ދައްޕަރުގެ މައްސަލާގައި ފިއްލަދޫ ރައްޔިތުން ސިޔާސީ ފިކުރު އެކަހެރިކޮށް އެއްބައިވަންތަ ރޫހެއްގައި
ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ތައްޔާރުކުރި “ސޭވް ދައްޕަރު” ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް މިއަދު ހުށަހަޅާފައިވާއިރު އެ މަސައްކަތުގައި ކުރިއަށް ދަނީ ސިޔާސީ ފިކުރު އެކަހެރިކޮށް ރަށުގެ ކުރިމަގަށްޓަކައި އެއްބައިވަންތަ ރޫހެއްގައެވެ. ފިއްލަދޫ ރައްޔިތުންގެ ފަރާތުން މިއަދު ހުށަހެޅި ޕެޓިޝަންގައި އެދިފައި ވަނީ ކުރިން އޮތްގޮތަށް ދައްޕަރަކީ ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި އޮތް ތަނެއް ގޮތު...