އިހަވަންދޫ "ފުއްޓަރު އުފާ" މައިޒާނުގެ ބިންގާ އަޅުއްވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ހއ. އިހަވަންދޫގައި “ފުއްޓަރު އުފާ” ނަމުގައި ތަރައްޤީކުރާ ހިތްފަސޭހަ މައިޒާނުގެ ބިންގާ މިއަދު ހަވީރު އަޅުއްވައިދެއްވައިފިއެވެ. މި މަޝްރޫޢަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއިން ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އިހަވަންދޫ ޑައިލިސިސްގެ ޚިދުމަތް ފަށައިފި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ރަށުގެ އިސް ވެރިންނާއި، އ.ތ.މ ކޮމިޓީގެ މެންބަރުން އަދި ރ...