަރަދޫ އަންހެނުންނަށް ހާއްސަކޮށްގެން ފަޔަރ އެވެއަރނެސް ސެޝަނެއް

ހދ. ހިރިމަރަދޫ އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން އެރަށުގައި ފަޔަރ އެވެއަރނެސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. އިއްޔެ ކުރިއަށް ގެންގޮސްފައިވާ މި ޕްރޮގްރާމްއަކީ ހިރިމަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އެމްއެންޑީއެފް ނޯދަން އޭރިއާއާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔަވައިދެއްވަފ...

ހިިރިމަރަދޫ ކައުންސިލާ އެމްޑަބްލިއުއެސްސީން ބައްދަލުކޮށްފި
Thiladhunmathi News

ހިިރިމަރަދޫ ކައުންސިލާ އެމްޑަބްލިއުއެސްސީން ބައްދަލުކޮށްފި

ހދ. ހިރިމަރަދޫ ކައުންސިލް މެމްބަރުންނާ މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ބައްދަލުކުރައްވައިފި އެވެ. ޝާހު ކައުންސިލާ ބައްދަލު ކުރެއްވީ އެ ރަށުގައި ކުރިއަށްދާ ފެނާއި ނަރުދަމާ މަޝްރޫއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ. ހިރިމަރަދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް މިއަހަރުގެ ބަޖެޓުގައި 13.6 މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ. އެމްޑަބްލިއުއެސްސީން މިހާރުވެސް އަންނަނީ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރަމ...

މިއަދު ހިރިމަރަދޫ އެއްވެސް ކުއްޖަކު ސްކޫލަށް ނުފޮނުވާ
Thiladhunmathi News

މިއަދު ހިރިމަރަދޫ އެއްވެސް ކުއްޖަކު ސްކޫލަށް ނުފޮނުވާ

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން މިއަދު ސްކޫލުތައް ހުޅުވާފައިވާއިރު ހދ.ހިރިމަރަދޫ ސްކޫލުގެ ގިނަ ކަންތައްތަކެއް ފުރިހަމަނުވެ ހުރުމުން އެ ސްކޫލުގެ އެއްވެސް ކުއްޖަކު މިއަދު ސްކޫލަށް ގޮސްފައި ނުވާކަމުގައި “ތިލަދުން”އަށް މަޢުލޫމާތު ލިބިއްޖެވެ. ހިރިމަރަދޫ ސްކޫލަކީ ގްރޭޑް 10 އާއި ހިސާބަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އެ ސްކޫލުގައި ފަސްދޮޅަހާއި ގާތްކުރާ އަދަދަކަށް ދަރިވަރުން ތަޢުލީމް ހާސިލް ކުރަމުން އަންނައިރު މިއަދު އެ ސްކޫލަށް އެއްވެސް ދަރިވަރަކު ހާޟިރުވެފައި ނުވެއެވެ. އެ ސްކޫލުގައި...

ހިރިމަރަދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީ ވެސް "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލާއި ދެކޮޅު
Thiladhunmathi News

ހިރިމަރަދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީ ވެސް "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލާއި ދެކޮޅު

ހދ. ހިރިމަރަދޫ ކައުންސިލާއި އެ ރަށު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން “ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލު މިހާރު އޮތްގޮތަށް ފާސްކުރުމާއި ދެކޮޅުކަން ހާމަކޮށްފިއެވެ. މިގޮތުން ހިރިމަރަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ވަކީން ނެރެފައިވާ ދެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރަކީ ވެސް އިސްލާމްދީން ކަމަށާއި، ދިވެހިރާއްޖޭގައި އިސްލާމް...