ހދ. ހިރިމަރަދޫ ކައުންސިލްގެ ފަރާތުން ބާއްވާ، "ހިރިމަރަދޫ ކައުންސިލް ޤުރުއާން މުބާރާތް 2022" އަންނަ ޖޫން މަހު ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ.

ހިރިމަރަދޫ ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، އެ ކައުންސިލުން މި އަހަރު ބާއްވާ ޤުރުއާން މުބާރާތް މިއަހަރުގެ ޖޫން 24 އަދި 25 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

މިމުބާރާތް ހުޅުވާލާފައި ވަނީ ހިރިމަރަދޫ ރައްޔިތުންގެ ޤުރުއާން ކްލާހުގެ ދަރިވަރުންނަށެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިކުރައްވަން ބޭނުންވާ އެ ޤުރުއާން ކްލާހުގެ ދަރިވަރުން، މުބާރާތުގައި ބައިވެރިވަން އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 31 މޭ 2022 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން ހިރިމަރަދޫ ކައުންސިލް އިދާރާއަށް ހުށަހަޅެމަށް ވަނީ ފުރުޞަޠު ހުޅުވާލާފައެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު އެ އިދާރާގެ ކައުންޓަރުން ލިބޭ ގޮތަށް ހަމަހައްސާފައިވާއިރު، މުބާރާތުގެ ޤަވާޢިދާއި މުޤައްރަރު ވެސް މިއަދުގެ ޢިއުލާނާއެކު އާންމުކޮށްފައި ވެއެވެ.

މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔަވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ގެންދަން ނިންމާފައިވާއިރު، 7 އުމުރު ފުރާއެއްގައި ބައިވެރިވާން ވަނީފުރުޞަޠު ހުޅުވާލާފައެވެ.

މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ހިރިމަރަދޫގައި ކީރިތި ޤުރުއާންގެ ހަމަތަކުގެ މަތިން އުނގެނުމާއި، އުނގަންނައި ދިނުމުގައި ތަރުތީލުކޮށް ކިޔެވުމުގެ ވާދަވެރިކަން އުފެދޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި، އެ ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަށް މަސައްކަތް ކުރުން ކަމަށް މުބާރާތުގެ ހިރިމަރަދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.