ހިރިމަރަދޫ ގޮނޑުދޮށުގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ނެތް: ފުލުހުން

HDh. Hirimaradhoo

ހދ. ހިރިމަރަދޫ ގޮނޑުދޮށުގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ފެންނަން ނެތްކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ފުލުހުން ބުނީ ހިރިމަރަދޫ ގައި މީހަކު މަރުވެފަ އޮއްވާ ފެނިފައިވާކަމުގެ މައުލޫމަތު އިއްޔެގެ 13:30 އެހާކަންހާއިރު ފުލުހުންނަ ލިބިފައިވާކަމަށެވެ.

މަރުވެފަ އޮއްވާ ފެނިފައިވަނީ 71 އަހަރުގެ އަންހެނެކެވެ.

އެމީހާ ފެނިފައިވަނީ ހިރިމަރަދޫ އަތިރިމަތިން ރާޅު ޖަހާ ހިސާބު މޫދުގައި އޮއްވާކަމަށާއި މިހާތަނަށް ބެލިބެލުމުން ހަށިގަންޑުގައި އެއްވެސް ޒަހަމެއް ފެންނާކަށް ނެތްކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި