ހދ. ހިރިމަރަދޫ ބަނދަރު ސަރަހައްދުގައި ރަށުގެ ނަން ރަމްޒު ކޮށްދޭ މޮނިއުމެންޓެއް ހަދާއިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.

ހިރިމަރަދޫ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޮނިއުމެންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިންވެސް އިއުލާނު ކޮށްފައިވާނެ ކަމަށާއި އެ އިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށައަޅާފައިނުވާތީ ދެވަނަ ފުރުސަތަކަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 11:30 ގެ ކުރިން އެ އިދާރާގައި ރަޖިސްޓްރީ ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. ރަޖިސްޓްރީ ވުމަށް އެ އިދާރާއަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ނަންބަރު 6520047 ފޯނަށް ގުޅުއްވައިގެން އަދި އެ އިދާރާގެ hirimaradhoocouncil@gmail.com އަށް މެއިލް މެދުވެރިކޮށްވެސް ބިޑްގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިމަސައްކަތުގެ ޕްރީ ބިޑް މީޓިންގ 29 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:30 ގައި ހިރިމަރަދޫ ކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ބިޑް ހުޅުވުން އޮންނާނީ 30 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައެވެ. ޕްރީ ބިޑް މީޓިންގ އަދި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެއްވެސް ފަރާތަކުން ބައިވެރިވެ ވަޑައި ގަންނަވާނަމަ/ ކުންފުނި/ އިންވެސްޓް މަންޓްގެ ރަސްމީ ލިޔުމަކާއި ބައްދަލުވުމުގައި ބައިވެރިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އެ އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ހަނދުމަ ކޮށްދީފައެވެ.

މި ބިޑުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.