ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށްފިއެވެ.
މި މަހުގެ 18 ވަނަ ދުވަހު އެ މިނިސްޓްރީން ފެށި މި ދަތުރުގައި މިނިސްޓަރ އަބްދުﷲ މައުސޫމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ މައުސޫމް އާ އެކު މިނިސްޓްރީގެ ޓީމް ވަނީ ހއ. ބާރަށާއި، ވަށަފަރުގެ އިތުރުން އުތީމާއި، ކެލާ، އަދި ދިއްދޫގެ އިތުރަށް، ފިއްލަދޫ އަށް ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ.
މިނިސްޓަރގެ އެ ދަތުރުފުޅުގައި ޓޫރިޒަމް ސިންދަފާތު ކުރުމާއި، ލޯކަލް ޓޫރިޒަމްއާ ގުޅޭގޮތުން ރަށް ރަށުގެ ކައުންސިލްއާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ މަޝްވަރާކުރައްވާފައިވެ އެވެ. އަދި މި ބައްދަލުވުންތަކުގައި އެ ރަށެއްގެ ސްޓޭކްހޯލްޑަރުން ވެސް ބައިވެރިވެފައިވެއެވެ.
A team from @MoTmv visited H.A #Filladhoo on 18 Aug to promote Tourism Diversification & Localisation. Team met #FilladhooCouncil, private stakeholders and #WDC. Atoll Council President @VaathiMshafeeg and constituency MP @kelaaibrey also joined the tour.#Maldives #Tourism pic.twitter.com/N908V0UrEA
— Ministry of Tourism (@MoTmv) August 20, 2021
މީގެ އިތުރަށް ބައެއް ރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައިވާއިރު، ކޮންމެ ރަށަކުން ވެސް މިނިސްޓަރ އަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ހއ. އުތީމުގެ އާސާރީ ތަންތަން ވެސް ބައްލަވާލައްވާފައެވެ.
Guesthouse viyafaari fulhaakurumaa behey gothun HA. Atholhu Rahrasha vadaigen tourisms Minister Dr. Abdulla mausoom vashafaru rayyithunnaa bahdhalu kurahvanee pic.twitter.com/sdcZ4lVVcJ
— HA.Atoll Council (@Ha_AtollCouncil) August 19, 2021
މިނިސްޓްރީގެ މި ދަތުރުގައި، މިނިސްޓަރ މައުސޫމްގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނާއި އަތޮޅު ކައުންސިލްގެ ރައީސް އާއި އެދާއިރާގެ މަޖިލިސް މެމްބަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
#Maldives Tourism Diversification and Localisation: Thiladhunmathi Tour.
A photo moment with @MoTmv Deputy Minister @Ahmed_Athif; H.A Atoll Council President Moosa Shafeeg @VaathiMshafeeg and H.Dh Atoll Council President Mohamed Siraj @sirajsiddsy at Hanimaadhoo.#Homestay pic.twitter.com/SGxEwN5UKu— Abdulla Mausoom (@Mausoom_Maus) August 20, 2021
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!