ފަސްޓް ލޭޑީ އެދިވަޑައިގަންނަވަނީ ތައުލީމީ ދާއިރާއިން މީހުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް!
ތައުލީމީ ދާއިރާގެ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ އިތުރުން ތަޢުލީމީ ދާއިރާގައި މީހުންބިނާ ކުރުމަށް ވެސް ޚާއްޞަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ށ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ރ. ވާދޫ އަށް ވަޑައިގެންފައެވެ. އަދި މި ދަތުރުފުގައި މެޑަމް ފަޒްނާ ވަނީ ވާދޫ ސްކޫލަށް ޒިޔާރާތްކުރައްވާ ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ މި ބައްދަ...