ހދ. ހިރިމަރަދޫ ކައުންސިލް މެމްބަރު އާއިޝަތު ޖުވައިރިޔާ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކޮށްފިއެވެ.

ޖުވައިރިޔާ އެމްޑީޕީއަށް ސޮއިކޮށް، ފޯމު ހަވާލުކޮށްފައި ވަނީ މިއަދު އެވެ. ޖުވައިރިއާ އެމްޑީޕީއާއި ގުޅުނު ފޯމާއި ހަވާލުވެފައި ވަނީ އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާޢީލް (ފަޔާ) އެވެ.

Ad
rt

ޖުވައިރިއާ އެމްޑީޕީއާއި ގުޅުމަށް ބޭއްވި ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލްޣަފޫރު މޫސާ (ގަޕޯ) އާއި، އެމްޑީޕީ ހަނިމާދޫ ދާއިރާގެ ރައީސް ޝާހިދު ވެސް ވަނީ ބައިވެރިވެފައެވެ.

ޖުވައިރިއާ އަކީ މިނިވަން މެންބަރެއްގެ ގޮތުގައި ހިރިމަރަދޫ ކައުންސިލަށް އިންތިޚާބުވެފައިވާ މެންބަރެކެވެ.

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ބޮޑު ތާއީދެއް އޮންނަ ހިރިމަރަދޫ ކައުންސިލްގައި ދެން ތިއްބަވަނީ މުޅިން ވެސް ޕީޕީއެމް އަށް ނިސްބަތްވާ ކައުންސިލަރުންނެވެ. އެރަށު ޑަބްލިޔުޑީސީގައި ވެސް އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކު ހިމެނޭއިރު، އަނެއް ހަތަރު މެންބަރުން ނިސްބަތް ވަނީ ޕީޕީއެމް އަށެވެ.

ޖުވައިރިއާ އެމްޑީޕީއާއި ގުޅުމުގެ އިތުރުން ހަނިމާދޫ ދާއިރާއިން އަލަށް އެމްޑީޕީއާއި ގުޅުނު މެންބަރުންގެ ފޯމުތައް ވެސް މިއަދު ވަނީ އެ ޕާޓީއާއި ހަވާލުކޮށްފައެވެ.