ހދ. ހިރިމަރަދޫ ކައުންސިލް މެމްބަރުންނާ މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ބައްދަލުކުރައްވައިފި އެވެ.
ޝާހު ކައުންސިލާ ބައްދަލު ކުރެއްވީ އެ ރަށުގައި ކުރިއަށްދާ ފެނާއި ނަރުދަމާ މަޝްރޫއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.
ހިރިމަރަދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް މިއަހަރުގެ ބަޖެޓުގައި 13.6 މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ.
އެމްޑަބްލިއުއެސްސީން މިހާރުވެސް އަންނަނީ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!