ހިރިމަރަދޫ މީހުން ބަދަލުކުރުމާއި ގުޅޭގޮތުން ހަނިމާދޫގައި ބޭއްވުނު މަޝްވަރާތައް ވަރަށް ކާމިޔާބު: ވަޒީރު
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން ހަނިމާދޫގައި ކުރިއަށް ގެންދެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު އިއްޔެ ވަނީ ހަނިމާދޫއަށް ވަޑައިގެން، ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންނާއި ބައްދަލުކުރައްވައި މަޝްވަރާކޮށްފައެވެ. އެ ބައްދަލުވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ...