ތައިލެންޑުގެ އިންސްޓިޓިއުޓަކުން ދިވެހިން ހިލޭ ތަމްރީނުވުމުގެ ފުރުސަތު
ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހީން، ތައިލެންޑުގެ އިންސްޓިޓިއުޓްގައި ހިލޭ ތަމްރީން ކުރުމުގެ ފުރުސަތު ފަހިވެއްޖެ އެވެ. މި ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އެގައުމަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތައިލެންޑްގެ ޑިޕާރޓްމަންޓް އޮފް މެންޓަލް ހެލްތްގެ ދަށުން ހިންގާ ރާޖްނަކުލް އިންސްޓިޓިއުޓަށް ކުރެއްވި ޒިޔާރަތާއި ގުޅިގެން ލިބުނު ފުރުސަތެކެވެ. މި ފުރުސަތުގެ ދަށުން އަންނަ ޖަނަވަރީ މަހ...