ހުޅުމާލޭ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓަރ ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

މި ސެންޓަރު ރަސްމީކޮށް މިއަދު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

Ad
rt

1417 މި ނަންބަރަށް ގުޅައިގެން މި ސެންޓަރުން ޚިދުމަތް ހޯދުމަށް އެދެވޭއިރު، އެކި ތެރަޕީގެ ޚިދުމަތްތައް މި ސެންޓަރުން ލިބެން ހުރެއެވެ.

އެގޮތުން ވަކިވަކިން ކައުންސިލިންގ ދިނުމާއި ތެރަޕީތައް ދިނުމާއި ގުރޫޕް ކައުންސިލިންގ ސެޝަންތައް ވެސް މި ސެންޓަރުން ނަގައިދިނުމަށް ވަނީ ނިންމާފަ އެވެ.

މި ސެންޓަރުގައި ޚިދުމަތް ދެއްވުމަށް 2 ސައިކޭޓްރިސްޓުންނާއި ކައުންސިލަރަކު މިވަގުތު ހަރަކާތްތެރިވަމުން އަންނައިރު، ފަރުވާދޭ ދެ ކޮޓަރި އާއި 2 ކޮންފަރެންސް ރޫމް މި ސެންޓަރުގައި ހުރެއެވެ.