ފިއްލަދޫ ކޯވިޑް ކޭސްއާއި ގުޅިގެން 72 ޑައިރެކްޓް ކޮންޓެކްޓް، މިވަގުތު 6 ގެއެއް މޮނިޓަރިންގައި
ބަލީގެ އަލާމާތް ހުރެގެން ހއ.ފިއްލަދޫ ފުލޫ ކުލިނިކަށް ދެއްކި ކުއްޖެއްގެ ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދިއިރު 72 ޑައިރެކްޓް ކޮންޓެކްޓް ފާހަގަ ކުރެވިފައިވާކަމުގައި ފިއްލަދޫ ކޯވިޑް ޓާސްކްފޯސްގެ ފަރާތުން ހާމަކޮށްފިއެވެ. 16 ޖޫން 2021 ވަނަ ދުވަހު ބަލީގެ އަލާމާތް ހުރެގެން ފިއްލަދޫ ފުލޫ ކުލިނިކަށް ދެއްކި އެ ރަށު ސްކޫލު ކުއްޖެއްގެ ނަތީޖާ މި ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ 17 ޖޫން 2021 ވަނަ ދުވަހުއެވެ. އެ ދުވަހު ހެލްތު […]